ފިލިއްޕީގެ މަސީޙީންނަށް ސިޓީ 1:23 - ކިތާބުލް މުޤައްދަސާ23 އަހަރެން މި ދަނީ ދެ އެދެމުގެ ދެމެދުގައި ވީދެމުންނެވެ. ބައެއްފަހަރު ދިރިހުރުމަށް އެދެވޭ ހިނދު އަނެއްބައި ފަހަރު ނިޔާވެ ދިއުމަށް ފަހު އަލްމަސީޙާއިއެކުގައި ވުމަށް އެދެވެއެވެ. އެއީ އަހަރެންނަށް އެންމެ ރަނގަޅު ގޮތްކަމުގައި ބެލެވެއެވެ. အခန်းကိုကြည့်ပါ။ |
ފަހަނަޅައި ދިއުމުގެ ޢީދު އައުމުގެ ކުރިން އީސާގެފާނަށް އެކަލޭގެފާނު ބައްޕާފުޅު އަރިހަށް ވަޑައިގަންނަވާ ވަގުތު ޖެހިއްޖެކަން އެނގިވަޑައިގެންފިއެވެ. އީސާގެފާނު އެކަލޭގެފާނަށް އީމާންވެގެންވީ މީހުންދެކެ ނުހަނު ބޮޑަށް ލޯބިފުޅުވެއެވެ. އަދި އެންމެ ފަހު ދުވަހާއި ޖެހެންދެން ވެސް އީސާގެފާނު ދުނިޔޭގައިވާ އެކަލޭގެފާނުގެ މީސްތަކުންދެކެ ލޯބިފުޅުވިއެވެ.
ބައްޕާފުޅާ! އަޅުގަނޑުގެ އެދުމަކީ ބައްޕާފުޅު އަޅުގަނޑަށް ދެއްވި ހުރިހާ އެންމެން އަޅުގަނޑާއި އެކު އަޅުގަނޑު ވާ ތަނެއްގައި ވުން. އޭރުން އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ޖަލާލަތުކަން އެމީހުންނަށް ފެންނާނެ. އެއީ މި ދުނިޔެ އުފެއްދެވުމުގެ ކުރީގައި ވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ލޯބިވެ ވޮޑިގެން ވީ ކަމަށްޓަކައި.
އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް އަބަދާއި އަބަދު ޝުކުރުވެރިވާ އެހެން ސަބަބެއް ވެސް ވެއެވެ. ތިޔަބައިމީހުންގެ މެދުގައި މާތްރަސްކަލާނގެ ބަސްފުޅު އަހަރެމެން ގެނެސްދިން ހިނދު ތިޔަބައިމީހުން އެ ޚަބަރުފުޅު އަހައި ބަލައިގަތުމުންނެވެ. ތިޔަބައިމީހުން އެ ބަސްފުޅު ބަލައިގަތީ އިންސާނަކު ގެނެސްދިން ބަސްތަކެއްގެ ގޮތުގައި ނޫންކަމެވެ. ނަމަވެސް ހަމަޔަޤީނުން ވެސް މާތްރަސްކަލާނގެ ބަސްފުޅު ކަމުގައެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ ތިޔަބައި މީހުންގެ މެދުގައި އެ ބަސްފުޅު މަސައްކަތް ކުރައްވަމުންގެންދެއެވެ.
އެއަށް ފަހު، ސުވަރުގެއިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”މިތަކެތި ލިޔޭ. މިހިނދުން ފެށިގެން މަރުވެދާ ހިނދު އެބައެއްގެ ކިބައިގައި މާތްރަސްކަލާނގެ އާއި މެދު އީމާންތެރިކަން ވާ ފަރާތްތަކަށް އެކަލާނގެ ބަރަކާތް ލައްވާނެ.“ މާތްރޫޙުފުޅު ޖަވާބު ދެއްވިއެވެ. ”އާނއެކޭ! އެބައިމީހުންގެ ބުރަ މަސައްކަތުން އެބައިމީހުންނަށް އަރާމު ލިބޭނެ. އަދި އެބައިމީހުން ކުރި އަމަލުތަކުގެ ހެޔޮ ޖަޒާ އެބައިމީހުންނަށް ލިބޭނެ.“