13 ތަންދޮރު އެނގޭ މީހާގެ ދުލުން ބޭރުވާނީ ބުއްދިވެރި ބަސްތަކެވެ. މޮޔައިންނާ ކުރިމަތިވާނީ ލަޓިބުރީގެ ވޭނެވެ.
ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ކަލޭގެ އަތް އުފުލައި މިޞްރުގެ ބިމަށް ގޮއްފުޅަނގި އަރުވާ! އޭރުން މިޞްރުގެ ބިމުގައި ގަނޑުފެނުގެ ތޫފާނުން ސަލާމަތްވެފައިވާ ހުރިހާ ގަސްގަހާގެއްސެއް އެއެއްޗެހި ގޮސް ކައި ހުސްކުރާނެ.“
ހެޔޮމީހެއްގެ އިރުޝާދުތަކުން މީސްތަކުންނަށް ފައިދާ ލިބެއެވެ. މޮޔައިން ބުނާ ބަސްތަކުން އެމީހުން ހަލާކުވެ ނެތިދެއެވެ.
ޞާލިޙުން ބުނާނީ ޙިކުމަތުގެ ބަސްތަކެވެ. ކެހިވެރި ބަސްތައް ބުނާ މީހާގެ އަނގަ ބަންދުކޮށްލެވެއެވެ.
ރަނގަޅު ދަނޑިވަޅުގައި ދޭ ރަނގަޅު ޖަވާބަކުން އެންމެން އުފާކުރުވައެވެ.
ޙިކުމަތްތެރިޔާގެ ދުލުން ބޭރުވާ ބަސްތަކުން ތަންދޮރު އޮޅުންފިލައެވެ. މޮޔަމީހާގެ ހިތުގައި ހުންނާނީ ޖާހިލު ބަސްތަކެވެ.
ޙިކުމަތްތެރިން އެނގޭނީ އެމީހުން ތަންދޮރު ދަންނަ މިންވަރަކުންނެވެ. ހިތްހެޔޮކަމާއެކު ބުނާ ބަސްތަކުން މީހުން އޭނާގެ މައްޗަށް ލެނބެއެވެ.
އިސްލާހު ކުރުމަށް ވިސްނުންތެރިޔެއްގެ ގާތު މީހަކު ބުނެލާ އެންމެ ބަހެއް ވެސް، މޮޔައެއްގެ ގައިގައި އެއްތެލަކުން ސަތޭކަ އެތިފަހަރު ޖެހުމަށް ވުރެން ފައިދާ ކުރެއެވެ.
ޢުޤޫބާތް ވަނީ ޖެއްސުން ކުރާ މީހުންނަށެވެ. މޮޔައިންގެ ބުރަކަށި ވަނީ އަދަބު ދެވުމަށެވެ.
ތަންދޮރު އެނގުމަކީ އެތައް ގިނަ ރަނަށް ވުރެން އަދި އެތައް ރަން މުތްތަކަށް ވުރެން އަގުބޮޑު އެއްޗެކެވެ.
އަހާއި ހިމާރުގެ ލަގަން އަޅައި ބުރަކަށީގައި ހަންމުށިން ތަޅާހެން މޮޔައިންގެ ގައިގައި ވެސް އެއްތެލުން ތަޅަން ޖެހެއެވެ.
ވަނަކަށް އަޅައި ތަޅާ ހިމުން ކުރިޔަކަސް މޮޔައެއްގެ ކިބައިގައިވާ މޮޔަކަމެއް ނުފިލާނެއެވެ.
ޒިނޭ ކުރާ މީހާ ހާދަ މޮޔައެވެ. އޭނާ އެހަލާކު ކޮށްލަނީ އޭނާގެ އަމިއްލަ ދިރިއުޅުމެވެ.
ހަމަ ވަގުތުން އެސޮރު އެއަންހެނާގެ ފަހަތުން ހިނގައިގަތެވެ. ކަތިލެވެންދާ ގެރިއެއް ފަދައިންނެވެ. މަޅިގަނޑަކާ ދިމާއަށް ދާ ފުއްލާއެއް ފަދައިންނެވެ.
އެކަލޭގެފާނު ވިދާޅުވި މަތިވެރި މިބަސްފުޅުތަކުގެ ސަބަބުން އެމީހުން ހައިރާންވިއެވެ. ދެން އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”މިއީ ޔޫސުފުގެ ދަރިފުޅެއް ނޫން ތަ؟ އެފަދަ މަތިވެރި ބޭކަލަކަށް ވުމުގެ ދަޢުވާ ކުރުމުގެ ޙައްޤު އޭނާއަށް ދިނީ ކާކު؟“