Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:21 - ކިތާބުލް މުޤައްދަސާ

21 އެހެން ފަރާތްތަކުން އަލްމަސީޙު އީސާގެފާނާ މެދު ވިސްނުމުގެ ބަދަލުގައި އެމީހުން މުހިންމު ކަމެއް ދޭނީ އެބައިމީހުންގެ ޙަޔާތާއިމެދުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:21
19 ပူးပေါင်းရင်းမြစ်များ  

ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އެއްވެސް މީހަކު އަހަރެންނަށް ތަބާވުމަށް ބޭނުން ނަމަ އޭނާގެ އަމިއްލަ އެދުންތަކުން އެއްކިބާވާން ޖެހޭނެ. އަދި އަހަރެން ފަދައިން އެމީހެއްގެ އަމިއްލަ ނަފްސު ދީ އަދި ސަލީބެއްގައި އޮވެ މަރުވާންޖެހުނު ކަމުގައި ވިޔަސް އެކަމަށް ވެސް ތައްޔާރުގައި ވާންޖެހޭނެ.


”⁠އަހަރެންގެ ކައިރިއަށް އަތުވެއްޖެ ކޮންމެ މީހަކުމެ އެމީހެއްގެ ބައްޕަ އާއި މަންމައަށާއި އަނބިމީހާއަށާއި ދަރިންނަށާއި ބޭބެއިންނާއި ދައްތައިންނަށާއި އަދި ކީއްކުރަން އެމީހެއްގެ އަމިއްލަ ފުރާނައަށް ލޯބިވާވަރަށް ވުރެ ވެސް ބޮޑަށް އަހަރެން ދެކެ ލޯބިނުވަނީ ނަމަ އެމީހަކަށް އަހަރެން އެންގި މަގުން ހިނގާ އަހަރެންގެ އަސްޙާބީއަކަށް ނުވެވޭނެ.


ޕައުލް އާއި އޭނާގެ ބައިވެރިން އޮޑިއެއްގައި ޕާފޮސް އިން ދަތުރުކޮށް ޕަންފީލިޔާގެ ރަށެއް ކަމުގައި ވާ ޕެރުގާއަށް ދިޔައެވެ. އެ ރަށުގައި ޔޫޙަންނާ މަރުކުސް ބަރުނައްބާސް އާއި ޕައުލް ދޫކޮށް ޖެރޫސަލަމަށް އެނބުރި ދިޔައެވެ.


ނަމަވެސް ޕައުލް މި ކަމާ އެއްބަހެއް ނުވިއެވެ. އެއީ އެމީހުން ކުރިން އެކުރި ދަތުރުގައި ވެސް ޔޫޙަންނާ މަރުކުސް މަސައްކަތް ނުނިމެނީސް ޕަންފީލިޔާއާއި ހިސާބުން އެމީހުން ދޫކޮށްލާފައި އެނބުރި ޖެރޫސަލަމަށް ވަނީ ގޮސްފައެވެ.


އަމިއްލަ ނަފްސުގެ ޝައުޤުވެރިކަމަށް ވުރެން އަނެކާގެ ޙާލަތާމެދު ޝައުޤުވެރިވާށެވެ.


ތިބާއަށް އެނގޭނޭ ފަދައިން މިތަނަށް އޭޝިޔާ ސަރަހައްދުން އައި މަސީޙީ ޖަމާޢަތުގެ އެންމެން އަހަރެންނާ ދެކޮޅުވެ އަހަރެންނާ އެކަހެރިވެއްޖެއެވެ. އޭގެ ތެރޭގައި ހިމެނޭ ފިގޭލު އާއި ހެރުމޮޖޭނު ވެސް ހެދީ އެހެންނެވެ.


އިންސާނުން ހަމައެކަނި ލޯބި ކުރާނީ އެބައިމީހުންގެ އަމިއްލަ ނަފުސާއި އެމީހުންގެ މުއްސަނދި ކަމަށެވެ. އެމީހުންނަކީ ފޮނި ކަނޑައި ބޮޑާކަން މަތީގައި ތިބެ މާތްކަލާނގެއަށް މަލާމާތްކޮށް ހަދައެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވެއެވެ. އެމީހުންނަކީ ޝުކުރު ކުރުމެއް އަދި ދީނެއް ވެސް ނެތް ބައެކެވެ.


ސަބަބަކީ ދެމާސް ދުނިޔޭގައި ވީ ތަކެއްޗަށް އޮތް ލޯތްބަކާ ހެދި އަހަރެން ދޫކޮށް ތިސަލޯނިކާއަށް ހިނގައްޖެއެވެ. ކިރީސްކީސު ވަނީ ގަލާތިޔާއަށް ގޮސްފައެވެ. އަދި ތީތުސް ދިޔައީ ދަލްމާތިޔާއަށެވެ.


ފުރަތަމަ ފަހަރަށް އަހަރެން އިންސާފުގެ ކުރިމައްޗަށް ގެނެވުނު ހިނދު އެއްވެސް މީހަކު އަހަންނާއިއެކުގައި ނުވެއެވެ. ހުރިހާ އެންމެން އަހަރެން ދޫކޮށްލުމަށް ފަހު ދިޔައީއެވެ. މިކަމަށްޓަކައި މާތްކަލާނގެ އެމީހުންގެ ކިބައިން ބަދަލެއް ނުހިއްޕަވާށިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ