2 ހަރުބަސްތަކަކީ މީހާގެ ބުއްދި ތަނަވަސްކޮށްދީ ނަފްސުގެ ކޮންޓްރޯލް ހިފެހެއްޓުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. އަދި މީގައިވާ ފުން މާނަތަކުގައި ގިނަގުނަ ނަސޭހަތްތަކެއް އެކުލެވިފައި ވެއެވެ.
މާތްރަސްކަލާނގެއަށް ބިރުވެތިވުމުން ޙިކުމަތްތެރިޔަކަށް ވެވެއެވެ. ހިތްތިރި ކުރުމުން ޝަރަފު ލިބިގަނެވެއެވެ.
ޙިކުމަތްތެރިކަން ރަނަށް ވުރެން މޮޅެވެ. ބުއްދިވެރި ނިންމުން ރިއްސަށް ވުރެން މޮޅެވެ.
ދަސްކުރަން ބޭނުން ނުވާ މޮޔައަކަށް ދަރުސް ދިނުމަށް ފައިސާތަކެއް ހޭދަކުރުމަކީ މާނައެއް ނެތް ކަމެކެވެ.
ލިބެން އޮތްހާ ހެޔޮ ނަސޭހަތަކާއި އިލްމެއް ލިބިގަންނާށެވެ. އޭރުން ތިމާ މުޅި އުމުރުގައި ޙިކުމަތްތެރި ވާނެއެވެ.
އަހަރެންގެ މިބަސްތައް އަހައިފިނަމަ، ކަލޯއަށް ހެޔޮކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމަކީ ކޮބައިކަން އެނގޭނެއެވެ. އަދި ހިނގާނެ ތެދުމަގު ވެސް ފެންނާނެ އެވެ.
މަގޭ ދަރިފުޅާއެވެ! ބައްޕަ ދޭ މި ނަސޭހަތުގެ އަޑު ރަނގަޅަށް ކަނުލާ އަހާށެވެ. އޭރުން ކަލޯއަށް ހެޔޮނުބައި ދަސްވާނެއެވެ.
ބުއްދިއަކީ ކަލޯގެ ދައްތަ ކަމުގައި ބަލާށެވެ. ހަމަވިސްނުމަކީ ކަލޯގެ އެންމެގާތް ރަޙުމަތްތެރިޔާ ކަމަށް ބަލާށެވެ.
ކަލޭމެންނަށް މި ދަސްކޮށް ދެވުނުކަންތައް ރަނގަޅަށް ބަލައިގަނެ އެގޮތުގެ މަތިން ބުއްދިވެރި ކަންކަމަށް ސަމާލުކަން ދޭށެވެ.
ޖާހިލުންނޭވެ. ވިސްނާ ފިކުރުކުރާށެވެ. މޮޔައިންނޭވެ. ދެނެގަނެ ފަހުމު ކުރާށެވެ.