22 މާތްރަސްކަލާނގެ ތިމާއަށް ދެއްވާ މުދަލުން ފުދެން ވާނެއެވެ. ތިމާ އިތުރަކަށް ކަންބޮޑުވާކަށް ނުޖެހެއެވެ.
ތިމަންކަލާނގެ ތިބާގެ ދަރިކޮޅުގެ މީހުން އެތައް ގުނައަކަށް އިތުރު ކުރައްވާނަން. އަދި ތިބާގެ ފަރާތުން އުފަންވާނެ ޤައުމަކީ މަތިވެރި ބޮޑުޤައުމެއް ކަމުގައި ލައްވާނަން. ތިމަންކަލާނގެ ތިބާގެ ނަން މަތިވެރި ކުރައްވައި ތިބާއަށް ރަޙުމަތް ލައްވާނަން. އަދި ތިބާއަކީ މީސްތަކުންނަށް ރަޙުމަތެއް ކަމުގައި ވާނެ.
އަބްރާމް އަތުގައި ގެރިބަކަރިއާއި ކަންބަޅިތަކުގެ އިތުރުން ރަނާއި ރިހި ގިނަވެ މިހާރު އޭނާ ވަނީ މުއްސަނދިވެފައެވެ.
ކޮންމެ ކަމެއްގައިމެ އަހަރެންގެ ސާހިބާއަށް މާތްރަސްކަލާނގެ ރަޙުމަތް ލައްވައި އެކަލޭގެފާނަށް ތަނަވަސްކަން ދެއްވި. އެކަލޭގެފާނަށް ގިނަ ޢަދަދެއްގެ ކަންބަޅިބަކަރިތަކާއި، ނަޢަމްސޫތްޕާއި، ޖަމަލު އަދި ހިމާރުގެ އިތުރުން ރަނާއި ރިހި ދެއްވައި ގިނަ ޢަދަދެއްގެ އަޅުން އެކަލާނގެ ދެއްވި.
އެބިމުގައި އިސްޙާޤުގެފާނު ގޮވާން އިންދެވިއެވެ. އެއަހަރު އެކަލޭގެފާނުގެ އިންދެވި ގޮވާމުން ސަތޭކަ ބައި އިތުރަށް ލިބިވަޑައިގަތެވެ. މާތްރަސްކަލާނގެ އެކަލޭގެފާނަށް ރަޙުމަތާއި ބަރަކާތް ލެއްވިއެވެ.
އަދި އެއްދުވަހުން އަނެއްދުވަހަށް އެކަލޭގެފާނަށް ތަނަވަސްކަން ލިބި މުއްސަނދިވަމުން އައެވެ.
ބުއްދިވެރިޔާ މުއްސަނދިކަމުގެ ތާޖް އަޅައެވެ. މޮޔަމީހާ ވާނީ ހައްތަހާ މޮޔައެވެ.
ކުއްލިގޮތަކަށް ލިބޭ މުދާގަނޑެއްގައި ބަރަކާތެއް ނުވެއެވެ.
ދަހި މީހުން އަވަސްގޮތަކުން މުއްސަނދިވާން އުޅެއެވެ. އެކަމަކު އެމީހުން އެދަނީ ފަގީރު ކަމާ ދިމާއަށް ކަމެއް އެމީހުންނަކަށް ނޭނގެއެވެ.
އަހަރެން ދެކެ ލޯބިވާ އެންމެންނަށް އަހަރެންގެ ފަރާތުން އަގުބޮޑު ޚަޒާނާތައް ދެމެވެ.