Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 4:9 - ކިތާބުލް މުޤައްދަސާ

9 އަހަރެންގެ ފުށުން ތިޔަބައިމީހުންނަށް ދަސްވެ ލިބިދިން ކަންތަކާއި، އަހަރެންގެ ފަރާތުން އިވުނު ކަންތަކާއި، ފެނިގެންވީ އަމަލުތަކުގެ އިތުރުން އަހަރެން ބުނެދިން ކަންތައް ކުރާށެވެ. އެހެންވީމާ އަހަރެންދެއްކި ނަމޫނާ ތިޔަބައިމީހުން ބަލާށެވެ. މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ސުލްޙަވެރިކަން ދެއްވާނެތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 4:9
36 ပူးပေါင်းရင်းမြစ်များ  

”⁠މީސްތަކުންގެ ތެރެއިން އަހަރެންނަށް ’⁠މާތްސާހިބާ⁠‘ ގެ ނަމުން މުޚާތަބުކުރާ ކޮންމެ ފަރާތަކަށް ސުވަރުގެއަކަށް ނުވަދެވޭނެ. ހަމައެކަނި ސުވަރުގެއަށް ވަދެވޭނީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން އަމަލުތައް ކުރާ މީހަކަށް.


”⁠ކަލޭމެން އަހަންނަށް މާތްސާހިބާއޭ ކިޔާ މުޚާޠަބު ކުރޭ. ވީއިރު ކަލޭމެން އަހަރެން ބުނާ ބަހަށް އަމަލު ނުކުރަނީ ކީއްވެ؟


އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް އަމަލު ކުރާ އެންމެންނަކީ އަހަރެންގެ މަންމައާއި ކޮއްކޮއިން.⁠“


ކަލޭމެންނަށް މިހާރު މިކަންތައްތައް އެނގިއްޖެ. ވީއިރު އެފަދައިން ކަންތައްކުރޭ. އޭރުން މާތްރަސްކަލާނގެ ކަލޭމެންނަށް ރަޙުމަތް ލައްވާނެ.⁠“


ކަލޭމެން އަހަރެންގެ ބަސްތަކަށް ކިޔަމަން ވަނީ ނަމަ ކަލޭމެންނަކީ އަހަރެންގެ ރަޙުމަތްތެރިން، އަދި ގާތް މީހުން.


ނަމަވެސް އީސާގެފާނުގެ މަންމާފުޅު އެގޭގެ ނޯކަރުންނަށް ވިދާޅުވިއެވެ. ”⁠އޭނާ އަންގާ ގޮތަކަށް ކަލޭމެން ކަންތައް ކުރޭ.⁠“


ތެދުވޭ. ތެދުވެ ރަށުތެރެއަށް ދޭ. އެ ރަށުގައި މީހަކު ކަލޭ ކަންތައް ކުރަންވީ ގޮތް ކަލެއަށް ބުނެދޭނެ.⁠“


އަޚުންނާއި އުޚުތުންނޭވެ! އަހަރެންނަކީ ތިޔަބައިމީހުންނަށް ނަމޫނާއެއް ކަމުގައި ބަލައި އެގޮތުގައި އުޅެމުން ދާށެވެ. އަދި އަހަރެމެން މިސާލެއް ކަމުގައި ބަލައިގެން އުޅޭ މީހުންގެ ގާތުން އުނގެނޭށެވެ.


މިފަދައިން އަމަލު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެކަލާނގެ ތިޔަބައިމީހުންނަށް ސުލްޙަވެރިކަން ދެއްވާނެތެވެ. އަދި މި ސުލްޙަވެރިކަމަކީ އިންސާނުންނަށް ދެނެގަތުމަށް ވުރެން މާ މަތިވެރި ކަމެއްމެއެވެ. މި ސުލްޙަވެރިކަމުގެ ސަބަބުން ތިޔަބައިމީހުން ބިރުވެތިވާން ޖެހޭފަދަ އިޙުސާސްތަކުން ނުވަތަ ކަންބޮޑުވާންޖެހޭ ފިކުރުތަކުން ރައްކާތެރިކޮށް ދެއްވާނެތެވެ. މި ރައްކާތެރިކަން ލިބިދެނީ ތިޔަބައިމީހުން އަލްމަސީޙު އީސާގެފާނަށް މިލްކުވެގެން ވާތީއެވެ.


އެހެންވީމާ، ތިޔަބައިމީހުން މާތް ސާހިބާއާއި އަހަރެމެންނީ ނަމޫނާއެއް ކަމުގައި ބަލައިގަތެވެ. ތިޔަބައިމީހުން ވޭނުގައި ވިކަމުގައި ވިޔަސް ތިޔަބައިމީހުންނަށް އުނގަންނައިދެވުނު ތަކެތި ތިޔަބައިމީހުން ބަލައިގަތީ މާތްރަސްކަލާނގެ މާތްރޫޙުފުޅު ފޮނުއްވި އުފާވެރިކަމުގެ ސަބަބުންނެވެ.


އަދި އަޚުންނާއި އުޚުތުންނޭވެ. ތިޔަބައިމީހުންގެ އަމިއްލަ ޤައުމުގެ މީހުންގެ އަތްދަށުން ތިޔަބައިމީހުންނަށް ނާއިންސާފުން އަނިޔާލިބުނެވެ. މިގޮތުން ތިޔަބައިމީހުން ތަޖުރިބާ ކުރަމުން ތިޔަދަނީ ޖުދެއާ ކަރައިގެ މާތްރަސްކަލާނގެ މަސީޙީ ޖަމާޢަތްތަކުގެ މީހުންނަށް އެމީހުންގެ އީމާންތެރިކަމުގެ ސަބަބުން އެމީހުންގެ އަމިއްލަ މީހުންކަމަށްވާ ޖުދެއާ ކަރައިގެ މީހުންގެ ފަރާތުން ނާއިންސާފުން ލިބުނުފަދަ އަނިޔާތަކެވެ.


މާތްރަސްކަލާނގެއީ އަހަރެމެންގެ ފުރާނައިގެ ހިތްހަމަޖެހުމުގެ ވަސީލަތް ކަމަށްވާ ކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުން ފުރިހަމައަށް ތާހިރުކޮށް ދެއްވާށިއެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމަށް ދާންދެން ތިޔަބައިމީހުން މުޅި ރޫޙާއި ފުރާނަ އަދި ޖިސްމު ފުރިހަމައަށް ރައްކާތެރި ކުރެވި ބަދުނާމުތަކުން އެއްކިބާ ކުރައްވާށިއެވެ.


ހަމައެހެންމެ، ތިޔަބައިމީހުންނަށް އަހަރެމެން އުނގަންނައިދިން އަމުރުތަކަށް ތިޔަބައިމީހުން ކިޔަމަންތެރިވެ، އަދި އެގޮތުގެ މަތިން އަމަލު ކުރުންމަތީގައި ދެމިތިބޭނޭ ކަމުގެ އިތުބާރާއި ޔަޤީންކަން ވެސް މާތްސާހިބާ އަހަރެމެންނަށް ދެއްވައެވެ.


މާތްސާހިބާ ރޫޙީގޮތުން ތިބާއާއެކުގައި ވާށިއެވެ. އަދި ތިޔަ އެންމެންނަށް އެކަލޭގެފާނުގެ ނިޢުމަތް ލައްވާށިއެވެ. އާމީން!


މާތްރަސްކަލާނގެ އުނގަންނައިދެއްވި ތަކެތީގައިވާ ގޮތަށް އަމަލު ކުރާށެވެ. އެތަކެތި އަޑުއަހައި އަދި އަމަލު ނުކުރާނަމަ ކަލޭމެން އަމިއްލައަށް ކަލޭމެންގެ ނަފްސުތައް މޮޔަ ހައްދު ވަނީއެވެ.


އެހެންވީމާ، މަގޭ އަޚުންނާއި އުޚުތުންނޭވޭ! މީސްތަކުންގެ ތެރެއިން މާތްރަސްކަލާނގެ ގޮވާލައްވާ، ތިޔަބައިމީހުން ޚިޔާރު ކުރެއްވި ގޮތާއިމެދު ސާބިތުކޮށްދިނުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. މި ގޮތުގައި ތިޔަބައިމީހުން ތިބެއްޖެނަމަ ފާފައިގެ ތެރެއަށް ފުރޮޅިގެންނެއް ނުދާނެއެވެ.


އަދި މާތްރަސްކަލާނގެ ކިބަފުޅުން އަހަރެމެން އެދި ދަންނަވާ އެންމެހާ ކަންތައް އެކަލާނގެ ފުއްދަވައި ދެއްވާނެއެވެ. ސަބަބަކީ އަހަރެމެންކުރާ ކަންތަކަކީ އެކަލާނގެ އެދިވޮޑިގަންނަވާ ފަދަ ކަންތައް ކަމަށް ވާތީއެވެ. އަދި އަހަރެމެން ޙަޔާތު ވޭތުކުރަމުން ގެންދަނީ އެކަލާނގެއަށް ކިޔަމަންތެރިކަން މަތީގައި ކަމަށް ވާތީ ވެސް މެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ