Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:6 - ކިތާބުލް މުޤައްދަސާ

6 އެކަލޭގެފާނުގެ ކިބަފުޅުގައި މާތްރަސްކަލާނގެ ޒާތުފުޅުގައި ވޮޑިގެންވާ އެންމެހާ ސިފަފުޅުތަކެއް ވެއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ އާއި އެއްފަދައިންވި ކަމުގައިވިޔަސް ކަލާނގެވަންތަ ކަމުގެ ޙައްޤު ބޭނުން ނުކުރައްވައި ދޫކޮށްލެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:6
37 ပူးပေါင်းရင်းမြစ်များ  

އެކަކަށް ވެސް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. އެކަމަކު މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތާއި އެކަލާނގެއާ އެއީ އެއް ފަރާތެކެވެ. އެފަރާތަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ހިތްޕުޅާ ގާތުގައި ވާ ފަރާތެކެވެ. އަހަރެމެންނަށް މާތްރަސްކަލާނގެ އަކީ ކޮބައިކަން ހާމަކޮށް ދެއްވަނީ މި ޚާއްސަ ފަރާތުންނެވެ.


ބައްޕާފުޅާއި އަހަރެންނާއި މިއީ އެކައްޗެއް.⁠“


”⁠އަހަރެމެން ކަލޭ މަރާލަން މި އުޅެނީ ކަލޭ ކުރި ހެޔޮ ކަމަކާ ހެދިއެއް ނޫން. އެއީ ކަލޭ ކުފުރުގެ ބަސްތައް ބުނީތީ! ކަލޭ ތީ ހަމަ އިންސާނެއް. އެކަމަކު ކަލޭ ތިޔަ އުޅެނީ ކަލާނގެ ކަމަށް ހެދެން!⁠“


ކަލޭމެން އަހަރެން ގަބޫލު ނުކުރި ނަމަވެސް، އެކަލާނގެ އެންގެވި ފަދައިން އަހަރެން ކަންތައް ކުރަނީނަމަ، އަހަރެން މިކުރާ ކަންތައްތައް ދެކި އީމާންވޭ. އޭރުން ކަލޭމެންނަށް ވެސް އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައި ކަން އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައި ކަން އަބަދަށްޓަކައި އެނގިގެންދާނެ.⁠“


އަހަރެން ކަލޭމެންނާއި ވަކިވެ ދާން އުޅޭ ވާހަކައާއި އަދި އެނބުރި ކަލޭމެންގެ ގާތަށް އަންނާނެ ވާހަކަ ބުނެފީމު. ކަލޭމެން އަހަރެން ދެކެ ލޯބި ވާނަމަ އެކަމާ އުފާވާން ޖެހޭނެ. އެއީ އަހަރެން އެނބުރި މިދަނީ ބައްޕާފުޅުގެ އަރިހަށް. އަދި ބައްޕާފުޅު އަހަރެންނަށް ވުރެ މާ މަތިވެރި.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ފިލިޕު، އަހަރެން ކަލޭމެންގެ ގާތުގައި އެތައް ދުވަހެއް ވަންދެން އުޅެފީމު. އެކަމަކު އަދިވެސް އަހަރެން މިއީ ކާކުކަމެއް ކަލެއަށް ނޭނގުނުތަ؟ އަހަރެން ދަނެ، ދެކެފި، ކޮންމެ މީހަކަށް ބައްޕާފުޅު ވެސް އެވަނީ ފެނިފައި. ވީއިރު ’⁠ބައްޕާފުޅު އަހަރެމެންނަށް ދައްކާދޭށޭ⁠‘ ކަލޭ ތިޔަ ބުނީ ކީއްވެ؟


ބައްޕާފުޅާ! އަޅުގަނޑަށް އިނބަރަސްކަލާނގެ ޙަޟްރަތުގައި މިހާރު ޖަލާލަތުކަން ދެއްވާ! އެއީ ދުނިޔެ އުފެއްދެވުމުގެ ކުރީގައި އިނބަރަސްކަލާނގެ ޙަޟްރަތުގައި އަޅުގަނޑަށް ދެއްވާފައިވާ ޖަލާލަތުކަން.⁠“


ތޯމާސް ބުންޏެވެ. ”⁠މާތްރަސްކަލާނގެ! މަގޭ މާތްސާހިބާ!⁠“


މިބަސްފުޅުގެ ސަބަބުން ބަނީއިސްރާއީލު މީހުން އަދި ވަކިން ބޮޑަށް އީސާގެފާނު އަވަހާރަކޮށްލަން މަސައްކަތް ކުރަން ފެށިއެވެ. އެއީ އީސާގެފާނު ސަބަތުގެ ދުވަހުގެ ގަވާއިދާއި ޚިލާފުވެ ވަޑައިގަތީތީ އެވެ. އަދި އެކަލޭގެފާނުގެ ބައްޕައަކީ މާތްރަސްކަލާނގެއޭ ވިދާޅުވީތީ އެވެ. އެގޮތުން އީސާގެފާނު އެކަލޭގެފާނާއި މާތްރަސްކަލާނގެ އާއި އެއްވަރު ކުރެއްވީތީ ވެސް މެއެވެ.


އެހެންކަމުން އެންމެހާ މީސްތަކުން ވެސް ބައްޕާފުޅަށް އިޙުތިރާމުކޮށް ބިރުވެތިވާ ފަދައިން ދަރިކަލުންނަށް ވެސް އިޙުތިރާމުކޮށް ބިރުވެތިވާން ޖެހޭނެ. ދަރިކަލުންނަށް އިޙުތިރާމުކޮށް ބިރުވެތި ނުވާ މީހަކީ ދަރިކަލުން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅަށް ވެސް އިޙުތިރާމުކޮށް ބިރުވެތިވާ މީހެއް ނޫން.


އަހަރެންގެ ދުޢާއަކީ ޖަލާލަތާއި ޝަރަފު އަބަދަށްޓަކައި އަހަރެމެންގެ ހަމައެކަނި ކަލާނގެއަށް ލެއްވުމެވެ. އެކަލާނގެއީ އަބަދަށް ދެމިވޮޑިގެންވާ ޣައިބުވަންތަ ދާއިމަށް ރަސްކަމުގައި ވޮޑިގެންވާ ކަލާނގެއެވެ. އާމީން!


އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.


އަހަރެމެން މިވަނީ އުންމީދުން ފުރިފައެވެ. އަހަރެމެން މިތިބީ މަތިވެރިކަލާނގެ އަދި އަހަރެމެން ދިންނަވާ ފަރާތް އީސާ އަލްމަސީޙު އެކަލާނގެ މަތިވެރި ނޫރުފުޅާއެކު ވަޑައިގަންނަވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.


އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.


އަދި އެކަލާނގެ މަތިވެރި ދަރިކަލުން ދުނިޔެއަށް ފޮނުއްވެވޭ ހިނދު އެކަލާނގެ ވަޙީ ކުރައްވަނީ މިފަދައިންނެވެ. ”⁠ތިމަންކަލާނގެ ހުރިހާ މަލާއިކަތުން ވެސް އެކަލޭގެފާނަށް އަޅުކަން ކުރާށެވެ.⁠“


އެކަމަކު އެދަރިކަލުންނަށް އެކަލާނގެ ވަޙީ ކުރެއްވީ މި ފަދައިންނެވެ. ”⁠ކަލާނގެއަކީ ތިޔައީއެވެ. ކަލޭގެފާނުގެ ރަސްކަން ދާއިމަށް ދެމެހެއްޓިގެން ވާނެއެވެ. ކަލޭގެފާނުގެ މީހުންގެ މައްޗަށް އަދުލުވެރިކަމާއެކު ވެރިކަން ކުރަމުން ގެންދާނެއެވެ.


އީސާ އަލްމަސީޙަކީ އިއްޔެއާއި އަދި މިއަދު ވެސް އަދި ތާއަބަދުވެސް ބަދަލެއް ނުވެ ހުންނަވާނެ ބޭކަލެކެވެ.


ތަޚުތުގައި އިށީނދެ ވަޑައިގެން އިންނެވި ފަރާތުން އަހަރެންނަށް ވަޙީކުރެއްވިއެވެ. ”⁠ހުރިހާ ކަމެއްމެ ނިމިއްޖެ. އަހަރެންނަކީ އަލްފާ އަދި އޮމޭގާ. ފެށުމާއި ނިމުން ވެސް. ކަރުހިއްކައިގަނެފައިވާ ކޮންމެ މީހަކަށް ޙަޔާތުގެ ދިރުންދޭ ފެން އާރުން އަގަކާއި ނުލައި އަހަރެން ފެން ދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ