4 އަމިއްލަ ނަފްސުގެ ޝައުޤުވެރިކަމަށް ވުރެން އަނެކާގެ ޙާލަތާމެދު ޝައުޤުވެރިވާށެވެ.
އެކަމަކު އެއްވެސް މީހަކު އަހަރެންނަށް އީމާންވާ މިފަދަ ކުއްޖަކު ލައްވާ ފާފަކުރުވައިފިނަމަ އެމީހެއްގެ ކަރުގައި އުޑިއެއް ބަނދެގެން ފުންކަނޑަށް ގަންބާލުންވެސް އެމީހަކަށް މާރަނގަޅުވާނެ.
އެހެން ފަރާތްތަކުން އަލްމަސީޙު އީސާގެފާނާ މެދު ވިސްނުމުގެ ބަދަލުގައި އެމީހުން މުހިންމު ކަމެއް ދޭނީ އެބައިމީހުންގެ ޙަޔާތާއިމެދުގައެވެ.
ހަމަ ޔަޤީނުން ވެސް މަތިވެރި އަމުރުފުޅަށް ކަލޭމެން ކިޔަމަންތެރިކަން އަދާކުރާ ކަމުގައިވާނަމަ ކަލޭމެން ވާނީ ޙައްޤުގެ މަގުގައެވެ. އެއީ މުޤައްދަސް ފަތްފުށްތައް ހާމަކޮށްދެއްވާފައިވާ ފަދައިންނެވެ. ”ކަލޭމެންގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ކަލޭމެންގެ އަވަށްޓެރިޔާ ދެކެ ލޯބިވާށެވެ.“