Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 1:17 - ކިތާބުލް މުޤައްދަސާ

17 އެހެނަސް އަލްމަސީޙާއި މެދުގައި މަގުސަދެއް ނެތި ދެކޭ ފަރާތްތަކުން އަމިއްލަ އެދުމާއި އިޚުލާސްތެރިކަމެއް ނެތި ވަޢުޡު ބުނަމުން އެ ގެންދަނީ މި ގޮތަށް އަހަރެން ޗޭނުޖެހި ހައްޔަރުވެފައި ވާތީވެ އަހަރެން ހިތްދަތި ކުރުވުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 1:17
16 ပူးပေါင်းရင်းမြစ်များ  

އެކަމަކު އެދުވަހަކުން ކަލޭމެން ދިފާއުވާނޭ ގޮތަކާއި މެދު މިހާރު ކަނޑައަޅާ ނިންމުމަށް ނުވިސްނާ.


”⁠އިއްޒަތްތެރި އެންމެހާ އަޚުންނޭ އަޑުއައްސަވާ، ތިޔަބައިމީހުންނަށް މި ކަންތައްތައް ވެގެން އުޅޭގޮތް އޮޅުންފިލުވާ ދިނުމަށް އަޅުގަނޑު މިބުނާ ބަސްތަކުގެ އަޑު އެއްސެވުން އެދެން.⁠“


ދެން އަގިރިފާ ރަސްގެފާނު ޕައުލް އަށް ވިދާޅުވިއޭ. ”⁠ކަލޭގެ އަމިއްލަ ދިފާއުގައި ކަލޭ ބުނަން ބޭނުން އެއްޗެއް އޮތިއްޔާ ބުނޭ.⁠“ ދެން ޕައުލް އަތްމައްޗަށް ނަގާ މި ފަދައިން ވާހަކަ ދެއްކިއެވެ.


ދެން އެވަގުތު ގަވަރުނަރު ފެސްތުސް ޕައުލް ގެ ވާހަކަ މެދު ކަނޑާލާ ހަޅޭލަވައިގަތެވެ. އޭނާ ބުންޏެވެ. ”⁠ޕައުލް ކަލޭ ތިހިރީ ބުއްދިގޯސްވެފަ. ކަލޭ ކިޔަވާ ކިޔަވާ ގޮސް ތިހިރީ ސިކުނޑި ހަލާކުވެފަ.⁠“


އެކަމަކު ވެސް ހެވެވެ. މި މީހުންގެ މަގުސަދު ރަނގަޅު ވިޔަސް އަދި ކިލަނބު ވިޔަސް ޙަޤީޤަތުގައި ވަޢުޡު ބުނަމުން އެ ގެންދަނީ އަލްމަސީޙާއި މެދުގައެވެ. އެކަމާމެދު އަހަރެން އުފާ ކުރަމެވެ.


ތިޔަބައިމީހުން އެންމެންނާ މެދު އަހަންނަށް އިހުސާސް ކުރެވެނީ ހަމަ ރަނގަޅަށެވެ. ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ ހިތުގައި ޚާއްސަ ޖާގައެއް ވެއެވެ. އެއީ އުފާވެރި ޚަބަރު ފުޅާއިމެދު ޔަޤީންކަން އުފެއްދުމުގައިއާއި އެ ޚަބަރުފުޅުގެ ދިފާޢުގައި އަހަރެން ފެއްޓި މަސައްކަތުގައި އަހަރެން ޖަލުގައި ބަންދުވެފައި މިވާ ވުމުގައި އެކަލާނގެ ދެއްވި ޚާއްސަ ނިޢުމަތުގައި ތިޔަބައިމީހުން ވެސް ހިމެނޭތީއެވެ. އެއީ ތަބިޢީ ގޮތުން އަހަރެން ކުރަމުން މިގެންދާ މަސައްކަތުގައިވާ އިހުސާސްތަކުންނެވެ. މާތްރަސްކަލާނގެ އަހަރެންނަށް ދެއްވި މި ނިޢުމަތުގައި އަހަންނާއިއެކު ތިޔަބައިމީހުން ޙިއްސާ ކުރަމެވެ. އެއީ ޖަލުގައި އަހަރެން މިހެން ހައްޔަރުވެހުރެ، ހެޔޮޚަބަރުފުޅު ދިފާޢުކޮށް މި އުފާވެރި ޚަބަރުފުޅު އަންގައިދެމުން ގެންދާ ހިނދުގައި ވެސްމެއެވެ.


ތިޔަބައިމީހުންގެ ޢަޒުމުގައި އަމިއްލަ އެދުން އިސްނުކުރާށެވެ. އަދި އަގުވެއްޓިދާފަދަ ސަޅިބައިސާތަކުގެ އެދުންތަކުން އެއްކިބާވެ ތިބޭށެވެ. އެއާއެކު، ތިމާއަށް ވުރެން އަނެކާގެ ހާލާއިމެދުގައި އަބަދުވެސް އިސްކަން ދޭށެވެ.


އެކަލޭގެފާނުގެ މަންދޫބެއްގެ އިތުރުން ދަރުސް ދޭމީހުންގެ ގޮތުގައި އަހަރެން ހޮއްވެވީ ބަނީއިސްރާއީލު ދަރިކޮޅުގެ މީހުންނޫން އެހެން މީހުންނަށް އެކަލޭގެފާނާއި ބެހޭ ގޮތުން ވީ މި އުފާވެރި ޚަބަރު ތެދުވެރިކަމާއި އީމާންތެރިކަމާއެކު އަންގައިދީ ހެދުމަށެވެ. މިއީ ތިބާ ކައިރީގައި އަހަރެން ބުނާ ތެދު ބުނުމެކެވެ. ދޮގު ވާހަކަތަކެއް ނޫނެވެ.


އަހަރެން އަންގައިދޭ މި ހެޔޮޚަބަރުފުޅުގެ ސަބަބުން އަހަރެން މިހާރު މިވަނީ ޖިނާއީ ކުށްވެރިއެއް ފަދައިން ހިލިހިލާޖެހި ވޭން ލިބިދޭ ގޮތެއްގައި ހައްޔަރު ވެފައެވެ. ނަމަވެސް މާތްރަސްކަލާނގެ ބަސްފުޅަކު ހިލިލާޖެހި ހައްޔަރެއް ނުކުރެވޭނެއެވެ.


ފުރަތަމަ ފަހަރަށް އަހަރެން އިންސާފުގެ ކުރިމައްޗަށް ގެނެވުނު ހިނދު އެއްވެސް މީހަކު އަހަންނާއިއެކުގައި ނުވެއެވެ. ހުރިހާ އެންމެން އަހަރެން ދޫކޮށްލުމަށް ފަހު ދިޔައީއެވެ. މިކަމަށްޓަކައި މާތްކަލާނގެ އެމީހުންގެ ކިބައިން ބަދަލެއް ނުހިއްޕަވާށިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ