ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:11 - ކިތާބުލް މުޤައްދަސާ11 އަދި ހުރިހާ އެންމެން އަލްމަސީޙު އީސާ އަލްމަސީޙަކީ މާތްސާހިބާ ކަމުގައި އެއްބަސްވުމުގެ އިތުރުން ބައްޕާފުޅު، މާތްރަސްކަލާނގެ މަތިވެރިކަމާމެދު ޙަމްދާއި ސަނާ ކިޔާނެއެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނުގެ ބަސްފުޅުތަކާއި އެތައް ބަޔަކު ދެކޮޅުވެ އީމާން ނުވިނަމަވެސް އެކަލޭގެފާނަށް އީމާންވި އެތައް ބަޔަކު ވެސް ތިއްބެވެ. ބަނީއިސްރާއީލުގެ ވެރިންގެ ތެރެއިން ބަޔަކު ވެސް އީސާގެފާނަށް އީމާންވިއެވެ. އެކަމަކު އެއްވެސް މީހަކު އެކަން ފާޅެއް ނުކުރެއެވެ. އެއީ އެމީހުން ފަރީސީން ދެކެ ގަންނަ ބިރަށެވެ. ފަރީސީން އަންގާފައި ވަނީ އީސާގެފާނަށް އެކަކު ވެސް އީމާންވެއްޖެނަމަ އެމީހަކު ބަނީއިސްރާއީލުގެ ދީނީ މަރުކަޒުތަކުން ބޭރު ކުރާނެ ކަމަށެވެ.
ކަލޭމެންނަށް ވެސް އެނގޭނެ ފަދައިން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ އެންގެވި ހެޔޮޚަބަރުފުޅަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައި ވާ އީސާ އަލްމަސީޙު މެދުވެރިކޮށް އިންސާނުންނާއި މާތްރަސްކަލާނގެއާއި ދެމެދު ސުލްޙައާއި ހަމަޖެހުން ގާއިމު ވި ކަމުގެ ޚަބަރުފުޅޭ. އީސާގެފާނަކީ އެންމެންގެ ވެސް ވެރި މާތްސާހިބާއޭ.