ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:3 - ކިތާބުލް މުޤައްދަސާ3 ތިޔަބައިމީހުންގެ ޢަޒުމުގައި އަމިއްލަ އެދުން އިސްނުކުރާށެވެ. އަދި އަގުވެއްޓިދާފަދަ ސަޅިބައިސާތަކުގެ އެދުންތަކުން އެއްކިބާވެ ތިބޭށެވެ. އެއާއެކު، ތިމާއަށް ވުރެން އަނެކާގެ ހާލާއިމެދުގައި އަބަދުވެސް އިސްކަން ދޭށެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު ވިދާޅުވިއެވެ. ”މި ދެމީހުން ދުޢާކޮށް ނިމިގެން ގެއަށް ދިޔައިރު މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެން ވަނީ މި ޓެކްސް ނަގާ މީހާއަށް. ދީންވެރިޔާއަކަށް ނޫން. އެއީ ތިމާ ކުރާ ރަނގަޅު ކަންތަކުގެ މައްޗަށް ބޮޑާވެ އަދި އެކަންތައްތަކުގެ ސަބަބުން ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ދެކޭ މީހުންގެ ހިތް މާތްރަސްކަލާނގެ ތިރި ކުރައްވާނެ. އަދި އަމިއްލަ ނަފުސަށާއި ކުރާ ކަންތަކުގެ މައްޗަށް ބޮޑާ ނުވެ ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ނުދެކޭ މީހުން މާތްރަސްކަލާނގެ މަތި ކުރައްވާނެ.“
މިފަދަ އެދުރުންގެ ބޮޑާކަމާއި ޖާހިލުކަމުގެ އިތުރުން ހުރިހާ ތަކެއްޗެއް އެނގޭކަމުގައި ބުނާނެއެވެ. އަދި ބޭނުމެއް ނެތް ގޮތުގައި ބަސްބަހުގެ މާނައާ މެދު ހިތުގައި ބަލިމަޑުކަމެއް ކުރިމަތި ވަންދެން ޒުވާބު ކުރާހިތްވެދެއެވެ. އޭގެ ނަތީޖާއަކީ ހިތުގައި އުފެދޭ ދެކޮޅުވެރިކަމުގެ ސަބަބުން އަނބުރާ ބެހުމާއި އެކަކު އަނެކަކަށް ޙަސަދަވެރި ވުމުގެ އިތުރުން ޝައިތާނީ ޝަކުވާތައް ކުރުމެވެ.
އެންމެހައި ޒުވާން މަސީޙީ ފިރިހެނުންނޭވެ. ތިޔަބައިމީހުންގެ މަސީޙީ ޖަމާޢަތުގެ ބޮޑުންނަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުން އެންމެން ވެސް އެކަކުއަނެކަކަށް ހިތްތިރިވާށެވެ. މުޤައްދަސް ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ: ”ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.“