ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:15 - ކިތާބުލް މުޤައްދަސާ15 އޭރުން މި މަކަރުވެރި ދުނިޔޭގައި ފާފަވެރިންގެ މެދުގައިވެ ޙަޔާތު ވޭތުކުރާ އެކަލާނގެ ތެދުވެރި ބަދުނާމެއް ނެތް މަޢުސޫމު ދަރިންގެ ގޮތުގައި ތިޔަބައިމީހުން ވާނެއެވެ. އޭރުން އުޑުގައިވާ ތަރިތައް ފަދައިން އެބައިމީހުންގެ މެދުގައި ތިޔަބައިމީހުން ވިދާ ބަބުޅާނެކަން ގައިމެވެ. အခန်းကိုကြည့်ပါ။ |
ކަލޭމެން ކަލޭމެންގެ ދުޝްމިނުން ދެކެ ލޯބިވޭ. އެބައިމީހުންނަށް ހެޔޮކޮށް ހިތާ ރަނގަޅަށް ކަންތައް ކުރޭ. އަދި ކަލޭމެން ކައިރީ މީހަކު ދަރަންޏަށް އެއްޗެއް ދޭން އެދެފި ނަމަ އެއެއްޗެއް އަނބުރާ ލިބުމަށް އުންމީދު ނުކޮށް އެމީހަކަށް އެ އެއްޗެއް ދީ. އޭރުން ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވާ ޘަވާބު ބޮޑުވާނެ. އަދި ކަލޭމެންނަކީ އެންމެމަތިވެރި ފަރާތުގެ ދަރިން ކަމުގައި ވާނެ. އެއީ އެކަލާނގެއީ ޝުކުރުވެރި ނުވާ މީހުންނަށާއި ނުބައިނުލަފާ މީހުންނަށް ވެސް އޯގާތެރިވެ ވޮޑިގެންވާ ކަލާނގެ.
މާތްރަސްކަލާނގެއީ އަހަރެމެންގެ ފުރާނައިގެ ހިތްހަމަޖެހުމުގެ ވަސީލަތް ކަމަށްވާ ކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުން ފުރިހަމައަށް ތާހިރުކޮށް ދެއްވާށިއެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމަށް ދާންދެން ތިޔަބައިމީހުން މުޅި ރޫޙާއި ފުރާނަ އަދި ޖިސްމު ފުރިހަމައަށް ރައްކާތެރި ކުރެވި ބަދުނާމުތަކުން އެއްކިބާ ކުރައްވާށިއެވެ.
އަދި އީސާގެފާނަށް އީމާންވީ ޖަމާޢަތުގެ މީހުންގެ ގޮތުގައި ހަމަޖެއްސޭ މިފަދަ އެހީތެރިން ހަމަޖެއްސުމުގެ ކުރިން މާތްރަސްކަލާނގެ ދަރުބާރުގައި އެބައިމީހުންގެ މިޒާޖާއި އެކަށޭނަކަން ދެނެގަތުމަށްޓަކައި އިމްތިޙާނެއް ކުރެވެންވާނެއެވެ. މިފަދަ އެހީތެރިއެއްގެ ގޮތުގައި ޚިދުމަތް ކުރެވޭނީ މި އިމްތިޙާނުން އެދެވޭ ނަތިޖާއެއް ފުރިހަމަ ކޮށްގެންނެވެ.
މިގޮތުން މިފަދަ ބޮޑު މީހަކު ވާންޖެހޭނީ އޭނާގެ ދިރިއުޅުމާއި ގުޅޭގޮތުން ދެކެވޭ ބަދުނާމު ލިބޭފަދަ ވާހަކަތަކުން ދުރުހެލިވެފައިވާ މީހަކަށެކެވެ. އޭނާގެ އަނބިމީހާއަށް ވާފާތެރި މީހެއްކަމުގައި ވާންޖެހޭނެއެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވޭ ހެޔޮ ވިސްނޭ މީހެއް ކަން ސާބިތުކޮށް ދިނުމުގެ އިތުރުން އިޙްތިރާމް ލިބިގެންވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ. އޭނާގެ ކައިރިއަށް ޒިޔާރަތްކުރާ މެހުމާނުންނަށް ހެޔޮ ގޮތުގައި މެހުމާންދާރީ އަދާ ކުރުމާއެކު މީސްތަކުންނަށް ތެދު ޚަބަރު އަންގައިދެވޭފަދަ އަމަލުތަކުގެ ވެރިއެއް ކަމުގައި ވާންޖެހޭނެއެވެ.
ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.
އެހެންވީމާ، ތައުބާވެ މީގެ ކުރިން ތިޔަބައިމީހުން ތިބި ހިސާބުން މިހާރު ތިޔަބައިމީހުންނަށް ތިބެވުނު ދުރުމިނާއި މެދުގައި ވިސްނާ! އަދި ކުރީގައި ތިޔަބައިމީހުން އަމަލުކުރި ފަދައިން އަމަލުކުރޭ! އެފަދައިން ތިޔަބައިމީހުން އަމަލު ނުކުރާނަމަ އަހަރެން ގޮސް ތިޔަބައިމީހުންގެ ދިއްލާފައިވާ ބައްތި ބަހައްޓާ ހަރު ނަގާނަން!
ދެކިބަލަ! ތިޔަބައިމީހުންގެ ޢަދުއްވުން އެބައިމީހުންނަކީ ބަނީއިސްރާއީލުން ކަމުގެ ދަޢުވާ ކުރޭ. ނަމަވެސް އެބައިމީހުންނަކީ ދޮގުވެރިންނެވެ. އެބައިމީހުން މިލްކުވެގެން ވަނީ ޝައިތާނާއަށް. އެބައިމީހުންނީ ބަނީއިސްރާއީލުންގެ ބައެއްނޫން. އެބައިމީހުން އައިސް ތިޔަބައިމީހުންގެ ފައިންމައްޗަށް ގުދުވެ ކުރުނީސްކޮށް ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާކަން އެމީހުންނަށް އެނގޭކަމަށް އެއްބަސް ކުރުވާނަން.