Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:22 - ކިތާބުލް މުޤައްދަސާ

22 އެހެނަސް ތިމޮތީއަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން ތިޔަބައިމީހުން ދަންނާނެއެވެ. އޭނާ އަހަރެންނާއިއެކުގައި ހެޔޮޚަބަރުފުޅު ފެތުރުމުގައި މަސައްކަތް ކުރަމުން ގެންދަނީ އަހަރެންގެ ދަރިއެއް ފަދައިންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:22
20 ပူးပေါင်းရင်းမြစ်များ  

ލިސްތުރާ އާއި އިކޯނިޔުމްގެ އީސާގެފާނަށް އީމާންވެގެންވީ އެންމެން ވެސް މި ތިމޮތީ އާއި ބޭހޭ ގޮތުން ވަރަށް ރަނގަޅު ވާހަކަތައް ދައްކައެވެ.


އަޚުންނާއި އުޚުތުންނޭވެ! މިތަނުގައި ހިނގި ހުރިހާ ކަމެއްގެ ތެރޭގައި ހެޔޮޚަބަރުފުޅު ފެތުރުމަށް އަހަންނަށް ލިބުނީ ކުރިއެރުންކަން ތިޔަބައިމީހުންނަށް އަންގާލަން ބޭނުމެވެ.


މި ގޮތަށް މިބައިމީހުން ވަޢުޡު އިއްވަނީ އަހަރެންނާއި މެދުގައިވާ ފުން ލޯބީގެ ސަބަބުންނެވެ. އަދި މާތްސާހިބާ އަހަރެން މިތަނުގައި ވުމަށް އެދިލެއްވީ ހެޔޮޚަބަރުފުޅު ދިފާޢު ކުރެއްވުމަށް ކަން މިފަދަ މީހުން ދަނެއެވެ.


ސަބަބަކީ ހެޔޮޚަބަރުފުޅު އެންމެ ފުރަތަމަ ފަހަރަށް ތިޔަބައިމީހުންނަށް ލިބިދިން ވަގުތެކޭ އެއްފަދައިން މިއަދާއި ހަމައަށް މި ޚަބަރު ފެތުރުމުގައި އަހަރެންނާއި އެކުގައި ތިޔަބައިމީހުން ދެމިތިބިކަމެވެ.


ތިޔަބައިމީހުން އެންމެންނާ މެދު އަހަންނަށް އިހުސާސް ކުރެވެނީ ހަމަ ރަނގަޅަށެވެ. ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ ހިތުގައި ޚާއްސަ ޖާގައެއް ވެއެވެ. އެއީ އުފާވެރި ޚަބަރު ފުޅާއިމެދު ޔަޤީންކަން އުފެއްދުމުގައިއާއި އެ ޚަބަރުފުޅުގެ ދިފާޢުގައި އަހަރެން ފެއްޓި މަސައްކަތުގައި އަހަރެން ޖަލުގައި ބަންދުވެފައި މިވާ ވުމުގައި އެކަލާނގެ ދެއްވި ޚާއްސަ ނިޢުމަތުގައި ތިޔަބައިމީހުން ވެސް ހިމެނޭތީއެވެ. އެއީ ތަބިޢީ ގޮތުން އަހަރެން ކުރަމުން މިގެންދާ މަސައްކަތުގައިވާ އިހުސާސްތަކުންނެވެ. މާތްރަސްކަލާނގެ އަހަރެންނަށް ދެއްވި މި ނިޢުމަތުގައި އަހަންނާއިއެކު ތިޔަބައިމީހުން ޙިއްސާ ކުރަމެވެ. އެއީ ޖަލުގައި އަހަރެން މިހެން ހައްޔަރުވެހުރެ، ހެޔޮޚަބަރުފުޅު ދިފާޢުކޮށް މި އުފާވެރި ޚަބަރުފުޅު އަންގައިދެމުން ގެންދާ ހިނދުގައި ވެސްމެއެވެ.


ތިޔަބައިމީހުންނާއިމެދު އަހަރެންނެކޭ އެއްފަދައިން އެއްވިސްނުމެއްގައިވާ ފަރާތެއް އޭނާ ފިޔަވައި އަހަރެންގެ ނުވެއެވެ.


ތިމޮތީ، މަގޭ ދަރިފުޅާއެވެ. ތިބާއަށް އަހަރެން މި ދޭ އިރުޝާދުތަކަކީ ކުރީގައި ތިބާއާމެދު އެންގެވިފައިވާ ޣައިބުގެ ބަސްފުޅުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެވޭ އިރުޝާދުތަކެކެވެ. މި އިރުޝާދުން ތިބާއަށް މާތްރަސްކަލާނގެ މަގުގައި ކުރެވޭ ރޫޙާނީ ހަނގުރާމަ ކުރުމުގެ ހިތްވަރު ލިބިދޭނެއެވެ.


މި ސިޓީ އަހަރެން މި ލިޔަނީ ތެދުވެރި އީމާންތެރި ދަރިއެއް ކަމުގައިވާ ތިމޮތީ އަށެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަދި އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ތިބާއަށް ރަޙުމަތާއި ނިޢުމަތުގެ އިތުރުން ސުލްޙަވެރިކަން ދެއްވާށިއެވެ.


ތިބާގެ އަޚުންނާއި އުޚުތުންނަށް މި ކަންތައްތައް އަންގައިދީ އޮޅުން ފިލުވައި ދީފިނަމަ އީސާ އަލްމަސީޙުގެ އެދޭވޭ ޚާދިމެއްގެ ގޮތުގައި ތިބާ ހިމެނޭނެއެވެ. އަދި ތިބާ އީމާންކަމުގެ ބަސްފުޅުތަކުންނާއި ތިބާ ތަބާވަމުން އައި ހެޔޮ އިރުޝާދުތަކުގެ ސަބަބުން ރޫޙާނީގޮތުން ތިބާ ކުރިއަރައި މުއްސަނދިވެގެން ވާކަން ފެނިގެން ދާނެއެވެ.


ތިމޮތީއެވެ. ތިބާއާއިމެދު އަހަރެންގެ ލޮބުވެތި ދަރިއެއް ފަދައިން ދެކެމެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަދި އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ތިބާއަށް ރަޙުމަތާއި ނިޢުމަތުގެ އިތުރުން ސުލްޙަވެރިކަން ދެއްވުމަށް އެދި އަހަރެން ދުޢާ ކުރަމެވެ.


ތިމޮތީއެވެ. އަހަރެން އުނގަންނައިދިން ތަކެތި ތިބާއަށް އެނގި އެތަކެތި ބަލައިގެން ކުރިޔަށްދިއުން އެދެމެވެ. އަދި އަހަރެން ދިރި އުޅެނީ ކިހިނަކުންކަމާއި އަހަރެންގެ ޙަޔާތުގެ މަގުސަދަކީ ކޮބައިކަމާއި އަހަރެންގެ އީމާންތެރިކަން ހުރި މިންވަރުގެ އިތުރުން ވޭންދެނިވި ގޮތުގައި އަހަރެން ކެތްތެރިކަމާއެކު ވޭތުކުރީ ކިހާ ދުވަހެއްކަން ވެސް ތިބާއަށް އެނގޭނެއެވެ. އަހަރެންގެ ހިތުގައިވާ ލޯތްބާއި މި މަސައްކަތުގައި އަހަރެން ކުރިއަށްދާ ގޮތް ވެސް ތިބާއަށް އެނގޭނެއެވެ.


މިސިޓީ ލިޔެ މި ފޮނުވަނީ އީމާންތެރިކަމުގައި ވީ އަހަރެންގެ ދަރިފުޅު، ތީތުސް އަށެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު އަދި އަހަރެމެން ދިންނަވާ ފަރާތް އީސާ އަލްމަސީޙު ތިބާއަށް ނިޢުމަތާއި އަދި ސުލްޙަވެރިކަން ދެއްވާށިއެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ