ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:25 - ކިތާބުލް މުޤައްދަސާ25 މިވަގުތު އަހަންނަށް ހީވަނީ ތިޔަބައިމީހުންގެ ކައިރިއަށް އެފަފުރޮދިތު އަނބުރާ ފޮނުވަންވީ ހެންނެވެ. އޭނާއަކީ ޙަޤީޤީ އަޚެކެވެ. މަސައްކަތުގެ ބައިވެރިއެކެވެ. އަދި ހަނގުރާމަވެރި އެކުވެރިއެކެވެ. އެއީ އަހަންނަށް ބޭނުންވި ހިނދު ޚަބަރު ހިފައިގެންނާއި އެހީތެރިވުމަށް ތިޔަބައިމީހުން ފޮނުވި މުރާސިލު ވެސް މެއެވެ. အခန်းကိုကြည့်ပါ။ |
އެއާއެކު، ތިޔަބައިމީހުން ފޮނުވި ހުރިހާ ތަކެއްޗެއް އަހަރެންނަށް ލިބިއްޖެއެވެ. އަދި މިތަކެތި ފުދޭވަރަށް ވުރެން ވެސް އިތުރު ކަމުގައި ބުނަމެވެ. ތިޔަބައިމީހުން ފޮނުވި ތަކެތި އެފަފުރޮދިތު އަހަރެންނަށް ގެނެސް ދިނެވެ. އެތަކެތި ވަނީ މާތްރަސްކަލާނގެއަށް ވެދުން ކުރެވޭ ހުނވަދު ފަދައިންނެވެ. ނޫނީ އެތަކެއްޗަކީ މާތްރަސްކަލާނގެއަށް ޤުރުބާން ކުރެވޭ ތަކެތީގެ ތެރެއިން އެކަލާނގެ އެދިވޮޑިގަންނަވާ ފަދަ ތަކެއްޗެވެ.
މީގެއިތުރުން އީމާންތެރިކަމުގައި ވީ އަހަރެންގެ އެކުވެރިޔާ ކައިރިން މި ދެއަންހެނުންގެ މެދުގައި ސުލްޙަވެރި ޙަޔާތެއް ވޭތު ކުރުމަށް އެހީތެރިވެ ދިނުމަށް އެދެމެވެ. އަދި މި ދެ އަންހެނުން އަހަރެންނާއި ކިލެމެންތުއާއި ދެމީހުންނާއި އެކު އެހެނިހެން ފަރާތްތަކަށް ހެޔޮޚަބަރުފުޅު އަންގައި ދިނުމުގައި އެހީތެރިވެދިނެވެ. އެމީހުންގެ ނަން ޙަޔާތުގެ ފޮތުގައި މިހާރު ވާނީ ލިޔެވިފައެވެ.
އަހަރެމެން ޖުސްތުސްގެ ނަމުން މުޚާތަބުކުރާ ޔަސޫޢު ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. ބަނީއިސްރާއީލުންގެ އީސާއީންގެ ތެރެއިން އަހަރެންނާއިއެކު މިތަނުގައި ވަނީ މިތިން މީހުން އެކަންޏެވެ. އެމީހުން އަހަރެންނާއިއެކުގައި މަސައްކަތް ކުރަނީ މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައެވެ. އަދި އެމީހުންގެ ފަރާތުން ނުހަނު ލުއިފަސޭހަކަށް އަހަރެންނަށް ލިބިދެއެވެ.
އޭނާއަކީ އަހަރެމެންނާއި އެކު އެހީތެރިއެއްގެ ގޮތުގައި މާތްރަސްކަލާނގެއަށްޓަކައި ޚިދުމަތްކުރުމުގައިވާ އަޚެކެވެ. އަދި އޭނާ އަލްމަސީޙާ ބެހޭ ހެޔޮޚަބަރުފުޅު މީސްތަކުންނަށް ބުނެދިނުމެވެ. އަހަރެމެން އޭނާ ތިޔަބައިމީހުންގެ ކައިރިއަށް މި ފޮނުވަނީ ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަން ވަރުގަދަ ކޮށްދީ އަދި ތިޔަބައިމީހުންނަށް ހިތްވަރު ދިނުމަށެވެ.
އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.