Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 1:27 - ކިތާބުލް މުޤައްދަސާ

27 މި ހިނދު، އަހަރެންނަށް ދެވުނަސް އަދި ނުދެވުނަސް އެންމެ މުހިންމު ކަމަކީ ތިޔަބައިމީހުންގެ ދިރިއުޅުން އިންޖީލުގައި އަލްމަސީޙު އެދިވަޑައިގަންނަވާ ގޮތަށް ބިނާ ކުރުމެވެ. އޭރުން ތިޔަބައިމީހުން އެއްބައިވަންތަ ކަމާއެކުގައި ފުރިހަމައަށް ގާއިމުވެ ތިބެ ކުރިޔަށް ދިޔައީ އިންޖީލުގައި އަލްމަސީޙު އެންގެވި މަގުސަދާ އެއްގޮތްވާ ގޮތުގެ މަތިން އެންމެންއެކީގައި އީމާންތެރިކަމުގެ ރޫޙުގައި ހިތްވަރު ކުރަމުން ދާ ކަން އަހަރެންނަށް އެނގޭނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 1:27
53 ပူးပေါင်းရင်းမြစ်များ  

އެހެނީ އެމީހުންނަށް ރައްކާތެރިކަން ދެއްވަނީ މާތްރަސްކަލާނގެއެވެ. އެމީހުންނަށް ގެއްލުންދޭ މީހާއަށް އެކަލާނގެ ގެއްލުން ދެއްވާނެތެވެ.


އީސާގެފާނަށް ފަރީސީނުގެ ވިސްނުން ހުރި ގޮތް އެނގިވަޑައިގެން އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠އެއްވެސް ރަސްކަމެއް ބައިބައި ވެއްޖެ ކަމަށްވާ ނަމަ އެ ރަސްކަން ރޫޅި ހިނގައިދާނެ. އަދި ރަށެއްގައި ވެސް އަދި އާއިލާއެއްގައި ވެސް އެބައެއްގެ ތެރޭގައި ދެކޮޅުވެރިކަން އުފެދި ބައިބައިވެއްޖެނަމަ އެބައެއް ނެތި ހިނގައިދާނެ.


ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ގޯތިތެރޭގައި ޖަމާވެ އެތާނގައި އެމީހުންގެ ބައްދަލުވުންތައް ބާއްވައެވެ. އަދި ކޮންމެ ދުވަހަކުމެ އެމީހުންގެ ގޭގޭގައި އެކުގައި ކައްކާ އުފަލާއި ހަމަޖެހުމާއި އެކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކައި ކައިހަދައި އުޅުނެވެ.


މީގެ ދެތިން ދުވަސް ފަހުން ގަވަރުނަރު ފެލިކުސް އޭނާގެ އަނބިކަނބަލުން ދުރުސިލާ ގޮވައިގެން އައެވެ. ދުރުސިލާ އަކީ ބަނީއިސްރާއީލު މީހެކެވެ. ފެލިކުސް އެންގެވީ ޕައުލް ގެނައުމަށެވެ. ޕައުލް އައިސް އަލްމަސީޙު އީސާގެފާނާއި ބެހޭ ގޮތުން ދެއްކި ހުރިހާ ވާހަކައެއް އަޑު އެއްސެވިއެވެ.


އީސާގެފާނަށް އީމާންވެގެންވީ އެންމެން އެއްބައިވަންތަވެ އެކަކު އަނެކަކާއި ދޭތެރޭ ވަރަށް ގާތްކަން ބާއްވާ އެކުވެރިކަން މަތީ އުޅުނެވެ. އަދި އެކަކުގެ މުދަލާއި ތަކެއްޗަކީ ވެސް އަނެކަކުގެ ވެސް އަމިއްލަ އެއްޗިހި ކަމަށް ދެކި ދީލަތިކަމާއި އެކު އެމީހުންގެ މެދުގައި އެ ތަކެތިން ހަމަހަމަ ގޮތުގައި ބޭނުންކޮށް އުޅުނެވެ.


ތެދުމަގު ލިބޭ ހެޔޮޚަބަރުފުޅަކީ ހަމަ އެންމެ ޚަބަރެކެވެ. ނަމަވެސް މިހާރު ބަޔަކު މީހުން ކަލޭމެންނަށް އޮޅުވާލައި އީސާގެފާނު ދެއްވި ހެޔޮބަރުފުޅު ބަދަލުކޮށްލަން އެބަ މަސައްކަތްކުރެއެވެ.


މި ހިނދު ތިޔަބައިމީހުންނަށް މާތްކަލާނގެ ތިޔަބައިމީހުން ވެސް ދިންނަވާކަމުގެ ހެޔޮޚަބަރުފުޅު ވަނީ އިވިފައެވެ. ތިޔަބައިމީހުން އީސާގެފާނަށް އީމާންވުމުން ތިޔަބައިމީހުންނަށް ކުރީއްސުރެން ވަޢުދު ކުރައްވާފައިވާ ފަދައިން މާތްކަލާނގެ އަމިއްލަބަޔަކަށް ވެއްޖެކަން އަންގައިދިނުމަށް މާތްރޫޙުފުޅުން ވަނީ ތިޔަބައިމީހުގެ ގައިގައި ފާހަގަ ޖައްސަވާފައެވެ.


ތިޔަބައިމީހުން މާތްސާހިބާ އީސާގެފާނަށް ތަބާވެ އީމާންވީ ކަމާއި، އަދި މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ހުރިހާ އެންމެންނާއި މެދު ތިޔަބައިމީހުންގެ ހިތުގައިވާ ލޯތްބާއި ކުލުނުވާ ޚަބަރު އިވުމުން ތިޔަބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރުން އަހަރެން ހުއްޓައި ނުލަމެވެ. އަބަދާ އަބަދު ތިޔަބައިމީހުންނަށްޓަކައި އަހަރެން ދުޢާ ދަންނަވަމެވެ.


މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި އެކަލާނގެ މީސްތަކުންފަދައިން އެދެވޭ ގޮތުގައި ޙަޔާތާއިގެން ކުރިއަށް ދިއުމަށް މާތްސާހިބާގެ ގައިދީއެއްގެ ގޮތުން އަހަރެން ތިޔަބައިމީހުންނަށް އިލްތިމާސް ކުރަމެވެ.


ސަބަބަކީ ހެޔޮޚަބަރުފުޅު އެންމެ ފުރަތަމަ ފަހަރަށް ތިޔަބައިމީހުންނަށް ލިބިދިން ވަގުތެކޭ އެއްފަދައިން މިއަދާއި ހަމައަށް މި ޚަބަރު ފެތުރުމުގައި އަހަރެންނާއި އެކުގައި ތިޔަބައިމީހުން ދެމިތިބިކަމެވެ.


މާގޭ އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! ތިޔަބައިމީހުންނާއި އެކުގައި އަހަރެން ވީހިނދުގައި މާތްރަސްކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންތެރި ވިއެވެ. ހަމައެފަދައިން ތިޔަބައިމީހުންނާއި ދުރުގައި އަހަރެން މި ވޭތުކުރާ ހިނދު ކިޔަމަންތެރި ކަމުގެ އިންތިހާގައި ވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ދިންނެވުން ދެއްވައި ސަލާމަތް ކޮށްދެއްވިއެވެ. އެކަމާމެދު ތިޔަބައިމީހުން ކިޔަމަންތެރިވެ، ޚާލިސްކަމާއެކު އެކަލާނގެއަށް ބިރުވެތިވެ ކުރިއަށްދާށެވެ.


އަދި މާތްސާހިބާއަށް އަހަރެން ކުރާ އިތުބާރުން އަހަރެން ވެސް ދުރުނޫން މުސްތަގުބަލެއްގައި ތިޔަބައިމީހުންގެ ކައިރިއަށް ދާނަމެވެ.


އަހަރެން ތިޔަބައިމީހުންގެ ގާތު ކުރީގައި ވެސް މިހެން ބުނީމެވެ. އަނެއްފަހަރު މިހެން މިބުނަނީ ލޮލުން ކަރުނަ އޮހޭ ހާލުގައެވެ. އަލްމަސީޙު ސަލީބަށް އެރުވުނުކަން ދޮގުކޮށް އެކަމާ އަދާވާތްތެރިވެ އުޅޭ ބައި ވަރަށް ގިނައެވެ.


އެހެނަސް އަހަރެމެންގެ ޙަޤީޤީ ވަޒަނަކީ ސުވަރުގެއެވެ. އަދި ޝައުޤުވެރި ކަމާއެކު އަހަރެމެން އިންތިޒާރު ކުރަނީ އަހަރެމެން ދިންނަވާ ފަރާތް މާތްސާހިބާ އީސާ އަލްމަސީޙު ސުވަރުގެއިން ވަޑައިގަންނަވާނެ ވަގުތަކަށެވެ.


އެހެންވީމާ މަގޭ އަޚުންނާއި އުޚުތުންނޭވެ! އަހަރެން ތިޔަބައިމީހުން ދެކެ ލޯބިވުމުގެ އިތުރުން ތިޔަބައިމީހުން ދުށުމަށް ވެސް ވަރަށް ބޮޑަށް އެދެމެވެ. ތިޔަބައިމީހުން އަހަރެންނަށް އުފާވެރިކަން ގެނެސްދީ ތިޔަބައިމީހުންނާމެދުގައި އަހަރެން ފަޚުރުވެރި ކުރުވުމުގެ ސަބަބުންނެވެ. އެހެންވީމާ، އަހަރެން ކުރިން ވެސް ބުނި ފަދައިން މާތްސާހިބާގެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭށެވެ.


މިހެންވުމުން ތިޔަބައިމީހުންގެ އުޅުން އަބަދުވެސް ހުންނާނީ މާތްސާހިބާ ރުހިވަޑައިގަންނަވާނޭ ގޮތުގެ މަތިންނެވެ. އަދި ތިޔަބައިމީހުންގެ އަމަލުތަކުގައި ރަނގަޅު މޭވާއަޅައި ފައްކާވަމުން ދާނެއެވެ. އެހުރިހާ އިރަކު ތިޔަބައިމީހުން މާތްކަލާނގެއާ ބެހޭ ކަންތައް އެނގި ދަސްވަމުން ދާނެއެވެ.


އެއީ ތިޔަބައިމީހުން އީސާ އަލްމަސީޙަށް ތަބާވެ އީމާންވެ ތިބި ކަމާއި، އަދި މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ހުރިހާ އެންމެންދެކެ ތިޔަބައިމީހުން ލޯބިވާ ޚަބަރު އިވުމުންނެވެ.


ނަމަވެސް ތިމޮތީ ތިޔަބައިމީހުންގެ ކައިރިއަށް ޒިޔާރަތް ކުރުމަށް ފަހު، އަހަރެމެންގެ ކައިރިއަށް އެނބުރި އައިސް ތިޔަބައިމީހުންނާއި ބެހޭ ގޮތުން އުފާވެރި ޚަބަރުތައް ދިނެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަމާއި ތިޔަބައިމީހުންގެ މެދުގައިވާ ލޯތްބާއި މެދު ޚަބަރު ދިނެވެ. ހަމަ އެހެންމެ، ތިޔަބައިމީހުން އަބަދުވެސް އަހަރެމެންގެ މަތިން ހެޔޮ ގޮތުގައި ހަނދުމަ ކުރަމުން ގެންދާ ކަމުގައި ވެސް އޭނާ ބުންޏެވެ. އަދި އަހަރެމެން ތިޔަބައިމީހުން ދުށުމަށް އެދޭފަދައިން ތިޔަބައިމީހުން ވެސް އަހަރެމެން ދުށުމަށް އެދޭ ވާހަކަވެސް ބުނެދިނެވެ.


އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތިޔަބައިމީހުންނަށް އުނގަންނައިދިނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ ޙަޔާތެއް ވޭތު ކުރާނޭ ގޮތަކާ މެދުގައެވެ. އަދި ތިޔަބައިމީހުން ޙަޔާތް ވޭތުކުރަމުން ތިޔަ ގެންދަނީ އެފަދައިން ވެސްމެއެވެ. މިހާރު އަހަރެމެން ތިޔަބައިމީހުންގެ ގާތު އާދޭހާއެކު މިއެދެނީ މާތްސާހިބާ އީސާގެފާނުގެ ކިބައިން ހިތްވަރު ލިބި ތިޔަގޮތުގައި އިތުރަށް ކުރިއަށް ދިއުމަށެވެ.


މި ހެޔޮޚަބަރުފުޅުގެ އިލްމު އަހަރެންނާ މަތިކުރައްވާފައި ވަނީ އެ ބަރަކާތްތެރި ޖަލާލުވަންތަ ކަލާނގެ ކިބަފުޅުންނެވެ.


ނިމުމެއް ނުވާ ފަދައިން ތިބާގެ ހިތުގައިވާ އީމާންތެރިކަން ވަރުގަދައަށް ހިފަހައްޓާށެވެ. އަދި ތިބާގެ ޟަމީރު ސާފު ސީދާކޮށް ބަހައްޓާށެވެ. އެހެނަސް ބައެއްމީހުން އެމީހުންގެ އިޚުތިޔާރުގައި ޟަމީރާއި ދެކޮޅުވެއެވެ. އެފަދަ މީހުންގެ އީމާންތެރިކަމުގެ ނަތީޖާ ވަނީ ނަވެއް ފަރަކަށް އުރި ވީރާނާވާ ފަދައިންނެވެ.


އަހަރެންނަށް ކުރެވުނީ ރަނގަޅު ހަނގުރާމައެކެވެ. އަހަރެން އީމާންކަމުގައި ދެމިހުރެ ޙަޔާތުގެ ރޭސް ނިންމީމެވެ.


އަދި ސާހިބުންނަށް މަކަރު ނުހަދާށެވެ. އެމީހުން ވާންޖެހޭނީ ތެދުވެރިކަމާ އިތުބާރާއިއެކު ފުރިހަމައަށް މަސައްކަތްކުރާ ބަޔަކަށެވެ. މިހެން ވެއްޖެނަމަ މާތްރަސްކަލާނގެ އަދި އަހަރެމެން ދިންނަވާ ފަރާތުގެ އުނގަންނައި ދިނުންތަކަށް އެންމެންގެ ފަރާތުން މަތިވެރި ގަދަރެއް ލިބޭނެއެވެ.


ތިބާ މާތް ސާހިބު އީސާގެފާނާއި މެދުގައިވާ އީމާންތެރިކަމުގެ އިތުރުން މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުން ދެކެ ތިބާގެ ހިތުގައިވާ ލޮބުވެތި ކަމުގެ ޚަބަރު އަހަރެން އެހީމެވެ.


އަމަންއަމާންކަން ގެނެސްދޭ މިފަދަ ފަރާތްތަކުން ސުލްޙައިގެ އޮށް އިންދުމުން އެއިން ހެޔޮ ޙަޔާތެއް ލިބިދެއެވެ.


އެގޮތުން އަހަރެމެންގެ ވަށައިގެންވާ އެންމެހާ ތަކެތީގެ ނިމުން ހުރީ މިފަދައިންނެވެ. ވީއިރު، ތިޔަބައިމީހުން ޙަޔާތް ވޭތުކުރަންވީ ކޮންފަދަ މުޤައްދަސް ޞާލިޙު ގޮތެއްގައި ހެއްޔެވެ؟ ތިޔަބައިމީހުން މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތާއިގެން ކުރިއަށް ދާށެވެ.


އެހެންވީމާ، ރަޙުމަތްތެރިންނޭވެ. ތިޔަބައިމީހުން މިކަންތައްތައް މިމަގުން ހިނގާނެ ކަމުގައި ތިޔަބައިމީހުން އުންމީދުގައި ތިބެ ބަދުނާމުތަކުން އެއްކިބާވެގެންވާ ސާފު ޙަޔާތެއްގައި ވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި މާތްރަސްކަލާނގެ އާއިއެކު ސުލްޙަވެރި ގޮތުގައި ވާށެވެ.


މަގޭ ލޮބުވެތި ރަޙުމަތްތެރިންނޭވެ! އަހަރެމެން ޙިއްސާ ކުރަމުން މިގެންދާ ދިންނެވުމާއިމެދު ތިޔަބައިމީހުންނަށް ލިޔަން އަހަރެން ވަރަށް ޝައުޤުވެރިވަމެވެ. ނަމަވެސް މިކަމާއިގުޅިގެން އަހަރެން ތިޔަބައިމީހުންނަށް އެހެން ކަމަކާއި ބެހޭގޮތުން ލިޔަން ވެސް ބޭނުންވެއެވެ. އެއީ އަހަރެމެންގެ ޢަގީދާ ދިފާޢުކުރުމަށް ތިޔަބައިމީހުންގެ ކިބައިން އެދޭ އެދުމުގެ ވާހަކައެވެ. ބަދަލުވުމެއްނެތް ޙަޤީޤީ ރިސާލަތު މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނާ ހަވާލުކުރަނީ އެންމެ ފަހު ފަހަރަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ