Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 10:8 - ކިތާބުލް މުޤައްދަސާ

8 ކަލޭގެ ކިބައިގައި ހެޔޮވިސްނުމެއް ވާނަމަ ހެޔޮބަސް ގަބޫލުކޮށް ހެޔޮ ނަސޭހަތުގެ އަޑު އަހާހިތް ވާނެއެވެ. އަނގަގަދަ މޮޔައިން ވެއްޓޭނީ އަނގަވަތަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 10:8
15 ပူးပေါင်းရင်းမြစ်များ  

ވިސްނުންތެރީން އަދި އެއަށް ވުރެން ވެސް ވިސްނުންތެރިވެދެއެވެ. ތިމާއަކީ ހުޝިޔާރު މީހެއް ނަމަ ކަންކަން އިތުރަށް ދަސްވެދެއެވެ.


އޮޅުވާލުމުން ކުރިމަތިވާނީ މުސީބާތްތަކެވެ. ކެރިގެން ބުނާ ހެޔޮބަހަކުން ލިބޭނީ ސުލްޙަވެރިކަމެވެ.


ބުއްދިވެރިޔާ ހުރިހާ ކަމެއް ދަނެގަންނާނެ އެވެ. މޮޔަމީހާ ހިތުހުރި ގޮތަކަށް ބުނާ ބަސްތަކުން ކުރިމަތިވާނީ މުސީބާތްތަކެވެ.


އުނގެނިގަތުމަށް ލޯބިވާމީހާ ތަރުބިއްޔަތުކުރުން ބަލައިގަންނާނެއެވެ. ފާޑު ކިއުންތަކަށް ފުރަގަސް ދިނުމަކީ މޮޔަކަމެކެވެ.


ވިޔާނުދާ ބަސްތައް ބުނާ މީހާ ވެއްޓޭނީ އޭނާ ކޮނުނު އަނދަވަޅަށެވެ. އެކަމަކު ހެޔޮމީހާ އެއަނދަވަޅަކަށް ނުވެއްޓޭނެއެވެ.


ދޫ ރައްކާތެރި ކުރާ މީހާއަށް ސަލާމަތް ދިގު އުމުރެއް ލިބެއެވެ. އަނގަގަދަ ކުރުމުން ކަންތައް ޚަރާބުވެއެވެ.


ހުސް އަނގަތެޅިއަކަސް ބަނޑެއް ނުފުރޭނެއެވެ. ބަނޑު ފުރޭނީ ކަންތައް ކުރީމައެވެ.


ބުއްދިވެރިންނަށް އެމީހުން ދާނެ މަގު ފެންނާން އޮވެއެވެ. މޮޔަ މީހާ އަމިއްލަ ނަފްސު އޮޅުވާލައެވެ.


ފޮނިކަނޑާ މީހަކު އިސްލާހު ކުރަން އުޅެފިއްޔާ އޭނާ ކަލޭ ދެކެ ކުރާނީ ނަފުރަތެވެ. ބުއްދިވެރި މީހާ ކަލޭދެކެވާނީ ލޯތްބެވެ.


ހެޔޮ ވިސްނުމެއް ހުރި މީހެއް ނަމަ އޭނާ އެއަށް ވުރެން ހެޔޮވިސްނުން ހޯދާނެއެވެ. ހެޔޮ މީހާއަށް ބުނެދޭ އެއްޗަކުން އޭނާ އިތުރު ކަންތައް އުނގެނޭނެއެވެ.


ކަލޭމެންގެ ތެރޭގައި ބުއްދިވެރި ނޫނީ ވިސްނޭ މީހަކު ވޭހެއްޔެވެ؟ އެހެންވީއިރު އެމީހެއްގެ ހެޔޮ ދިރިއުޅުމުގައި ހިތްތިރިކަމާއެކު އެކަން ސާބިތު ކޮށްދީބަލާށެވެ. އަދި ކޮންމެ ކަމެއް ކުރުމުގައި ވިސްނާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ