ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:18 - ކިތާބުލް މުޤައްދަސާ18 ހަމަ އެފަދައިން ތިޔަބައިމީހުން ވެސް އަހަންނާއެކު އުފާކުރާށެވެ. အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުން މާތްކަލާނގެއާ މެދު އޮންނަ އީމާންކަމަކީ ތިޔަބައިމީހުން އެކަލާނގެއަށް ހުށަހަޅާ ޤުރުބާނީއާއި ޚިދުމަތް ފަދަ ކަމެކެވެ. އަހަރެންގެ ލޭ ވެސް އެޤުރުބާނީ އާއެކު ހުށަހަޅަން ޖެހިދާނެއެވެ. މިކަން މިމަގުން ހުރިނަމަވެސް އަހަރެންގެ ޙަޔާތުގެ އުފާތައް ތިޔަބައިމީހުންނާއިއެކުގައި ޙިއްސާ ކުރުމީ އަހަރެންނަށް ލިބޭ އުފަލެއްމެއެވެ.
މާތްސާހިބާ އީސާގެފާނު ރުހިވަޑައިގެންފި ނަމަ އަހަރެން އަވަސް ގޮތެއްގައި ތިމޮތީ ތިޔަބައިމީހުންގެ ކައިރިއަށް ފޮނުވުމަށް އުންމީދު ކުރަމެވެ. އޭރުން އޭނާ ތިޔަބައިމީހުންގެ ކައިރިއަށް ދިއުމަށް ފަހު އެނބުރި އަހަރެންގެ ކައިރިއަށް އައުމުން ތިޔަބައިމީހުންގެ ހާލުއަހުވާލު އެނގި އަހަރެންގެ ތަބީޢަތަށް އުފާވެރިކަން ގެނެސްދޭނެއެވެ.