12 ނަފްރަތުން އުފެދޭނީ އަރައިރުމެވެ. ލޯބި އަނެކާއަށް މަޢާފު ދޭނެއެވެ. ކުރެވޭ ކުށްތައް ފޮރުވައި ދޭނެއެވެ.
ރުޅިގަދަ މީހާ ޒުވާބެއް ފަށައެވެ. މައިތިރި މީހާ އެ ޒުވާބު ފިނި ކުރެއެވެ.
މައްސަލަ އުފައްދަނީ ވިޔާނުދާ މީހުންނެވެ. އެމީހުންގެ ބަސްތަކަކީ ފަނާ ކުރާ އަލިފާން މަޅިއެކެވެ.
މަޢާފު ދިނުމަކީ ލޯބި އިތުރުވާ ކަމެކެވެ. އެކަމަކު އެވާހަކަ ތަކުރާރުކޮށް ދެއްކުމަކީ ގުޅުން ކެނޑިދާ ކަމެކެވެ.
ދަހިވެތިކަން ތަޅާފޮޅުމެއްގެ ސަބަބަކަށް ވެދެއެވެ. މާތްރަސްކަލާނގެއަށް ވަކީލު ކުރުމުން ތަނަވަސްކަން ލިބެއެވެ.
ރުޅިއައިސްފައި ހުންނަ މީހާ ތަޅާފޮޅުމެއް ފަށައިގަނެއެވެ. ރުޅި އަވަސް މީހާ ހުރިހާ ބާވަތެއްގެ ފާފައަކަށް އަރައިގަނެއެވެ.
ގެރިކިރު ހިލުމުން ބަޓަރު އުފެދޭ ފަދައިން ނޯށްމަތީ ޖެހުމުން ލޭ އަންނަ ފަދައިން ރުޅިގަނޑެއް ހިލުވާލުމުން ތަޅާފޮޅުންގަނޑެއް އުފެދޭނެއެވެ.
ކަލޭމެންގެ މެދުގައިވާ ދެބަސްވުންތަކާއި އަރާރުންވުންތައް އައީ ކޮންތަނަކުން ހެއްޔެވެ؟ އެއީ ކަލޭމެންގެ ހިތްތަކުގައިވާ އަމިއްލަ އެދުންތައް ކަލޭމެންނާއި ހަނގުރާމަ ކުރާތީއެވެ.
އޭރުން ޙައްޤުން އެއްކިބާވެފައިވީ ފާފަވެރިޔާ ހެޔޮމަގަށް ގެނެސް ދިނުމުން އޭނާގެ ފުރާނަ މަރުން ސަލާމަތް ވެއެވެ. އަދި އެބައިމީހުންގެ ގިނަގުނަ ފާފަތައް ޢަފޫކުރައްވައެވެ.
ސަބަބަކީ އެކަކު އަނެކަކާއިމެދު އިޚުލާސްތެރިކަމާއިއެކު ފުން ލޯތްބެއްގައި ވުމުން މީސްތަކުންގެ ކުށްފާފަތަކަށް މަޢާފު ދިނުމުގައި ތައްޔާރުވެ ތިބެވޭނެތީއެވެ.