Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 1:8 - ކިތާބުލް މުޤައްދަސާ

8 ދަރިފުޅާއެވެ! ބަފާ ބުނާ ބަސް އަހާށެވެ. އަމާ ދައްކާމަގުން ހިނގާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 1:8
20 ပူးပေါင်းရင်းမြစ်များ  

ފާފަވެރިން ބުނާ ބަސްތައް އަހައި އެމީހުންގެ ވަސްވާސްތަކަށް ނުހެއްލޭށެވެ.


ދަރިފުޅާއެވެ! އެކަހަލަ މީހުން ހިނގާ މަގުން ނުހިނގާށެވެ. އެމީހުންނާ ދުރުހެލިވާށެވެ.


ދަރިފުޅާއެވެ! އަހަރެން މިބުނާ ބަސްތައް ކަނުލައި އަހައި އަހަރެން މިދޭ ފިލާވަޅުތަކާއި އިރުޝާދާ އެއްގޮތަށް ކަންތައް ކުރަން ހަނދާން ބަހައްޓާށެވެ.


ކަލޯއަށް ދިރިހުރުން ދިން ބަފާގެ ބަސްއަހާށެވެ. މުސްކުޅި އަމާ ކުޑައިމީސް ނުކުރާށެވެ.


ދަރިފުޅާއެވެ! އަހަރެންގެ މި އިރުޝާދުތައް ހަނދާންކޮށް އެއާ އެއްގޮތަށް ފުރިހަމަޔަށް އަމަލު ކުރަމުން ދާށެވެ.


ބަފާއަށް މަލާމާތް ކޮށް އަމާގެ ބަސްނާހާ މީހާ މިނިކާމާދޫނިތައް އައިސް ކާލާނެއެވެ. ގޮނޑުދޮށުގައި އުޅޭ ކާޅުތައް އައިސް މަލާމާތްކުރާ ލޯތަކަށް ކޮއްޖަހާނެއެވެ.


މައްސާގެ ރަސްގެފާނުގެ މަންމާފުޅު ދަސްކޮށް ދެއްވި ކަމަށް ލަމޫއީލް ވިދާޅުވެފައިވާ އިލާހީ ބަސްފުޅުތަކެއް ވެއެވެ.


އަހަރެންގެ އެދުރުންގެ ބަސް އަޑުއެހުނު ނަމައެވެ.


ދަރިފުޅާއެވެ. ބަފާ ކުރާ އަމުރާ ޚިލާފު ނުވާށެވެ. އަމާ ދަސްކޮށްދިން ކަންތަކަށް ފަރުވާކުޑަ ނުކުރާށެވެ.


ދަރިފުޅާއެވެ. އަހަރެން މިބުނާ ބަސްތަކަށް ސަމާލުކަން ދޭށެވެ. މިއަމުރުފުޅުތައް ހަނދާން ނައްތާ ނުލާށެވެ.


އެ ވަގުތު ބަޔަކު މީހުން ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެބައިމީހުންގެ އީމާންތެރިކަން އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ބަލި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅާ. ހިތްވަރުކުރޭ! ތިބާގެ ފާފަތައް ފޮހެވިއްޖެ!⁠“


އީސާގެފާނު ފަސްއެނބުރި ބައްލަވާލައްވައި އެ އަންހެނާއަށް ވިދާޅުވިއެވެ. ”⁠ދަރިފުޅާ، ހިތްވަރުކުރޭ! ކަނބުލޭގެ އީމާންތެރިކަމުގެ ސަބަބުން ކަނބުލޭގެ ބަލި މިހާރު ތިޔަވަނީ ފަސޭހަވެފައި!⁠“ އެހިނދު އެ އަންހެނާގެ ބަލި ފަސޭހަ ވެއްޖެއެވެ.


ތިބާގެ މާމަ ލޯވިސް އާއި މަންމަ އެއުނީޒް އެކޭ އެއްފަދައިން މާތްރަސްކަލާނގެ އާއިމެދު ތިބާގެ ހިތުގައިވާ ތެދުވެރި އީމާންތެރިކަން އަހަރެންނަށް އެނގެއެވެ.


އަދި އެއަށް ފަހު ބޫޢަޒު މަސައްކަތް ކުރުމަށް އުޅުނު ތަނަށް ގޮސް ނުޢުމީ ބުނި ފަދައިން ކަންތައް ކުރިއެވެ.


އެކަކު އަނެކަކާ ދެމެދު ކުރާ އިހާނާތެއް ނަމަ މާތްކަލާނގެ އެކަމުގައި އެހީތެރިކަން ދެއްވާފާނެ. އެކަމަކު މާތްރަސްކަލާނގެއާ މެދު ކަލޭމެން ކުރާ އިހާނާތެއް ނަމަ އެހީތެރިވެ ދެވޭނީ ކާކަށް؟⁠“ ޢާލީގެ ދަރިން މި ނަސޭހަތެއް އަޑެއް ނޭހިއެވެ. އެހެނީ އެމީހުން މަރުގެންނެވުމަށް މާތްރަސްކަލާނގެ އޭރު ވަނީ ހިންމަވައިފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ