Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 3:10 - ކިތާބުލް މުޤައްދަސާ

10 އަހަރެންގެ މަގުސަދަކީ އަލްމަސީޙާ މެދު މިގޮތުން އެނގި ގުޅުމެވެ. އަދި އަލްމަސީޙު އަވަހާރަވެ ވަޑައިގަންނަވާ އަލުން ދިރި ވަޑައިގެންނެވި މަތިވެރި ބާރުފުޅު ތަޖުރިބާ ކުރުމެވެ. އަހަރެން ހިތްއެދެނީ އެކަލޭގެފާނު އުފުއްލެވި ވޭނާއި އަވަހާރަވެ ދިޔަ ފަދައިން އެ ގޮތަށް އަމަލު ކުރުމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 3:10
34 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ޔަޤީންކަމާއެކު އަހަރެންގެ ތަށިން ބޮއިފާނެ! ނަމަވެސް އަހަރެންގެ ކަނާތް ފަރާތުގައްޔާއި އަދި ވާތް ފަރާތުގައި އިށީނދެ ތިބޭނޭ ފަރާތެއް ޚިޔާރު ކުރުމުގެ ޙައްޤު އަހަރެންނަށް ލިބިގެން ނުވޭ. އެ މަޤާމު މިލްކުވެގެން ވަނީ އަހަރެންގެ ބައްޕާފުޅު ތައްޔާރު ކުރައްވާ ފަރާތްތަކަށް.⁠“


އެއްވެސް މީހަކަށް އަހަރެންގެ ދިރިހުރުމެއް އަހަރެންގެ އަތަކުން އަތުލައެއް ނުގަނެވޭނެ. އަހަރެންގެ ދިރިހުރުން އަހަރެން މި ދެނީ ހިތުން ރުހުމުން. އެއީ އަހަރެންގެ ބައްޕާފުޅު އަހަރެންނަށް އަމުރު ކުރައްވާފައިވާ ފަދައިން އެދިރިހުރުން އަހަރެން ބޭނުން އިރަކު ދޫކޮށްލުމާއި އަދި އެދިރިހުރުން އަނބުރާ ލިބިގަތުމުގެ ބާރު ވެސް އަހަރެންނަށް ލިބިގެން ވޭ.⁠“


ނިމުންނުވާ ދިރިހުރުން ލިބުމުގެ މާނައަކީ ހަމައެކަނި މުޠުލަގުވަންތަ ކަލަކީ ކޮބައިކަން އެނގުމާއި އަދި އިނބަރަސްކަލާނގެ ފޮނުއްވި އީސާ އަލްމަސީޙު އަކީ ކޮބައިކަން އެނގި ކަށަވަރު ވުން.


މިހާރު އަހަންނަކީ ކުރީގައި އުޅުނު މީހާއެއް ނޫން. އަހަރެންގެ ކިބައިގައި ދިރި މިވަނީ އީސާގެފާނު. އަހަރެން މިދިރިއުޅެނީ އެކަލޭގެފާނުގެ މައްޗަށް އޮތް އީމާންކަމެއްގެ ބާރުގައި. އެ ދިރިހުރުމަކީ އަހަރެން ދެކެ ނުހަނު ލޯބިފުޅުވާ މާތްކަލާނގެ ދަރިކަލުން އަހަންނަށްޓަކައި އެކަލޭގެފާނުގެ ފުރާނަފުޅު ޤުރުބާން ކުރައްވައިގެން ދެއްވި ދިރިހުރުމެއް.


އެހެންކަމުން މީގެ ފަހުން އެކަކު ވެސް މިބާވަތުގެ ކަންތަކާ މެދު އަހަންނަށް އުނދަގޫކޮށްގެން ނުވާނެއެވެ. އެއީ މިހާރު ވެސް އަހަރެންގެ ގައިގައި އަހަރެންނަކީ އީސާގެފާނުގެ މީހެއްކަން އެނގޭނެ އެތައް އެތައް ލަކުނުތަކެއް އެބަ ހުއްޓެވެ.


އަހަރެމެން އެންމެން އީމާންތެރިކަމުގެ ތެރޭގައި އެއްބައިވަންތަވެ، މާތްރަސްކަލާނގެ ދަރިކަލުންނާއި މެދު އަހަރެމެންނަށް ދޭހަވުމަށް ދާންދެން މިކަންތައްތައް ކުރިއަށް ދާނެއެވެ. އޭރުން އަހަރެމެން ތަސައްރަފު ފުދިގެންވާނީ އަލްމަސީޙާއި އެއްފަދައިންނެވެ. އޭރުން އަހަރެމެން އެކަލޭގެފާނު ފަދައިން ފުރިހަމަ ވެގެންވާނެ ވެސް މެއެވެ.


އެ ހުރިހާ އެއްޗަކީ ވެސް އަހަރެންގެ މާތްސާހިބާ އީސާ އަލްމަސީޙު ދެނެގަތުމުގައި ވާ މިންނުކުރެވޭ އަގާ އަޅާ ބަލާއިރު އެއްވެސް އަގެއް ނެތް ތަކެއްޗެވެ. އެކަލޭގެފާނަށްޓަކައި އަހަރެން އެ ހުރިހާ ތަކެއްޗެއް ގެއްލުވާލީމެވެ. އެ ހުރިހާ ތަކެއްޗަކީ ކުނިބުނި ކަމަށް ހިމެނީމެވެ. އެއީ އަހަރެން އަލްމަސީޙާއި އެކުގައިވުން ލިބިގަތުމަށެވެ.


މިއަދު ތިޔަބައިމީހުންނަށްޓަކައި އަހަރެން މިވޭންތައް އުފުލަމުން ދާއިރު އަހަރެން މިވަނީ އުފަލުގައެވެ. އެއީ އަހަރެން ޖިސްމާނީ ގޮތުން އުފުލަމުން މިދަނީ އީސާ އަލްމަސީޙު އެކަލޭގެފާނުގެ ހަށިކޮޅު ކަމަށްވާ އެކަލޭގެފާނުގެ ޖަމާޢަތާމެދު އުފުލަމުން ގެންދަވާ ވޭނުގައި އަހަރެން ބައިވެރިވާތީއެވެ.


މާޒީގައި ތިޔަބައިމީހުން ވަނީ ތިޔަބައިމީހުން ކުރި ފާފައިގެ ސަބަބުން ރޫޙާނީ ގޮތުން މަރުވެފައެވެ. އެއީ އޭރު ތިޔަބައިމީހުންގެ ފާފަވެރި ތަބީޢަތް ކަނޑާ އެއްލާލެވިފައި ނުވާތީއެވެ. ދެން މާތްކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި އަލްމަސީޙާއި އެކުގައި ދިރުއްވީއެވެ.


ތިޔަބައިމީހުން ތިޔަ ވަނީ އީސާއަލްމަސީޙާއެކު އަލުން ދިރުވާފައެވެ. އެހެންކަމުން ތިޔަބައިމީހުންނަށް ވެސް ތިޔަ ވަނީ އާ ދިރުމެއް ލިބިފައެވެ. ތިޔަބައިމީހުން ސުވަރުގޭގައިވާ ކަންކަމަށް ހިތްއެދި ތިބޭށެވެ. އެތަނަކީ އީސާގެފާނު މިއަދު މާތްކަލާނގެ ކަނާތްޕުޅުގައި އިންނަވާ ތަނެވެ.


އެންމެހައި ޙަމްދާއި ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާ އަލްމަސީޙުގެ ބައްޕާފުޅު، މާތްރަސްކަލާނގެއަށެވެ. އަހަރެމެންނަށް އާ އުފަންވުމެއް ދެއްވީ އެކަލާނގެ މަތިވެރި ރަޙުމަތްފުޅުންނެވެ. އީސާ އަލްމަސީޙު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އަލުން ދިރިވަޑައިގެންނެވިކަމުން މިއަދު އަހަރެމެން ވޭތުކުރަމުން މިގެންދަނީ އުންމީދުން ފުރިފައިވާ ޙަޔާތެކެވެ.


އަހަރެން ދިރިހުރިހާ ހިނދަކު މިތަކެތި ތިޔަބައިމީހުންނަށް ހަނދުމަކޮށްދިނުމުގައި ދެމިހުރުމަކީ އަހަރެން ގަބޫލުކުރާ ގޮތެވެ.


އަހަރެމެންނަށް މާތްރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރެވެނީނަމަ އަހަރެމެންނަށް އެކަލާނގެ އެނގޭކަން ކަށަވަރުވެއެވެ.


ނަމަވެސް އަހަރެމެން އެކަލާނގެ ބަސްފުޅުތަކަށް ކިޔަމަންތެރި ވާނަމަ އަހަރެމެންނީ އެކަލާނގެއާއިމެދު ފުރިހަމަޔަށް ލޯބިވާ ބައެއްކަން ހާމަވާނެއެވެ. އަހަރެމެން އެކަލާނގެއާ އެއްބައިވެ ތިބިކަން އަހަރެމެންނަށް އެނގޭނީ މިގޮތުންނެވެ.


އަހަރެންނީ ދާއިމަށް ދެމި ވޮޑިގެންވާނެ ފަރާތް! އަހަރެން މަރުވެދިޔަ. ނަމަވެސް އަހަރެންނީ އަބަދުގެ އަބަދަށް ދިރިދެމި ވޮޑިގެންވާނެ ފަރާތް. މަރުގެ ތަޅުދަނޑި އަހަރެން ހިފަހައްޓަން. އަދި މަރުގެ މަންޒިލްގެ ތަޅުދަނޑިވެސް އަހަރެން ހިފަހައްޓަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ