7 ހެޔޮމީހާ ނިމިދާތާ އެތައް ޒަމާނަކަށް އޭނާގެ ހަނދާން ދެމިގެން ގޮސް ގޮސް ހުރެއެވެ. ނުބައިމީހާގެ މަތިން މީހުން ދާދި އަވަހަށް ހަނދާން ނެތިދެއެވެ.
މުއްސަނދިކަމަށް ވުރެން އަބުރު ރައްކާތެރިކުރަން އިސްކަންދޭށެވެ. މީސްތަކުންގެ އިޙްތިރާމު ރަނާ ރިއްސަށް ވުރެން އަގުބޮޑެވެ.
މި ހިނދު އަހަރެން ތިޔަބައިމީހުންނަށް ޔަޤީންކަންދެން. ދުނިޔޭގެ ކޮންމެ ތަނެއްގައި ހެޔޮޚަބަރުފުޅުން ވަޢުޡު އިއްވެމުން ދާހިނދު އެކަނބުލޭގެ އެކުރި ކަންތައްތަކުގެ ހަނދާން އާ ކުރެވެމުން ދާނެ.“
އެކަލާނގެ މިނިކަމެތި އަޅާގެ މައްޗަށް ބައްލަވާ ވޮޑިގަންނަވާ ރަޙުމަތްލައްވައިފި. އެކަމުގެ ސަބަބުން އަންނަން އޮތް ޒަމާންތަކުގެ މީހުން މިއަޅާއަކީ ބަރަކާތް ލެއްވިގެންވާ މީހެކޭ ބުނާނެ.