1 މިއީ ދާއޫދުގެފާނުގެ ދަރިކަލުން އިސްރާއީލުގެ ރަސްގެފާނު ސުލައިމާނުގެފާނުގެ ހަރުބަސްފުޅުތަކެވެ.
މިއީ ސުލައިމާނުގެފާނު ވިދާޅުވި ބުއްދިވެރި ބަސްފުޅުތަކެވެ: ބުއްދިވެރި ދަރިން އެ ދަރިންގެ ބަފާގެ ހިތް އުފާ ކުރުވައެވެ. މޮޔަ ދަރިން އަމާ ހިތް ނުތަނަވަސް ކުރުވައެވެ.
އޭރުން ކަލޭ ތަނަކަށް ފޮނުވާ މީހެއްގެ ގާތަށް އެނބުރި އައިސް ތެދުބަސްތަކުން އެމީހުންނަށް ކިޔާދީ ޖަވާބު ދެވޭނެއެވެ.
މިއީ ސުލައިމާނުގެފާނު ވިދާޅުވި ހަރުބަސްފުޅުތަކެކެވެ. މި ބަސްފުޅުތައް ލިއުއްވީ ޔަހޫޛާގެ ރަސްގެފާނު ޙަޒަޤިއްޔާގެ ކާތިބުންނެވެ.
އަހަރެން ކަލޭމެންނަށް އަންގައިދޭން ބޭނުންވި ކަންތައްތައް އަހަރެން މިސާލުބަސްތައް ބޭނުންކޮށްގެން ކިޔައިދިނިން. ނަމަވެސް އެފަދަ ދުވަހެއް އެބައާދޭ. އެދުވަހަކުން ބައްޕާފުޅާއި ބެހޭ ހުރިހާ ކަމެއް އަހަރެން ސާފުކޮށް ކަލޭމެންނަށް ކިޔައިދޭނަން.