ހަރުބަސްތައް 11:12 - ކިތާބުލް މުޤައްދަސާ12 އަވަށްޓެރިޔާ ބަދުނާމުކޮށް ވާހަކަ ދެއްކުމަކީ މޮޔަކަމެކެވެ. ހަމަވިސްނޭ މީހަކުނަމަ ހުންނާނީ އަނގަމަޑުން ލައިގެންނެވެ. အခန်းကိုကြည့်ပါ။ |
އެމީހުންގެ ދީންވެރިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެމީހުންނާ ދޭތެރޭ އެހެން އެންމެންގެ މައްޗަށް ރުހިވޮޑިގެންވާ ވަރަށް ވުރެ ބޮޑަށް ރުހިވޮޑިގެންވާ ކަމުގައި ހީކޮށް އަދި އެމީހުންނަކީ އެހެން މީހުންނަށް ވުރެން މާ ރަނގަޅު ބަޔަކު ކަމުގައި ދެކިގެން ތިބި ބަޔަކަށް އީސާގެފާނު މި މާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ.
އެކަލޭގެފާނު ބަދުނާމު ކުރެއްވުމަކުން އެކަމުގެ ބަދަލެއް ނުހިއްޕަވައެވެ. އެކަލޭގެފާނު ވޭނާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން މީސްތަކުންނަށް ބިރެއް ނުދައްކަވައެވެ. އެކަލޭގެފާނާއި މެދުގައި ވީ ކަންތައް ތަކާއިމެދު ފައިސަލާ ކުރެއްވުމަށް މާތްރަސްކަލާނގެ އާއި ވަކީލު ކުރެއްވިއެވެ. އެކަލާނގެއީ އަބަދުވެސް އިންސާފުވަންތަ ރަސްކަލާނގެއެވެ.