Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 1:32 - ކިތާބުލް މުޤައްދަސާ

32 ޙިކުމަތަށް ފުރަގަސްދީ ގަމާރުވުމުން ގެނެސްދެނީ މަރެވެ. ފަރުވާލެއް ނެތި ހިތުހުރިގޮތަކަށް ކުރާ މޮޔަކަންތަކުން އެމީހުންނަށް ގެނެސް ދެނީ ގެއްލުމާއި ހަލާކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 1:32
23 ပူးပေါင်းရင်းမြစ်များ  

”⁠އޭ މޮޔައިންނޭވެ! ކަލޭމެން ތިޔަ މޮޔަކަން މަތީ ތިބޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ އިލްމަށް ކަލޭމެން ފުރަގަސްދީ މަލާމާތްކުރުން ހުއްޓާލާނީ ކޮން އިރަކުން ހެއްޔެވެ؟


ހެޔޮމީހެއްގެ އިރުޝާދުތަކުން މީސްތަކުންނަށް ފައިދާ ލިބެއެވެ. މޮޔައިން ބުނާ ބަސްތަކުން އެމީހުން ހަލާކުވެ ނެތިދެއެވެ.


ބުއްދިވެރިޔާ ނުރައްކަލަށް ހުށަހޮޅި ނުގަނެވޭތޯ ބަލާނެއެވެ. މޮޔަމީހާ ފަރުވާލެއް ނެތި ނިކަން އަވަހަށް ނުރައްކަލުގެ ތެރެއަށް ބޯ މަހާލާނެއެވެ.


އެއަންހެނާގެ ގެޔަށް ކަލޯ ދާނަމަ އެ ދެވެނީ މަރުގެ އަނދިރި ގޯޅިގަނޑުންނެވެ.


ފާހިޝް ނުބައި މީހުންގެ ފާފަތަކަކީ ދަންތުރައެކެވެ. އޭގައި ބެދޭނީ ވެސް ހަމަ އެމީހުންނެވެ.


އަހަރެން ނުހޯދައިފި ނަމަ ގެއްލުން ހުރީ އެމީހަކަށެވެ. އަހަރެންދެކެ ނަފްރަތު ކުރާ މީހާ ލޯބި ކުރަނީ މަރަށެވެ.⁠“


ޖާހިލުންނޭވެ. ވިސްނާ ފިކުރުކުރާށެވެ. މޮޔައިންނޭވެ. ދެނެގަނެ ފަހުމު ކުރާށެވެ.


އެކަމަކު އޭނާގެ އަތްދަށުވާ މީހާއަށް އެގެއަށް ވަދެވެނީ މަރުވާން ކަމެއް ނޭނގެއެވެ. އޭނާގެ މެހުމާނުން ތިބީ ކަށްވަޅުތަކުގެ ފުނުގައެވެ.


އަދި ދަރިކަލުންގެ ބަސްފުޅުތައް އަހައި އެކަލޭގެފާނަށް އީމާންވެއްޖެ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފައި. އަދި އެ ދަރިކަލުން ގަބޫލު ނުކޮށް އެކަލޭގެފާނަށް ކިޔަމަން ނުވި މީހަކަށް ނިމުންނުވާ ޙަޔާތެއް ނުލިބޭނެ. އެމީހަކަށް ވަނީ މާތްރަސްކަލާނގެ ކޯފާ ލެއްވިފައި.⁠“


ކަލޭމެންނާ ވާހަކަދެކެވޭ ފަރާތަކާ ދެކޮޅު ނުހަދާށެވެ. އިސްރާއީލީން ވެސް މޫސާގެފާނު ކުރެއްވި އިންޒާރަށް ފުރަގަސް ދިނުމުން އެމީހުން ސަލާމަތެއް ނުވިއެވެ. އެއީ ބިންމަތީގައި ހުންނެވި ބޭކަލެކެވެ. އަހަރެމެންނާ އުޑުން ވާހަކަދައްކަވާ ފަރާތަށް އަހަރެމެން ފުރަގަސް ދީފިނަމަ އަމުދުން އަހަރެމެން ސަލާމަތެއް ނުވާނެ ނޫންހެއްޔެވެ؟


މާތްރަސްކަލާނގެ އެކަލާނގެ ހުރިހާ ދަރިން ތަރުބިއްޔަތު ކުރައްވައެވެ. އެހެން ނުހައްދަވާނަމަ ކަލޭމެން ތީ އެކަލާނގެ ދަރިން ކަމަކަށް ނުވާނެއެވެ. ކަލޭމެން ވީހީ ބަފާނެތް ދަރިންތަކެއް ކަމުގައެވެ.


މި ދުނިޔޭގައި ކަލޭމެން ޙަޔާތުގެ އުފާފާގަތިކަން ހޯދީ ހިތުހުރި ގޮތަކަށް އަރާމުގައި ދިރިއުމުގައެވެ. ކަލޭމެންގެ ޖިސްމުތަކަށް ފުރިހަމަ ރޫފަ ގެނުވިއެވެ. އެއީ ކަތިލުމަށް ތައްޔާރުވެފައިވާ ރޫފަ ރަނގަޅު ޖަނަވާރަކާއި އެއްފަދައިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ