Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:20 - ކިތާބުލް މުޤައްދަސާ

20 ތިޔަބައިމީހުންނާއިމެދު އަހަރެންނެކޭ އެއްފަދައިން އެއްވިސްނުމެއްގައިވާ ފަރާތެއް އޭނާ ފިޔަވައި އަހަރެންގެ ނުވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:20
16 ပူးပေါင်းရင်းမြစ်များ  

”⁠ވަރަށް ގިނަ ރަނގަޅު އަންހެނުން ދުނިޔޭގައި އުޅެއެވެ. އެކަމަކު އެވަރުގެ އަންހެނަކު ނުފެންނާނެއެވެ.⁠“


އަގު ދީފައި ބަހައްޓާފައި ހުންނަ މީހާ ދުވެ ފިލާނީ. އެއީ އޭނާއަކީ ހަމަ އެކަނި އޭނާއަށް ލިބޭ މުސާރައަށްޓަކައި މަސައްކަތް ކުރާ މީހެއް ކަމުން. އެއީ އެކަންބަޅިތަކުގެ މައްޗަށް އޭނާގެ ހިތުގައި އެއްވެސް ރަޙުމެއް ނުވާތީ.


ޔުދާސް މިހެން ބުނީ އޭނާ ކޮންމެހެން ފަޤީރުންނާއި ދޭތެރޭ އަޅާލާތީއަކީ ނޫނެވެ. އޭނާއަކީ ވަގެއް ވީމައެވެ. އަސްޙާބީންގެ ފައިސާގެ ކަންތައް ބެލެހެއްޓުމާއި ހަވާލުވެގެން ހުންނަ އިރު އޭނާ އެ ފައިސާއިން ވަނީ ވައްކަން ކޮށް ހަދައެވެ.


އަހަރެންގެ އުފާތައް ފުރިހަމަކޮށް ދިނުމަށްޓަކައި ތިޔަބައިމީހުން އެއް ވިސްނުމެއްގައި މަތިވެރި ލޯތްބެއް ޙިއްސާކޮށް ރޫޙީގޮތުން އެއް މަގުސަދެއްގައި އެއްބައިވަންތަކަމާއެކު ދެމިތިބޭށެވެ.


އެހެނަސް ތިމޮތީއަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން ތިޔަބައިމީހުން ދަންނާނެއެވެ. އޭނާ އަހަރެންނާއިއެކުގައި ހެޔޮޚަބަރުފުޅު ފެތުރުމުގައި މަސައްކަތް ކުރަމުން ގެންދަނީ އަހަރެންގެ ދަރިއެއް ފަދައިންނެވެ.


އަހަރެމެން ޖުސްތުސްގެ ނަމުން މުޚާތަބުކުރާ ޔަސޫޢު ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. ބަނީއިސްރާއީލުންގެ އީސާއީންގެ ތެރެއިން އަހަރެންނާއިއެކު މިތަނުގައި ވަނީ މިތިން މީހުން އެކަންޏެވެ. އެމީހުން އަހަރެންނާއިއެކުގައި މަސައްކަތް ކުރަނީ މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައެވެ. އަދި އެމީހުންގެ ފަރާތުން ނުހަނު ލުއިފަސޭހަކަށް އަހަރެންނަށް ލިބިދެއެވެ.


މި ސިޓީ އަހަރެން މި ލިޔަނީ ތެދުވެރި އީމާންތެރި ދަރިއެއް ކަމުގައިވާ ތިމޮތީ އަށެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަދި އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ތިބާއަށް ރަޙުމަތާއި ނިޢުމަތުގެ އިތުރުން ސުލްޙަވެރިކަން ދެއްވާށިއެވެ.


ތިބާގެ އަޚުންނާއި އުޚުތުންނަށް މި ކަންތައްތައް އަންގައިދީ އޮޅުން ފިލުވައި ދީފިނަމަ އީސާ އަލްމަސީޙުގެ އެދޭވޭ ޚާދިމެއްގެ ގޮތުގައި ތިބާ ހިމެނޭނެއެވެ. އަދި ތިބާ އީމާންކަމުގެ ބަސްފުޅުތަކުންނާއި ތިބާ ތަބާވަމުން އައި ހެޔޮ އިރުޝާދުތަކުގެ ސަބަބުން ރޫޙާނީގޮތުން ތިބާ ކުރިއަރައި މުއްސަނދިވެގެން ވާކަން ފެނިގެން ދާނެއެވެ.


ތިބާގެ މާމަ ލޯވިސް އާއި މަންމަ އެއުނީޒް އެކޭ އެއްފަދައިން މާތްރަސްކަލާނގެ އާއިމެދު ތިބާގެ ހިތުގައިވާ ތެދުވެރި އީމާންތެރިކަން އަހަރެންނަށް އެނގެއެވެ.


ތިމޮތީއެވެ. އަހަރެން އުނގަންނައިދިން ތަކެތި ތިބާއަށް އެނގި އެތަކެތި ބަލައިގެން ކުރިޔަށްދިއުން އެދެމެވެ. އަދި އަހަރެން ދިރި އުޅެނީ ކިހިނަކުންކަމާއި އަހަރެންގެ ޙަޔާތުގެ މަގުސަދަކީ ކޮބައިކަމާއި އަހަރެންގެ އީމާންތެރިކަން ހުރި މިންވަރުގެ އިތުރުން ވޭންދެނިވި ގޮތުގައި އަހަރެން ކެތްތެރިކަމާއެކު ވޭތުކުރީ ކިހާ ދުވަހެއްކަން ވެސް ތިބާއަށް އެނގޭނެއެވެ. އަހަރެންގެ ހިތުގައިވާ ލޯތްބާއި މި މަސައްކަތުގައި އަހަރެން ކުރިއަށްދާ ގޮތް ވެސް ތިބާއަށް އެނގޭނެއެވެ.


ދާއޫދު ޝާއުލްގެފާނާއި ވާހަކަ ދައްކަވައި ނިންމާލިތަނާ ޝާއުލްގެ ދަރި ޔޫނަތައިންގެ ހިތް ދާއޫދުގެ ހިތާ ގުޅި އެއްހިތަކަށްވެ އޭނާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން އޭނާއާ މެދު ލޯބި ޖެހިއްޖެއެވެ.


ޔޫނަތައިން ދާއޫދުއާ ދެމެދު ޢަހުދު ގާއިމުކޮށްފިއެވެ. އެއީ އޭނާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން ލޯބިވާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ