28 ކަލޭމެން އައިސް އަހަރެންގެ އެހީއަށް އެދޭނެއެވެ. އެދުވަހަކުން އަހަރެން ކަލޭމެންގެ އަޑެއް ނާހާނަމެވެ. ކަލޭމެން އަހަރެން ފެނޭތޯ ހޯދާނެއެވެ. އެކަމަކު ކަލޭމެންނަކަށް އަހަރެންނެއް ނުފެންނާނެއެވެ.
މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ ދިރުންދޭ ނޭވާއެއް އަބަދަކު އިންސާނުންނާއި އެކުގައި ނުވާނެ. އެއީ އެމީހުންނަކީ ފަނާވެ ނެތިދާނެ ބައެއް. އެމީހުންގެ މުއްދަތަކަށް ވާނީ ސަތޭކަ ވިހި އަހަރު.“
ނުބައިމީހުންގެ ދުޢާތަކަށް މާތްރަސްކަލާނގެ ސަމާލުކަމެއް ނުދެއްވައެވެ. ހެޔޮމީހާގެ އަޅުކަން އެކަލާނގެ އައްސަވާ ވޮޑިގަންނަވައެވެ.
އަހަރެން ދެކެ ލޯބިވާ އެންމެން ދެކެ އަހަރެން ލޯބިވަމެވެ. އަހަރެން ހޯދާ މީހަކަށް އަހަރެން ފެންނާނެ އެވެ.
އެތަކެއްޗަށް އެދި ކަލޭމެން ދުޢާކުރުމުން ވެސް މާތްރަސްކަލާނގެ އެތަކެތި ކަލޭމެންނަށް ނުދެއްވައެވެ. ސަބަބަކީ ކަލޭމެންގެ މަގުސަދުގެ ނުބައިކަމެވެ. އެއީ ހަމައެކަނި ކަލޭމެންގެ ބޭނުމަކީ އަމިއްލަ އެދުމުގެ އުފާވެރިކަން ލިބިގަތުން ކަމުގައި ވާތީއެވެ.
އެދުވަސް އައުމުން ކަލޭމެން އަމިއްލައަށް ޚިޔާރު ކުރި ރަސްގެފާނުގެ ކިބައިން މިންޖު ނުވެވިގެން ކަލޭމެން މާތްރަސްކަލާނގެއަށް ދަންނަވާނެ. އެ ދުވަހަކުން އެކަލާނގެ ކަލޭމެންނަކަށް މަދަދެއް ނުދެއްވާނެ.“