ފިލިއްޕީގެ މަސީޙީންނަށް ސިޓީ 1:28 - ކިތާބުލް މުޤައްދަސާ28 ތިޔަބައިމީހުންގެ ދުޝްމަނުންދެކެ އެއްގޮތަކަށް ވެސް ބިރުވެތި ނުވާށެވެ. އަބަދުވެސް ހިތްވަރު ހޯދާށެވެ. އޭރުން އެމީހުން ބަލިވެދާނެ ކަމުގެ އަލާމާތް އެމީހުންނަށް ފެންނާނެ އެވެ. އަދި ސަލާމަތްކަން ވާނީ ތިޔަބައިމީހުން ކަން ވެސް އެމީހުންނަށް އެނގޭނެއެވެ. އެސަލާމަތްކަން ލިބިގެންދާނީ ޚުދު މާތްކަލާނގެ ކިބަފުޅުންނެވެ. အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުންނަށް އަނިޔާދީ މަރާލަން އުޅޭ މީހުން ދެކެ ބިރު ގަންނާނެ ކަމެއްނެތް. އެބައިމީހުންނަށް ކުރެވޭނެ ކަމަކީ ތިޔަބައިމީހުންގެ ޖިސްމުތައް ގަތުލު ކުރުން. ނަމަވެސް ތިޔަބައިމީހުންގެ ފުރާނައަކަށް އަނިޔާއެއް އެބައިމީހުންނަކަށް ނުދެވޭނެ. އޭގެބަދަލުގައި ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ. އެކަލާނގެއީ ޖިސްމާއި ފުރާނަ ނަރަކައިގައި ހަލާކު ކުރެއްވޭނޭ ކަލާނގެ.
އަހަރެން ބުނަންތަ؟ މާތްރަސްކަލާނގެ މި ދިންނެވުން ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ދެއްވައިފި. އަދި އެމީހުން އެބަސްފުޅު ގަބޫލު ވެސް ކުރާނެ.“ ޕައުލްގެ މި ބަސްތައް އިވުމުން އެތާނގައި ތިބި ބަނީއިސްރާއީލު މީހުންގެ މެދުގައި މި ބަސްތަކާއި މެދު ބަހުސް ކުރެވި ދެބަސްވުންތައް އުފެދި އެމީހުން އެތަނުން ދިޔައެވެ.
ތިޔަބައިމީހުންގެ ކައިރިއަށް އަހަރެމެން ދިއުމުގެ ކުރިން ފިލިއްޕީގައި އަހަރެމެން ނުހަނު ވޭނުގައިވިކަން ތިޔަބައިމީހުން ދަންނާނެއެވެ. އެ ރަށުގެ އަހުލުވެރިން އަހަރެމެން ބަދުނާމްކޮށް އަދި ގިނަބަޔަކު އަހަރެމެންނާއި ދެކޮޅުވެރި ވިއެވެ. އެމީހުން އެހެން ކަންތައް ކުރި ކަމުގައިވިޔަސް މާތްރަސްކަލާނގެ އަހަރެމެންނަށް އެކަލާނގެ ކިބަފުޅުން އައި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އިއްވުމަށް ހިތްވަރު ދެއްވިއެވެ.
ތިޔަބައިމީހުން މުސީބާތުގައި ވުމުން އެކަމާއި ކަންބޮޑު ނުވެ ދެކިބަލަ! ޝައިތާނާ ތިޔަބައިމީހުން ޖަލުގައި ހައްޔަރު ކުރާނެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުމަށް. އަދި އެ މުސީބާތުގައި ދިހަ ދުވަސް ތިޔަބައިމީހުން ހޭދަ ކުރާނެ. ނަމަވެސް ތިޔަބައިމީހުން މަރުވެދިޔުމާއި ހަމައަށް އީމާންތެރިކަމުގައި ސާބިތުވެ ތިބޭ! އޭރުން ޙަޔާތުގެ ތާޖު އަހަރެން ތިޔަބައިމީހުންނަށް ދޭނަން.