33 އެއާ ޚިލާފަށް ކަލޭމެން އަހަރެންގެ ބަސް އަހާނަމަ ކަލޭމެންނަށް ރައްކާތެރިކަން ލިބިގަނެވޭނެއެވެ. ކަލޭމެންނަކަށް ކުއްލި މުސީބާތަކަށް ބިރެއް ގަންނާކަށެއް ނުޖެހޭނެއެވެ.“
މާތްކަލާނގެ މަގުގައި ތިބި ބަޔަކަށް ގެއްލުމެއް ނެތެވެ. ނުބައި މީހުންނަށް ކުރިމަތިވާނީ މުސީބާތެވެ.
މާތްރަސްކަލާނގެއަށް ބިރުވެތިވާ މީހާއާއި އޭނާގެ ދަރިންނަށް ރައްކާތެރިކަމުގެ ކިއްލާއެއް ލިބިފައިވެއެވެ.
އަހަރެންގެ ފަހަތުން ކަލޭމެން އުޅޭނަމަ ކަލޭމެންނަށް ދިގު އުމުރެއް ލިބޭނެއެވެ.
ޕަތަރަސް ވާހަކަ ދައްކަމުން ގެންދިޔަ ހިނދު ކުއްލިއަކަށް އަލިކަންގަދަ ވިލާގަނޑަކުން އެ ބޭކަލުން ފަރުދާ ކުރެއްވިގެން ދިޔައެވެ. އަދި އެ ވިލާގަނޑުގެ ތެރެއިން މިފަދައިން އަޑެއް އިވުނެވެ. ”މިއީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ އަދި ތިމަންކަލާނގެ ރުހިވޮޑިގަންނަވާ ދަރިކަލުން. އެކަލޭގެފާނުގެ އަޑު އައްސަވާ!“
އަދި އެގޮތުގައި ދެމި ހުރުމުގެ ސަބަބުން ކަލޭމެންނަށް ތެދުނިޔަތުގައި ފުރިހަމަ ދިރިހުރުމެއް ލިބޭނެ.
ހަނގުރާމަތަކާ ބަޣާވާތްތަކުގެ އަޑުއިވި އެކަމާބިރު ނުގަންނާތި. މިފަދަ ކަންތައްތައް ފުރަތަމަ އެ ގޮތަށް ވާން ޖެހޭނެ. ނަމަވެސް އެކަންތައްތަކަކީ ފަހު ޒަމާން އައިސްޖެހިއްޖެ ކަމުގެ ނިޝާންތަކެއް ނޫން.“
އަދި ތިޔަބައިމީހުންނަށް ދިންނެވުން ލިބެންދެން އެކަލާނގެ ތިޔަބައިމީހުން ރައްކާތެރި ކޮށްދެއްވަނީ އެކަލާނގެ ކުޅަދުންވަންތަ ކަމާމެދު ތިޔަބައިމީހުންގެ އޮންނަ އީމާންތެރިކަމުންނެވެ. އެ ދިންނެވުން ތިޔަބައިމީހުން އެންމެންނަށް ފައުޅުވެގެންދާނީ ޤިޔާމަތާއި ހަމައިންނެވެ.