9 ތެދުވެރިން ތިބޭނީ ސަލާމަތްކަމާއި އަމާންކަން މަތީގައެވެ. އެކަމަކު މަކަރުވެރިޔާ އޭނާ ހިނގާ ނުބައިމަގުން ކައްސާލައިގެން ވެއްޓި ބޭޒާރުވާނެއެވެ.
އަބްރާމްގެ އުމުރުފުޅުން ނުވަދިހަ ނުވަވަނަ އަހަރުގައި މާތްރަސްކަލާނގެ އަބްރާމްއަށް ފާޅުވެ ވޮޑިގަތެވެ. އަދި ވަޙީ ކުރެއްވިއެވެ. ”ތިމަން ކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ! ތިމަންކަލާނގެއަށް ބޯލަނބައި ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރޭ.
ތެދުވެރި ނުވުމުން ލިބޭ މޮޅެއް ނޯވެއެވެ. ދޮގުހެދުމުން އޮތީ ހަލާކެވެ.
އެމީހުންގެ ނަފްރަތުކަން މަކަރަކުން ފޮރުވައިގެން އުޅުނަކަސް އެމީހުން ކުރާކަންތަކުން ހުރިހާ އެންމެންނަށް އެކަން ފަޅާ އަރާނެއެވެ.
ނުލަފާ މީހުން ފައްސާނުލިޔަސް ދުވެ ފިލައެވެ. ހެޔޮ މީހުން ސިންގާއެއްހާ ހިތްވަރު ގަދައެވެ.
ކުށެއްނެތް މީހާ ގެއްލުމެއް ނުލިބި ސަލާމަތްވެއެވެ. ނުބައިމީހާ ވަގުތުން ވެއްޓިދެއެވެ.
އޭރުން ކަލޯގެ ފައިތިލަ ކައްސާ ނުލާ އޮމާންކަމާއެކު ކަލޯ ދާ މަގުގައި ދެވޭނެއެވެ.
”ވީމާ މީސްތަކުންދެކެ ބިރުވެތި ނުވޭ. ފޮރުވިގެންވާ އެންމެހާ ކަމެއް ފައުޅުވެގެން ދާނެ. ހަމައެހެންމެ ވަންހަނާވެގެންވާ ހުރިހައި ކަމެއްމެ އެނގިގެން ދާނެ.
މިގޮތުން ބަޔަކު ކުރާ ރަނގަޅު އަމަލުތައް އެންމެން ވެސް ދަނެއެވެ. އަދި އަމަލުތަކުގެ ރަނގަޅުކަން އެނގިގެންދަނީ އެންމެ ފަހުންނެވެ.