Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 3:20 - ކިތާބުލް މުޤައްދަސާ

20 އެހެނަސް އަހަރެމެންގެ ޙަޤީޤީ ވަޒަނަކީ ސުވަރުގެއެވެ. އަދި ޝައުޤުވެރި ކަމާއެކު އަހަރެމެން އިންތިޒާރު ކުރަނީ އަހަރެމެން ދިންނަވާ ފަރާތް މާތްސާހިބާ އީސާ އަލްމަސީޙު ސުވަރުގެއިން ވަޑައިގަންނަވާނެ ވަގުތަކަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 3:20
36 ပူးပေါင်းရင်းမြစ်များ  

ބުއްދިވެރިޔާ ދާނީ ޙަޔާތާ ދިމާއަށް ކުރިއަށެވެ. އެމީހުންގެ ކަށްވަޅުތަކަށް ވެސް ފުރަގަސް ދީފައެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިބާ ފުރިހަމަ މީހަކަށް ވާން އެދޭނަމަ ގޮސް ތިބާގެ މިލްކުގައިވާ އެންމެހާ ތަކެތި ވިއްކާލާ. އަދި އެފައިސާ ފަގީރުންނަށް ހޭދަކުރޭ. މިފަދައިން ތިބާ އަމަލުކޮށްފިނަމަ، ތިބާއަށް ސުވަރުގޭގައި ޚަޒާނާއެއްވާނެ. އެއަށް ފަހު އަހަރެންނާއި އެކުގައި އާދޭ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠މިފަދަ މީހެއްގެ މިސާލަކީ ތިމާގެ އަމިއްލަ ފައިދާއަށްޓަކައި ދުނިޔެވީ މުދާތައް އެއްކޮށް މުއްސަނދި ވި ނަމަވެސް މާތްރަސްކަލާނގެ ކުރިފުޅުމަތީ އެއްވެސް އެއްޗެއްނެތް ފަޤީރަކު ފަދައިން ވާ މީހެއްގެ މިސާލު.⁠“


އޭރުން ކަލެއަށް ރަޙުމަތް ލައްވާނެ. އެއީ އެމީހުންނަށް އޭގެ އަގު ދޭން ނުލިބުނު ކަމުގައި ވިޔަސް ޤިޔާމަތް ދުވަހުން މާތްރަސްކަލާނގެ ކިބަފުޅުން ބަރަކާތާއި އެކަލާނގެ ރުހިވޮޑިގަތުން ކަލެއަށް ލިބޭނެ.⁠“


އެދެމީހުން މަންދޫބުންނަށް ބުންޏެވެ. ”⁠އޭ ގަލީލީގެ މީހުން. ކަލޭމެން މިތާ އުޑަށް ބަލަހައްޓައިގެން ތިޔަ ތިބީ ކީވެފަ؟ އީސާގެފާނު ސުވަރުގެ ގެންދަވައިފި. އަދި ހަމަ އެކަލޭގެފާނު ގެންދެވިތަން ކަލޭމެން ތިޔަ ދުށް ފަދައިން އެއް ދުވަހަކުން ހަމަ އެފަދައިން އެކަލޭގެފާނު އެނބުރި ވަޑައިގަންނަވާނެ.⁠“


ނަމަވެސް މިނިވަނެއްގެ ގޮތުގައިވި އަނބި ސާރާގެ މިސާލަކީ ސުވަރުގޭގައި ވާފަދަ ޖެރޫސަލަމެވެ. އަދި އެއީ އަހަރެމެން އީސާގެފާނަށް އީމާންވެތިބި އެންމެންގެ މަންމައެވެ.


އެހެންވީމާ، ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން ދަރިކޮޅުގެ މީހުން ކަމުގައިވާ ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައިވާ ބައެއް ނުމެނޫންމެއެވެ. އެގޮތުން މިހާރު ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކާއި އެކުގައިވާ ރައްޔިތުންނެވެ. ތިޔަބައިމީހުން މިލްކުވެގެން ވަނީ މާތްރަސްކަލާނގެ އާއިލާއަށެވެ.


އަހަރެމެން އީސާ އަލްމަސީޙާއި އެކުގައި އެއްބައިވަންތަ ކަމުގައި ވުމުން މާތްރަސްކަލާނގެ އަހަރެމެން އަލުން ދިރުއްވިއެވެ. އަދި އެކަލޭގެފާނާއި އެކުގައި އަހަރެމެންނަށް ސުވަރުގެއިން ދަރަޖައެއް ދެއްވިއެވެ.


އެހެންވީމާ އެންމެ ރަނގަޅު ގޮތް ޚިޔާރު ކުރުމުގެ ކުޅަދާނަކަން ތިޔަބައިމީހުންނަށް ލިބިގެންވާކަމުގައި ދެކެމެވެ. އޭރުން އަލްމަސީޙު އެނބުރި ވަޑައިގަންނަވާ ހިނދު ބަދުނާމުނުވެ، ރޫޙާނީ ގޮތުން ތޯހިރުވެ ތިބެ ޙަޔާތް ވޭތު ކުރެވޭނެއެވެ.


މި ހިނދު، އަހަރެންނަށް ދެވުނަސް އަދި ނުދެވުނަސް އެންމެ މުހިންމު ކަމަކީ ތިޔަބައިމީހުންގެ ދިރިއުޅުން އިންޖީލުގައި އަލްމަސީޙު އެދިވަޑައިގަންނަވާ ގޮތަށް ބިނާ ކުރުމެވެ. އޭރުން ތިޔަބައިމީހުން އެއްބައިވަންތަ ކަމާއެކުގައި ފުރިހަމައަށް ގާއިމުވެ ތިބެ ކުރިޔަށް ދިޔައީ އިންޖީލުގައި އަލްމަސީޙު އެންގެވި މަގުސަދާ އެއްގޮތްވާ ގޮތުގެ މަތިން އެންމެންއެކީގައި އީމާންތެރިކަމުގެ ރޫޙުގައި ހިތްވަރު ކުރަމުން ދާ ކަން އަހަރެންނަށް އެނގޭނެއެވެ.


މި ކަމަކީ އުޑުގައި ތިޔަބައިމީހުންނަށްޓަކައި ބެހެއްޓިފައިވާ ތަކެއްޗާމެދު ތިޔަބައިމީހުން ކުރާ އުންމީދުގެ ނަތީޖާއެވެ. މި އުންމީދު ތިޔަބައިމީހުންނަށް ލިބިފައި ވަނީ ހެޔޮޚަބަރުފުޅުގެ ތެދު ރިސާލަތު ތިޔަބައިމީހުންނަށް ލިބުނު ހިނދުން ފެށިގެންނެވެ.


އަދި އެކަލާނގެ ދަރިކަލުން ސުވަރުގެއިން އެނބުރި ވަޑައިގަންނަވާނޭ ދުވަހެއްގެ އިންތިޒާރުގައި ތިޔަބައިމީހުން ތިބި ކަމުގައި ވެސް އެބައިމީހުން އަހަރެމެންނަށް ބުނެދިނެވެ. އީސާގެފާނީ އަވަހާރަވެވަޑައިގެންނެވުމަށް ފަހު މާތްރަސްކަލާނގެ އަލުން ދިރުއްވި ކަލޭގެފާނެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅުން އަންނަން އޮތް ކޯފާއިން އަހަރެމެން ސަލާމަތް ކޮށްދެއްވަން ފޮނުއްވި ފަރާތް ވެސްމެއެވެ.


ހަރުއަޑުފުޅުން އަމުރު ކުރައްވަމުން މާތްސާހިބާ އުޑުން އެނބުރި ވަޑައިގަންނަވާނެއެވެ. އެކަލޭގެފާނާއި އެކުގައި މަލާއިކަތުންގެ އިސްވެރިޔާގެ އަޑުފުޅު އިވިވަޑައިގެން ދާނެއެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އެކަލާނގެ ތާޅަފިލީގެ އަޑު އިއްވަވާނެއެވެ. އަދި އެންމެ ފުރަތަމަ އަލުން ދިރުއްވާނެ ބަޔަކީ އަލްމަސީޙު އަށް އީމާންތެރިކަމުގައިވެ ނިޔާވި ފަރާތްތަކެވެ.


މިހާރުން ފެށިގެން އަހަންނަށްޓަކައި ޞާލިޙުވަންތަ ކަމުގެ ތާޖެއް ބޭއްވިފައި ވާނެއެވެ. މާތްސާހިބާއަކީ އަދުލުވެރި ފަނޑިޔާރެވެ. އެކަލޭގެފާނު އެނބުރިވަޑައިގަންނަވާ ދުވަހު އެ އިނާމު އަހަންނަށް ދެއްވާނެއެވެ. އެއީ ހަމައެކަނި އަހަންނަށް ދެއްވާނެ އިނާމެއް ނޫނެވެ. އެ އިނާމު އެދުވަސް އައުމަށް އެދި ޝައުޤުވެރިވެ ތިބި އެންމެންނަށް ވެސް ލިބިގެންދާނެއެވެ.


އަހަރެމެން މިވަނީ އުންމީދުން ފުރިފައެވެ. އަހަރެމެން މިތިބީ މަތިވެރިކަލާނގެ އަދި އަހަރެމެން ދިންނަވާ ފަރާތް އީސާ އަލްމަސީޙު އެކަލާނގެ މަތިވެރި ނޫރުފުޅާއެކު ވަޑައިގަންނަވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.


އެކަމަކު ކަލޭމެން މިހާރު އައިސް ތިޔަތިބީ ޞިޙްޔޫނު ފަރުބަދަމަތީގައެވެ. އެއީ ދިރިދެމިވޮޑިގެންވާ ކަލާނގެ ރަށެވެ. އެއީ އުޑުގައިވާ ޖެރޫސަލަމެވެ. އެއީ އަދަދު ނުކުރެވޭހާ މަލާއިކަތުން އުފާވެރިކަމާއެކު ބައްދަލު ކުރައްވަމުން ގެންދަވާ ތަނެވެ.


އެހެންވެ އީސާއަލްމަސީޙު ވެސް އަވަހާރަވެ ވަޑައިގަތީ އެންމެ ފަހަރަކުއެވެ. އެފަހަރު އެކަލޭގެފާނު އެތައް ބައެއްގެ ފާފަތަކުގެ ކައްފާރާއަކަށް ވެވަޑައިގަތެވެ. އެކަލޭގެފާނު އަލުން އެނބުރި ވަޑައިގަންނަވާނީ މީސްތަކުންގެ ފާފައިގެ ކައްފާރާއެއް ދެއްކެވުމަކަށް ނޫނެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ އެކަލޭގެފާނުގެ އިންތިޒާރުގައި ތިބި މީހުންނަށް ދިންނެވުން ގެނެސް ދެއްވުމަށްޓަކައެވެ.


ދެކިބަލާށެވެ! އެކަލޭގެފާނު އެވަޑައިގަންނަވާނީ ވިލާގަނޑުތަކުގެ ތެރެއިންނެވެ. ހުރިހާ އެންމެންނަށް އެކަލޭގެފާނު ފެނިގެންވާނެއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ތޮރުފައި އަނިޔާވެރިވީ މީސްތަކުން ވެސް އެކަލޭގެފާނު ދެކޭނެވެ. ދުނިޔޭގައި ވާ އެންމެހާ މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ފުން ހިތާމަ ކުރާނެއެވެ. އާނއެކެވެ. މިފަދައިން މިކަންތައްތައް ހިނގާނެއެވެ! އާމީން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ