Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 4:22 - ކިތާބުލް މުޤައްދަސާ

22 މީގެ އިތުރުން މި އަވަށުގައި މާތްރަސްކަލާނގެއަށް އީމާންވީ އެންމެހާ ފަރާތްތަކުގެ ތަހުނިޔާ ވެސް ފޮނުވަމެވެ. ވަކިން ޚާއްސަކޮށް މިތަނުގެ އިސް ވެރިއަކަށް ހުރި ކައިސަރު ރަސްގެފާނުގެ ޚާދިމުންގެ ތެރެއިން އީމާންވީ ފަރާތްތަކުގެ ތަހުނިޔާއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 4:22
9 ပူးပေါင်းရင်းမြစ်များ  

އަދި ހަމައެހެންމެ، ތިޔަބައިމީހުންގެ ރަޙުމަތްތެރިންނަށް ތިޔަބައިމީހުން ތަހުނިޔާ ކިޔާ ކަމުގައިވާނަމަ، އަނެކުންނެކޭ ތިޔަބައިމީހުންނެކޭ އެއްވެސް ތަފާތެއް ނުވޭ. ބުދަށް އަޅުކަން ކުރާ މީހުން ވެސް ރަޙުމަތްތެރިންނާއި މެދު ލޯބިކޮށް ހިތާ.


އެއީ ދެން ދުވަހަކު ވެސް އެމީހުންނަށް ޕައުލް އާއި ބައްދަލު ނުވާނެ ވާހަކަ އިވުމުންނެވެ. ދެން އެމީހުން ޕައުލް އާއި އެކު އޭނާ ފުރާ އޮޑީގެ ކައިރިއަށް ދިޔައެވެ.


އަނާނިޔާހު މާތްސާހިބާއަށް ދެންނެވިއެވެ. ”⁠އެކަމަކު މާތްސާހިބާ އަޅުގަނޑު ވަރަށް ގިނަ ގޮތް ގޮތުން ވެސް އަހާފައިވާ ގޮތުގައި ތިޔަ މީހާއަކީ ޖެރޫސަލަމުގައި ކަލޭގެފާނަށް އީމާންވެގެން ތިބި މީހުންނަށް ވަރަށް ނުބައިކޮން ކަން ކުރި މީހެއް.


އެހެން ކަމުން މިތަނުގައިވާ އެންމެހައި ފަރާތްތަކުގެ އިތުރުން ގަނޑުވަރުގެ ފާރަވެރި ސިފައިންނަށް އަހަރެން ޗޭނުޖެހި ހައްޔަރު ކުރެވިފައި މިވަނީ އަލްމަސީޙުގެ ސަބަބުންކަން ދަންނާނެއެވެ.


ކަލޭމެންގެ އިސްވެރިންނަށާއި މާތްސާހިބާގެ އެންމެހާ މީހުންނަށް އަހަރެންގެ ވެދުން ރައްދު ކޮށްދޭށެވެ. އިޓަލީގައި ތިބި އެކަލޭގެފާނަށް ތަބާވާ މީހުން ވެސް އެމީހުންގެ ވެދުން ކަލޭމެންނަށް ފޮނުވައެވެ.


ތިޔަބައިމީހުން ފަދައިން މާތްކަލާނގެ އިޚްތިޔާރު ކުރައްވާފައިވާ ރޯމުގެ ޖަމާޢަތުގެ ހެޔޮ އެދުމާއި ތަހުނިޔާތައް ތިޔަބައިމީހުންނަށް ފޮނުވައެވެ. އަދި އަހަރެންގެ ދަރިއެއްފަދައިން ދެކޭ މަރުކުސްގެ ފަރާތުން ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ.


އަހަރެން އުންމީދު ކުރަނީ ނުހަނު އަވަހަށް ތިބާއާއި ބައްދަލުވެ ތިބާގެ ގާތު މި ވާހަކަ ދެއްކުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ