Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:2 - ކިތާބުލް މުޤައްދަސާ

2 އަހަރެންގެ އުފާތައް ފުރިހަމަކޮށް ދިނުމަށްޓަކައި ތިޔަބައިމީހުން އެއް ވިސްނުމެއްގައި މަތިވެރި ލޯތްބެއް ޙިއްސާކޮށް ރޫޙީގޮތުން އެއް މަގުސަދެއްގައި އެއްބައިވަންތަކަމާއެކު ދެމިތިބޭށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:2
28 ပူးပေါင်းရင်းမြစ်များ  

އަނބިމީހާއާ ކައިވެނި ކުރާނީ ފިރިމީހާ. ރައްޓެހިމީހާ ހުންނާނީ ކައިވެނި ބަސްތައް އަޑުއިވޭ ހިސާބު އެ އުފަލުގައި ބައިވެރިވުން މަތީގައި. އެހެންކަމުން އަހަރެން މިހިރީ އެކަލޭގެފާނުގެ ކާމިޔާބީއާ މެދު އުފަލުން ފުރިފައި.


މަންދޫބުން ކެނޑިނޭޅި ކޮންމެ ދުވަހަކު ވެސް ޖަމާވެ އެކުގައި ދުޢާ ކުރަމުން ގެންދިޔައެވެ. އެމީހުންނާއި އެކު ދުޢާ ކުރުމަށް އެއްވި މީހުންގެ ތެރޭގައި އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނާއި ބައެއް އެހެން އަންހެނުންނާއި އަދި އީސާގެފާނުގެ އެއްބަނޑު ފިރިހެން ކޮއްކޮއިން ވެސް ހިމެނުނެވެ.


މިއަށް ފަހު ދުވަސްކޮޅެއް ފަހުން، ބަނީއިސްރާއީލު މީހުންގެ ގޮވާންކެނޑުމުގެ ޢީދު ފާހަގަ ކުރުމަށްޓަކައި އެކި ރަށްތަކުން އެ ދީނުގެ ވަރަށް ގިނަ މީހުން ޖެރޫސަލަމަށް އައެވެ. މާތް ސާހިބު އީސާގެފާނުގެ މައްޗަށް އީމާންވާ މީހުން ވެސް އެ ރަށުގެ ގެއެއްގައި އެއްވިއެވެ.


ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ގޯތިތެރޭގައި ޖަމާވެ އެތާނގައި އެމީހުންގެ ބައްދަލުވުންތައް ބާއްވައެވެ. އަދި ކޮންމެ ދުވަހަކުމެ އެމީހުންގެ ގޭގޭގައި އެކުގައި ކައްކާ އުފަލާއި ހަމަޖެހުމާއި އެކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކައި ކައިހަދައި އުޅުނެވެ.


އީސާގެފާނުގެ މަންދޫބުން މީސްތަކުންގެ މެދުގައި އެތައް މުޢުޖިޒާތަކާއި ހައިރާން ކުރުވަނިވި ކަންތައްތަކެއް ކުރަމުން ދިޔައެވެ. އަދި މާތްސާހިބާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުން ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ހަރަމްފުޅުގައިވާ ސުލައިމާނުގެފާނުގެ ފެންޑާ އޭ ކިޔޭ ތަނަށް އެއްތަންވެ ޖަމާވަމުން ގެންދިޔައެވެ.


އަބަދާ އަބަދު އަހަރެންގެ ދުޢާތަކުގައި ތިޔަބައިމީހުން އެންމެން ޝާމިލު ކުރަނީ އުފާވެރި ކަމާއެކުގައެވެ.


ޙަޔާތުގެ ބަސްފުޅުގައި ވަރުގަދައަށް ހިފަހައްޓާށެވެ. އޭރުން އަލްމަސީޙު އެނބުރި ވަޑައިގަންނަވާ ދުވަހުން ތިޔަބައިމީހުންނާއިމެދު އަހަރެންނަށް ފަޚުރުވެރި ވެވޭނެއެވެ. އަދި މިކަމަށްޓަކައި އަހަރެން ކުރި މި ބުރަ މަސައްކަތް ބޭކާރު ނުވާ ކަމުގައި އަހަރެން ދެކޭނަމެވެ.


ތިޔަބައިމީހުންނާއިމެދު އަހަރެންނެކޭ އެއްފަދައިން އެއްވިސްނުމެއްގައިވާ ފަރާތެއް އޭނާ ފިޔަވައި އަހަރެންގެ ނުވެއެވެ.


އަފޫދިޔަތާއި އާއި ސިންތީޚީއެވެ. ތިޔަ ދެމީހުން އެކުވެރިވުމަށް އަހަރެން އާދޭސްކުރަމެވެ. ސަބަބަކީ ތިޔަ ދެމީހުންމެ މިލްކުވެގެން ވަނީ މާތްސާހިބާ އަށެވެ.


އަހަރެން ތިޔަބައިމީހުންނާ ކިތަންމެ ދުރެއްގައި ހުރި ކަމުގައި ވިޔަސް އަހަރެންގެ ރޫޙު މިވަނީ ތިޔަބައިމީހުންނާއި އެކުގައެވެ. އަދި ތިޔަބައިމީހުން އެއްބައިވަންތަކަމާއެކު އަލްމަސީޙަށް ތެދުވެރިވެ އީމާންތެރިކަން މަތީ ސާބިތުވެ ތިބީތީ އަހަރެން އުފާކުރަމެވެ.


މާތްސާހިބާ ތިޔަބައިމީހުން ދެކެ ލޯބިވެ ވަޑައިގަންނަވާ އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުގައި އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެހެނީ ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ދެއްވުމުގައި މާތްރަސްކަލާނގެ ވަނީ ތިޔަބައިމީހުން ފުރަތަމައިން ޚިޔާރު ކުރައްވާފައެވެ. އެކަލާނގެ މާތްރޫޙުފުޅުން ތިޔަބައިމީހުން ވަނީ ޤުދުސީ ކުރައްވާފައެވެ. އަދި ތެދު ބަސްފުޅާއިމެދުގައި އީމާންވުމުން ތިޔަބައިމީހުން ވަނީ ސަލާމަތް ވެގެން ވެސް މެއެވެ.


އަހަރެން ވަނީ ތިބާ ދުށުމަށް ކެތްމަދުވެފައިމެއެވެ. އަހަރެމެން ވަކިވިހިނދު ތިބާގެ ލޮލުން ފޭދުނު ކަރުނަތައް މިހާރު ވެސް ހަނދާންވެއެވެ. އަދި އަހަރެމެންނަށް އެއްތަނެއްގައި ތިބެވޭ ދުވަހަކުން އުފާކުރާނީއެވެ.


މަގޭ އަޚާއެވެ. މާތްސާހިބާއަށްޓަކައި މިކަންތައް އަހަންނަށް ކޮށްދޭށެވެ. އަލްމަސީޙުގެ ކިބައިން އަހަރެންނަށް މިހިތްވަރު ދޭށެވެ.


މަތިވެރި ބައްޕާފުޅު އަހަރެމެން އަމަލު ކުރުމަށް އެންގެވި ފަދައިން ތިޔަބައިމީހުންގެ ބައެއް ދަރިން ތެދު ޙަޤީޤަތާއިމެދު ކިޔަމަންތެރިކަން އަދާކުރާކަން އެނގުމުން އަހަރެން ނުހަނު އުފާ ކުރަމެވެ.


ޙައްޤު ގޮތުގައި ދެމިތިބެ އަހަރެންގެ ދަރިން ކުރިއަށް ދާކަމުގެ ޚަބަރު ލިބުމުން ލިބޭ އުފަލަށް ވުރެން މަތިވެރި އުފަލެއް އަހަރެންނަކަށް ނުލިބޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ