6 ހެޔޮމީހާއަށް ތާރީފާއި ބަރަކާތް ލިބެއެވެ. ނުބައިމީހާގެ ބަސްތަކުގައި އޭނާގެ ނުބައި ނިޔަތް ފޮރުވިފައި ހުރެއެވެ.
ހެޔޮމީހާގެ ބަހަކީ ދިރުންދޭ ފައްވާރާއެކެވެ. ނުބައިމީހާގެ ބަސްތަކުގައި ފޮރުވިފައި ވަނީ ގެއްލުމާއި ހަލާކެވެ.
ގޮވާމުގެ ދުވަސްވަރު ގޮވާން ކުރާނީ ބުއްދިވެރި ދަރިއެކެވެ. އެދުވަސްވަރު ނިދަން އޮތުމަކީ ވިޔާނުދާކަމެކެވެ.
ވިޔަފާރީގައި ބޮޑު އަގުނަގާ މީހާއަށް ލަޢުނަތް ލިބެއެވެ. އެކަށީގެންވާ ހެޔޮއަގެއް އަތުލާ މީހާއަށް ބަރަކާތް ލިބެއެވެ.
ނުބައި މީހާ ކުށްވެރި ކުރާ ފަނޑިޔާރަށް ތަނަވަސްކަން ލިބި އާންމުންގެ ރުހުން ލިބިގެންދާނެއެވެ.
އިތުބާރުހިފޭ މީހާއަށް މާތްރަސްކަލާނގެ ކިބަފުޅުން މަތިވެރި ބަރަކާތް ލިބެއެވެ. އަވަހަށް މުއްސަނދިވެގަންނަން އުޅޭ މީހާއަށް އޮތީ މުސީބާތެވެ.
ނުބައިމީހުންގެ ގެދޮރަށް މާތްރަސްކަލާނގެ ލަޢުނަތް ލައްވައެވެ. އެކަމަކު ހެޔޮމީހުންގެ ގެދޮރަށް މާތްރަސްކަލާނގެ ބަރަކާތް ލައްވައެވެ.