1 މިއީ ސުލައިމާނުގެފާނު ވިދާޅުވި ބުއްދިވެރި ބަސްފުޅުތަކެވެ: ބުއްދިވެރި ދަރިން އެ ދަރިންގެ ބަފާގެ ހިތް އުފާ ކުރުވައެވެ. މޮޔަ ދަރިން އަމާ ހިތް ނުތަނަވަސް ކުރުވައެވެ.
މިއީ ދާއޫދުގެފާނުގެ ދަރިކަލުން އިސްރާއީލުގެ ރަސްގެފާނު ސުލައިމާނުގެފާނުގެ ހަރުބަސްފުޅުތަކެވެ.
ބުއްދިވެރި ދަރިން އެ ދަރިންގެ މައިންބަފައިން ތަރުބިއްޔަތު ކުރުމުން އެކަން ބަލައިގަނެއެވެ. ފުރައްސާރަކުރާ ދަރިން އެ ތަރުބިއްޔަތަކަށް ސަމާލުކަމެއް ނުދެއެވެ.
ބުއްދިވެރި ދަރިން އެ ދަރިންގެ ބަފާ އުފާ ކޮށްދެއެވެ. މޮޔަ ދަރިން އަމާ ކުޑައިމީސްކުރެއެވެ.
މޮޔަ ދަރިއެއްގެ މައިންބަފައިންނަކަށް ހިތާމަ ނޫން ކަމެއް ނެތެވެ. ދެކޮޅުވެރި ދަރިއެއްގެ ބަފާއަށް ލިބޭ އުފަލެއް ނެތެވެ.
މޮޔަ ދަރިން އެމީހުންގެ ބަފާ ހިތްދަތިކުރެއެވެ. ވިހޭ މައިމީހާ ހިތުގައި ޖައްސައެވެ.
މޮޔަދަރިން މައިންބަފައިން ބަރުބާދު ކުރެއެވެ. ޝަކުވާ ކުރާ އަނބިމީހާއެކޭ ހުއްޓާނުލާ ބޮލަށް ޖަހާ ފެންތިކިތަކެކޭ އެއްގޮތެވެ.
މިއީ ސުލައިމާނުގެފާނު ވިދާޅުވި ހަރުބަސްފުޅުތަކެކެވެ. މި ބަސްފުޅުތައް ލިއުއްވީ ޔަހޫޛާގެ ރަސްގެފާނު ޙަޒަޤިއްޔާގެ ކާތިބުންނެވެ.
ދަރިފުޅާއެވެ! ބުއްދިވެރިއަކަށް ވާށެވެ. އޭރުން އަހަރެންގެ ހިތް އުފަލުން ފުރޭނެއެވެ. އޭރުން އަހަރެންނަށް ފާޑު ކިޔާ މީހުންނަށް ރައްދު ދެވޭނެއެވެ.
ދަރިން ތަރުބިއްޔަތު ކުރުމުން އެމީހުންގެ ޙިކުމަތްތެރިކަން އިތުރުވެއެވެ. ތަރުބިއްޔަތެއް ނެތް ދަރިން އަމަޔަށް ލަދުވެތިކަން ގެނެއެވެ.
ދަރިން ތަރުބިއްޔަތު ކުރާށެވެ. އޭރުން ކަލޭމެންގެ ހިތަށް އުފާވެރިކަން ލިބި ދިރިއުޅުން ހިތްފަސޭހަ ވާނެއެވެ.
ވިސްނުންތެރިކަމަށް ލޯބިކުރާ މީހާގެ ބަފާ ހިތްއުފާވެއެވެ. ކަސްބީންގެ ގާތަށް ގޮސް އުޅޭ މީހާގެ މުދާ ބޭކާރުވެދެއެވެ.