ފިލިއްޕީގެ މަސީޙީންނަށް ސިޓީ 1:11 - ކިތާބުލް މުޤައްދަސާ11 ތިޔަބައިމީހުންގެ މުޅި ޙަޔާތް ސާލިޙު އަމަލުތަކުން ފުރިހަމަ ކޮށްދެއްވުމަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމެވެ. އެ އަމަލުތަކަކީ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ދެއްވި ހެޔޮ އަމަލު ތަކެވެ. އަދި އެ އަމަލުތައް މީސްތަކުންނަށްފެނި މާތްރަސްކަލާނގެއަށް ޖަލާލަތާއި ޙަމްދާ ސަނާ ދަންނަވައި ދުޢާކުރާނެއެވެ. အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުންނަށް ލިބިދިން މި ހެޔޮޚަބަރުފުޅު މުޅިދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދެއެވެ. އަދި އެއިން މޭވާއަޅާ އެމޭވާއިން މީހުންގެ ދިރިއުޅުން ބަދަލުކުރެއްވެއެވެ. އެއީ އެ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް ފުރަތަމަ އަޑުއިވި މާތްރަސްކަލާނގެ އަޖައިބުކުރުވަނިވި ނިޢުމަތަކީ ކޮންއެއްޗެއްކަން ތިޔަބައިމީހުންނަށް އެނގުނު ދުވަހުން ފެށިގެން ތިޔަބައިމީހުންގެ ދިރިއުޅުން ވެސް އެހެޔޮޙަބަރުފުޅު ބަދަލުކުރެއްވި ފަދައިންނެވެ.
އޭރުން ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ދާ ގޮތުގެ ސަބަބުން މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅަށް މަތިވެރި ޝަރަފު ލިބިދެއްވާނެއެވެ. އަދި އެކަލޭގެފާނާއި އެކުގައި ތިޔަބައިމީހުން ވުމުން ތިޔަބައިމީހުން ވެސް ޝަރަފްވެރި ވާނެއެވެ. މި ހުރިހާ ކަމެއް ޙާސިލުވުމުގެ ސަބަބަކީ އަހަރެމެންގެ ރަސްކަލާނގެއާއި އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ ނިޢުމަތްފުޅުން ވެސް މެއެވެ.
އަދި މިހާރު މާތްރަސްކަލާނގެ ތިޔަބައިމީހުން ބިނާ ކުރައްވަނީ އެކަލާނގެ ރޫޙާނީ ގެކޮޅުގައި ވީ ދިރިހުރި ހިލަތަކެއްފަދައިންނެވެ. މީގެ އިތުރުން ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ އިމާމުން ތަކެކެވެ. އަދި ތިޔަބައިމީހުންނީ އީސާ އަލްމަސީޙުގެ އެހީތެރިކަމާއެކު މާތްރަސްކަލާނގެއަށް ހުށަހެޅޭ ރޫޙާނީ ޤުރުބާންތައް ހުށަހަޅައިދެވޭފަދަ މާތް އިމާމުންތަކެކެވެ.
ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.