Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:10 - ކިތާބުލް މުޤައްދަސާ

10 އެހެންވީމާ، މިދުނިޔެ އާއި ސުވަރުގޭގެ އިތުރުން އަދި މަރުވެ ދިޔަ ހުރިހާ އެންމެން އީސާގެފާނުގެ ނަންފުޅަށް ސަޖިދަ ކޮށް އަޅުކަން ކުރާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:10
17 ပူးပေါင်းရင်းမြစ်များ  

މީގެ އިތުރުން ފިރުޢައުނު ރަސްގެފާނު އޭނާގެ ރަސްކަމުގައިވާ ދެވަނަ ދަރަޖައިގެ ޝާހީ އަސްގާޑިޔާ ކޮޅު ޔޫސުފުގެފާނަށް ދެއްވިއެވެ. އަދި އެކަލޭގެފާނު ވަޑައިގަންނަވާ މަގުތަކުގައި ޝަރަފުވެރި ކުރުމުގެ ގޮތުން ސިފައިންގެ އިސްވެރިން ގޮސް މިފަދައިން ގޮވުމަށް ވެސް ފިރުޢައުނު އެންގިއެވެ. ”⁠ޔޫސުފަށް މަގުދައްކާ! ޔޫސުފަށް މަގުދައްކާ!⁠“ މިގޮތުގެމަތިން ކަންތައްތައް ކުރެއްވުމަށް ފަހު ފިރުޢައުނު ރަސްގެފާނު މުޅި މިޞްރުގެ ގަވަރުނަރު ކަމުގައި ޔޫސުފުގެފާނު ޢައްޔަނު ކުރެއްވިއެވެ.


ޔޫނުސްގެފާނު ބޮޑު މަހެއްގެ ބަނޑުގައި ތިން ރެއާއި ތިން ދުވަސް ވަންދެއް އޮންނެވި. ހަމައެފަދައިން އިންސާނާގެ ދަރިކަލުން ތިން ރެއާއި ތިން ދުވަސް ވަންދެން ބިންގަނޑުގެ ބަނޑުތެރޭގައި ވަޅުލެވިފައިވާނެ.


އަދި ކަށިފަޅާފައި ހުރި އޮފިގަނޑަކުން ތާޖެއް ހަދައި އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަޅުއްވައި ކަނައަތްޕުޅަށް ދިގު ދަނޑި ބުރިއެއް ދެއްވާފައި ބެހެއްޓެވިއެވެ. ދެން އެބައިމީހުން އެކަލޭގެފާނަށް މަލާމާތުގެ ގޮތުން ކުރުނީސްކޮށް ގޮވަމުން ގެންދިޔައެވެ. ”⁠ބަނީއިސްރާއީލުންގެ ރަސްގެފާނު! މަރުޙަބާ!⁠“


އީސާގެފާނު އެބޭކަލުންނާއި ހަމައަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠އުޑާއި ބިމުގައިވާހާ އަމުރުވެރިކަން އަހަރެންނަށް ވަނީ ދެއްވާފަ.


އެކަލާނގެ ލަނޑުދަނޑި އަކީ އެދެވޭ ވަގުތު ޖެހުމުން އެކަލާނގެ ނިންމަވާފައިވާ ގޮތަށް އަމަލު ކުރެއްވުމެވެ. އަދި އުޑުތަކާއި ބިމުގައި ވާހައި ތަކެއްޗެއް އެންމެ ފަރާތެއްގެ ބާރުގެ ދަށަށް ގެނުވުމެވެ. އެއީ އަލްމަސީޙު އެވެ.


މާތްރަސްކަލާނގެ ޙިކުމަތްވަންތަކަމާ އަދި އެކަލާނގެ ރޭއްވެވުމުގެ ކުޅަދުންވަންތަކަމާ މެދު އަހަރެން ވިސްނާހިނދު އަހަރެން ކަކޫމައްޗަށް ތިރިވެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެއަށް ދުޢާ ދަންނަވަމެވެ.


”⁠އެކަލޭގެފާނު މައްޗަށް އެރުއްވި ހިނދު⁠“ މީގެ މާނައަކީ ކޮބައިހެއްޔެވެ؟ މި ޢިބާރާތް މާނަ ކޮށްދެނީ އަލްމަސީޙު މި ދުނިޔޭގެ އެންމެ ފުނަށް ވެސް ފީނެއްވިއެވެ.


އަދި އެކަލާނގެ މަތިވެރި ދަރިކަލުން ދުނިޔެއަށް ފޮނުއްވެވޭ ހިނދު އެކަލާނގެ ވަޙީ ކުރައްވަނީ މިފަދައިންނެވެ. ”⁠ތިމަންކަލާނގެ ހުރިހާ މަލާއިކަތުން ވެސް އެކަލޭގެފާނަށް އަޅުކަން ކުރާށެވެ.⁠“


އަދި ކަނޑު އޭގެ އަޑީގައި މަރުވެފައިވާ ހުރިހާ އެންމެންގެ ހަށިގަނޑުތައް ގެނެސްދިނެވެ. އަދި އެމީހުންނާއިމެދު ފައިސަލާ ކުރުމުގެ ވަގުތު ޖެހުނެވެ. އަދި މަރާއި މަރުގެ މަންޒިލް އޭގައި ތިބި މީސްތަކުން ގެނެސްދިނެވެ. އަދި އެއިން ކޮންމެ މީހަކަށްމެ އެމީހަކު ކުރި ޢަމަލަކަށް ޖަޒާ ލިބުނެވެ.


ސައުވީސް ބޮޑުން ތަޚުތުގައި އިންނެވި ފަރާތްޕުޅުގެ ކުރިފުޅުމަތީ ސަޖިދަ ކުރެއެވެ. އަދި ދާއިމަށް ދިރިދެމި ވޮޑިގެންވާ މި ފަރާތަށް އަޅުކަން ކުރެއެވެ. އެ ބޮޑުން، އެބޮޑުންގެ ބޮލުގައި ވީ ތާޖުތައް ތަޚުތުގެ ކުރިފުޅުމަތީގައި ބޭއްވުމަށްފަހު ބުނަމުން ގެންދެއެވެ.


އުޑާއި ބިންމަތީގައި ނޫނީ ބިމުގެ ދަށުގައި އެ ފޮތް ހުޅުވާލައި އޭގައި ވާ އެއްޗެއް ބެލުމަށް ކުޅަދާނަ އެއްވެސް ފަރާތެއް ނުވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ