Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 1:1 - ކިތާބުލް މުޤައްދަސާ

1 މި ސިޓީ އަކީ އަލްމަސީޙު އީސާގެފާނުގެ ޚާދިމުން ކަމުގައިވާ ޕައުލް އާއި ތިމޮތީގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މިސިޓީ މިލިޔަނީ އީސާ އަލްމަސީހަށް އީމާންވެގެންވީ މާތްކަލާނގެ މުޤައްދަސްކުރެއްވި ފިލިއްޕީގެ އެންމެހައި ފަރާތްތަކަށާއި މަސީޙީ ޖަމާޢަތުގެ ބޮޑުންނާއި އެހީތެރިންނަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 1:1
48 ပူးပေါင်းရင်းမြစ်များ  

މިއީ ދަތުރަކު ދިޔަ މީހަކު ފަދައިން އަޅައިބެލޭނެފަދަ ކަމެއް. އޭނާގެ ގެ ދޫކޮށް ފުރުމުގެ ކުރިން، އޭނާގެ ނޯކަރުންނަށް ގޭގެ އެންމެހާ ކަންތައްތައް ކުރުމާ ހަވާލުކުރި. އެއިން ކޮންމެ ނޯކަރަކަށް ޚާއްސަ ކުރެވި ޙަވާލު ކުރެވިފައިވާ މަސައްކަތެއް ކުރަން ބުނި. އަދި އޭނާ އެނބުރި އަންނަންދެން ފަރުވާތެރި ކަމާއެކު މައިދޮރު ބެލެހެއްޓުމަށް ދޮރުފާރަވެރިޔާއަށް އިންޒާރުކުރި!


އަހަރެންގެ ޚިދުމަތުގައިވުމަށް އެދޭ ކޮންމެ މީހަކުމެ އަހަރެންނާއި އެކު އާދޭ! އެފަދަ މީހުން އަބަދުވެސް އަހަރެން ވާ ތަނެއްގައި ވެ ވުމަށްޓަކައި. އަދި މީހަކު އަހަރެންގެ ޚިދުމަތުގައިވުމަށް ނިންމައިފިނަމަ، ބައްޕާފުޅު އެމީހަކު ޝަރަފުވެރި ކުރައްވާނެ.


ޕަތަރަސް ބުންޏެވެ. ”⁠މި ކަންތައްތައް ވެ އެ ދިޔައީ ޒަބޫރުގައި ލިޔެވިގެންވީ ފަދައިން. ލިޔެވިގެންވޭ. ’⁠އޭނާގެ ގެއެއީ އެއްވެސް މީހަކު ނޫޅޭނެ ފަޅުތަނަކަށް ވާ ހުއްޓޭ.⁠‘ އަދި ވެސް ޒަބޫރުގައި މި ފަދައިން ވެސް ލިޔެވިގެންވޭ. ’⁠އޭނާގެ ބަދަލުގައި އެހެން މީހަކު އޭނާގެ މަޤާމަށް ހޮވާށޭ.⁠‘


އެހެން ކަމުން އަހަރެން ކަލޭމެންނަށް ބުނަން. ކަލޭމެންގެ އަމިއްލަ ނަފްސުތަކާ މެދު ބަލައިގެން ރައްކާތެރިވެގެން އުޅޭ. އަދި މާތްރޫޙުފުޅު ކަލޭމެންނާއި ހަވާލު ކުރި މީހުން ކަމުގައި ވާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުންގެ މައްޗަށް ގެރިބަކަރި ހުއިހައްޕާ މީހަކު އޭނާގެ ގެރިބަކަރިތަކަށް ކާންދީ ބަލަހައްޓާ ފަދައިން ކަމޭހިތައިގެން ބަލާތި. އެ ޖަމާޢަތުގެ މީހުންނަކީ ޚޮދު އެކަލޭގެފާނުގެ ލޭ ފޮދުން އަގު ދައްކާ ގަނެފައިވާ ބަޔެއް. އެމީހުންގެ މައްޗަށް ކަލޭމެން ބޮޑުން ކަމުގައި ލެއްވީ މާތްރޫޙުފުޅު.


އަނާނިޔާހު މާތްސާހިބާއަށް ދެންނެވިއެވެ. ”⁠އެކަމަކު މާތްސާހިބާ އަޅުގަނޑު ވަރަށް ގިނަ ގޮތް ގޮތުން ވެސް އަހާފައިވާ ގޮތުގައި ތިޔަ މީހާއަކީ ޖެރޫސަލަމުގައި ކަލޭގެފާނަށް އީމާންވެގެން ތިބި މީހުންނަށް ވަރަށް ނުބައިކޮން ކަން ކުރި މީހެއް.


އަހަރެންގެ އެދުމަކީ މީހުން އަހަރެންނަށް ރުހި ގަބޫލުވުމެއް ނޫނެވެ. އަހަރެން ބޭނުމީ މާތްރަސްކަލާނގެ ރުއްސެވުމެވެ. އަހަރެން މިއުޅެނީ މީހުންގެ ތާއީދު ހޯދަން ހެން ކަލޭމެންނަށް ހީވޭހެއްޔެވެ؟ ނޫނެކެވެ. މީހުންގެ ތާއީދު ހޯދަން އެދޭނަމަ ހަމަ ގައިމު ވެސް އަހަރެން އީސާ އަލްމަސީޙުގެ ޚާދިމަކަށް ނުވީމުހެވެ.


އީސާގެފާނަށް އީމާންވުމުގެ ސަބަބުން މިހާރު ކަލޭމެން އެންމެންނަކީ ވެސް މާތްރަސްކަލާނގެ ދަރިންނެވެ.


ކަލޭމެންނަކީ ބަނީއިސްރާއީލުންގެ މީހަކަސް ނުވަތަ ބަނީއިސްރާއީލު ނޫން މީހަކަސް، ނޫނީ މީހެއްގެ އަޅަކަސް ނުވަތަ މިނިވަނަކަސް، ނުވަތަ އަންހެނަކަސް ފިރިހެނަކަސް، ކަލޭމެން އެންމެންނަކީ ވެސް ހަމަހަމަ އެއްވަރު ބަޔަކަށްވެ އެކައްޗަކަށް ވެފައި ތިޔަވަނީ އީސާގެފާނަށް އީމާންވެ ތިބީމައެވެ.


މި ސިޓީ އަކީ އީސާ އަލްމަސީޙުގެ މަންދޫބެއްގެ ގޮތުގައި މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ޕައުލްގެ ފަރާތުން ފޮނުވާ ސިޓީ އެކެވެ. މި ސިޓީ މި ލިޔަނީ އެފޭސުސްގައިވާ މާތްކަލާނގެ މުޤައްދަސް ކުރެއްވި އަލްމަސީހަށް އީމާންވާ ހުރިހާ އެންމެންނަށެވެ. އެ ހުރިހާ އެންމެންނަކީ އީސާ އަލްމަސީޙަށް ވަފާތެރިވެ އީމާންކަން މަތީވާ ފަރާތްތައް ވެސް މެއެވެ.


ތިޔަބައިމީހުން މާތްސާހިބާ އީސާގެފާނަށް ތަބާވެ އީމާންވީ ކަމާއި، އަދި މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ހުރިހާ އެންމެންނާއި މެދު ތިޔަބައިމީހުންގެ ހިތުގައިވާ ލޯތްބާއި ކުލުނުވާ ޚަބަރު އިވުމުން ތިޔަބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރުން އަހަރެން ހުއްޓައި ނުލަމެވެ. އަބަދާ އަބަދު ތިޔަބައިމީހުންނަށްޓަކައި އަހަރެން ދުޢާ ދަންނަވަމެވެ.


މާތްސާހިބާ އީސާ އަލްމަސީޙާއި މެދު ނިމުމެއް ނުވާ ފަދައިން ލޮބުވެތި ގޮތުގައިވާ ހުރިހާ އެންމެންނަށް މާތްރަސްކަލާނގެ ނިޢުމަތްފުޅު ލިބިދެއްވާށިއެވެ.


މާތްސާހިބާ އީސާގެފާނު ރުހިވަޑައިގެންފި ނަމަ އަހަރެން އަވަސް ގޮތެއްގައި ތިމޮތީ ތިޔަބައިމީހުންގެ ކައިރިއަށް ފޮނުވުމަށް އުންމީދު ކުރަމެވެ. އޭރުން އޭނާ ތިޔަބައިމީހުންގެ ކައިރިއަށް ދިއުމަށް ފަހު އެނބުރި އަހަރެންގެ ކައިރިއަށް އައުމުން ތިޔަބައިމީހުންގެ ހާލުއަހުވާލު އެނގި އަހަރެންގެ ތަބީޢަތަށް އުފާވެރިކަން ގެނެސްދޭނެއެވެ.


ތިޔަބައިމީހުންގެ މިޒާޖު ވާންޖެހޭނީ އީސާ އަލްމަސީޙާއި އެއްފަދައިންނެވެ.


މިހާތަނަށް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ހާ ފުރިހަމަކަމެއް ހާސިލު ވެއްޖެ ކަމަކަށް އަހަރެން ނުދެކެމެވެ. ނަމަވެސް އަލްމަސީޙާއި އެކުގައިވެ، އެގޮތުގައި އެ ލަނޑުދަނޑިއާއި ހަމަޔަށް ދެމިގަތުމަށް މިކުރާ މަސައްކަތާއިގެން ކުރިއަށް ދިޔުމުގައި ދެމިހުރީމެވެ. އަލްމަސީޙު އީސާގެފާނު އަހަރެން ޚިޔާރު ކުރެއްވީ އެ ސަބަބަށްޓަކައެވެ.


އެކަމަކު އަހަރެމެންނަކީ އަސްލު ގޮތުގައި ޚިތާނު ކުރެވިފައިވާ ބައެކެވެ. ސަބަބަކީ އަހަރެމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަނީ އެކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ. އަދި އަލްމަސީޙު އީސާގެފާނު ކުރެއްވި ކަންތަކަށްޓަކައި އަހަރެމެން ފަޚުރުވެރިވަމެވެ. އަހަރެމެންގެ ނަފްސުތަކާމެދަކު އަހަރެމެންގެ އިތުބާރެއް ނުވާ ޙާލުގައެވެ.


އެ ހުރިހާ އެއްޗަކީ ވެސް އަހަރެންގެ މާތްސާހިބާ އީސާ އަލްމަސީޙު ދެނެގަތުމުގައި ވާ މިންނުކުރެވޭ އަގާ އަޅާ ބަލާއިރު އެއްވެސް އަގެއް ނެތް ތަކެއްޗެވެ. އެކަލޭގެފާނަށްޓަކައި އަހަރެން އެ ހުރިހާ ތަކެއްޗެއް ގެއްލުވާލީމެވެ. އެ ހުރިހާ ތަކެއްޗަކީ ކުނިބުނި ކަމަށް ހިމެނީމެވެ. އެއީ އަހަރެން އަލްމަސީޙާއި އެކުގައިވުން ލިބިގަތުމަށެވެ.


ޕައުލް އާއި ސިލާހު އަދި ތިމޮތީގެ ފަރާތުން ތިސަލޯނިކާގެ މަސީޙީ ޖަމާޢަތުގައިވާ ހުރިހާ އެންމެންނަށް ލިޔެ ތަހުނިޔާ ފޮނުވަމެވެ. ތިޔަބައިމީހުންނީ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެއާއި އަދި މާތްސާހިބާ އީސާ އަލްމަސީޙަށް މިލްކުވެފައިވާ ބަޔަކީމުއެވެ. ތިޔަ ހުރިހާ އެންމެންނަށް ނިޢުމަތާއި ސުލްޙަވެރިކަން ދެއްވާށިއެވެ.


ތިޔަބައިމީހުންގެ ކައިރިއަށް އަހަރެމެން ދިއުމުގެ ކުރިން ފިލިއްޕީގައި އަހަރެމެން ނުހަނު ވޭނުގައިވިކަން ތިޔަބައިމީހުން ދަންނާނެއެވެ. އެ ރަށުގެ އަހުލުވެރިން އަހަރެމެން ބަދުނާމްކޮށް އަދި ގިނަބަޔަކު އަހަރެމެންނާއި ދެކޮޅުވެރި ވިއެވެ. އެމީހުން އެހެން ކަންތައް ކުރި ކަމުގައިވިޔަސް މާތްރަސްކަލާނގެ އަހަރެމެންނަށް އެކަލާނގެ ކިބަފުޅުން އައި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އިއްވުމަށް ހިތްވަރު ދެއްވިއެވެ.


މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު އަދި މާތްސާހިބާ އީސާ އަލްމަސީޙަށް އީމާންވެގެންވީ ތިސަލޯނިކާގެ މަސީޙީ ޖަމާޢަތަށް ޕައުލް، ސިލާހު އަދި ތިމޮތީގެ ފަރާތުން ސިޓީ ލިޔެ ފޮނުވަމެވެ.


މިކަންތައް ހިނގައިދާނީ މާތްސާހިބާ އެކަލޭގެފާނަށް އީމާންވެގެންތިބި ހުރިހާ މީހުން ކަމަށްވާ އެކަލާނގެ މީހުންގެ ފަރާތުން އެކަލޭގެފާނަށް ޤަދަރާއި ޖަލާލަތާއި ޙަމްދު ސަނާ ލިބިގަތުމަށް ވަޑައިގަންނަވާ ދުވަހުއެވެ. އެބައިމީހުންގެ ތެރޭގައި ތިޔަބައި މީހުންވެސް ހިމެނިގެން ވާނެއެވެ. އެއީ އެކަލޭގެފާނާއި ބެހޭގޮތުން އަހަރެމެން ދިން ރިސާލަތު ތިޔަބައިމީހުން ގަބޫލުކުރި ކަމުންނެވެ.


މި ސިޓީ އަހަރެން މި ލިޔަނީ ތެދުވެރި އީމާންތެރި ދަރިއެއް ކަމުގައިވާ ތިމޮތީ އަށެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަދި އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ތިބާއަށް ރަޙުމަތާއި ނިޢުމަތުގެ އިތުރުން ސުލްޙަވެރިކަން ދެއްވާށިއެވެ.


ހަމަ މިފަދައިން އީސާގެފާނަށް އީމާންވީ ޖަމާޢަތުގެ އެހީތެރިން ވެސް ވާންޖެހޭނީ އަނެކުންގެ އިޙްތިރާމް ލިބިގެންވާ ތެދުވެރި ބައެއް ކަމުގައެވެ. މަސްތުވެގެންވާ ޙާލަތަށް ނަފްސު ދިޔަ ނުދީ ފައިސާގެ ދަހިވެތިކަމުން އެއްކިބާ ވެގެންވާ ބައެއް ކަމުގައެވެ.


މާތްރަސްކަލާނގެ ޚާދިމު އަދި އީސާ އަލްމަސީޙުގެ މަންދޫބު ޕައުލް ލިޔަމެވެ. މާތްރަސްކަލާނގެ އަހަރެން ފޮނުއްވީ އީމާންތެރިކަމުގައިވެ އެކަލާނގެ ހޮއްވަވާފައިވީ ފަރާތްތަކަށް ހިތްވަރު ދީ އީމާންތެރިކަން އިތުރުކޮށް އެކަލާނގެ މަގުގައި އުޅޭނޭ ޙަޤީޤަތުގެ އިލްމު އުގަންނައި ދިނުމަށެވެ.


މަސީޙީ ޖަމާޢަތުގެ ބޮޑުންނަކީ މާތްރަސްކަލާނގެ މަސައްކަތުގައި ހޭދަކުރާ ބައެކެވެ. އެހެންވީމާ އެމީހުންނަކީ ޤަދަރު ލިބިގެންވާ ބަޔަކު ކަމުގައި ވާންޖެހޭނެއެވެ. ބޮޑާކަމާއެކު ދިރިއުޅުމާއި، ކުއްލި ރުޅިއައުމާއި، މަސްތުވެގެންވުމާއި، އަނިޔާވެރިވުމުގެ އިތުރުން ކަންކަމުގައި ޚިޔާނާތްތެރި ވުމުން އެއްކިބާވެ ތިބޭ ބައެއް ކަމުގައި ވާންޖެހޭނެއެވެ.


މި ސިޓީއަކީ އީސާ އަލްމަސީޙަށްޓަކައި ޖަލުގައި ހައްޔަރު ކުރެވިފައިވާ ޕައުލްގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މިސިޓީގައި އަހަރެންގެ އަޚު ތިމޮތީ ވެސް ޝާމިލު ކުރަމެވެ. އަހަރެން މި ސިޓީ މި ލިޔަނީ އަހަރެމެންގެ ލޮބުވެތި އަޚު އަދި އެހީތެރިޔާ ކަމުގައިވާ ފިލަމެންއަށެވެ.


އަހަރެމެންގެ ރަޙުމަތްތެރި ތިމޮތީ މިހާރު ޖަލުން މިނިވަންވެއްޖެ ޚަބަރު ކަލޭމެން ވާނީ އަހާފައެވެ. އޭނާ ލަސްނުވެ އަހަރެންގެ ގާތަށް އަތުވެއްޖެނަމަ އޭނާ ގޮވައިގެން ކަލޭމެންގެ ގާތަށް އަހަރެން ދާނަމެވެ.


މި ސިޓީ އަކީ މާތްރަސްކަލާނގެ އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ ޚާދިމު ޔާމިޒުގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. އަހަރެންގެ ތަހުނިޔާއަށް ފަހު އަލްމަސީޙަށް އީމާންވެގެން ތިބި ބަނީ އިސްރާއީލުގެ ބާރަ ގަބީލާގެ ތެރެއިން ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިފައިވާ ފަރާތްތަކަށް ލިޔަމެވެ.


އެއް ޒަމާނެއްގައި މަގުގެއްލިގެންވީ ކަންބަޅިތަކެއް ފަދައިން ތިޔަބައިމީހުން ދަތުރު ކުރަމުން ގެންދިޔައެވެ. ނަމަވެސް މިއަދު ތިޔަބައިމީހުން ވަނީ ހުއިހައްޕައިދިން ފަރާތަށް އެނބުރި ރުޖޫޢަވެގެންނެވެ. އެއީ ތިޔަބައިމީހުންގެ ފުރާނައިގެ ބަލަދުވެރިޔާ އެވެ.


މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި އެކަލޭގެފާނުގެ މަންދޫބެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފަރާތުން ލިޔެފޮނުވާ ސިޓީ އެކެވެ. މި ސިޓީ މިލިޔަނީ އަހަރެމެންނަށް ދެއްވި ފަދައިން މާތްކަލާނގެއާއި އަހަރެމެން ދިންނެވުން ފަރާތް އީސާއަލްމަސީޙުގެ ޞާލިޙުވަންތަކަމުން އީމާންތެރި އަގުބޮޑު ހަދިޔާ ދެއްވާފައިވާ މީސްތަކުންނަށެވެ.


މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި ޔާމިޒުގެ ކޮއްކޮ ޔަހޫޛާ ލިޔެ ފޮނުވާ ސިޓީއެކެވެ. މި ސިޓީ އަހަރެން މި ލިޔަނީ މާތްރަސްކަލާނގެ، ބައްޕާފުޅު ޚިޔާރު ކުރެއްވި ފަރާތްތަކުގެ ތެރެއިން އެކަލާނގެ އެބަޔަކާ މެދު ލޯބިފުޅުވެވޮޑިގެން އީސާ އަލްމަސީޙުގެ ރައްކާތެރިކަމުގެ ދަށުގައި ބައިތިއްބަވާފައިވާ ހުރިހާ އެންމެންނަށެވެ.


މި ފޮތަކީ އީސާ އަލްމަސީޙަށް މާތްރަސްކަލާނގެ ހާމަކޮށްދެއްވި ހާމަކޮށްދެއްވުން ތަކެކެވެ. އެއީ ދުރުނޫން ގޮތެއްގައި ހިނގާނެ ޙާދިސާ ތަކެއްގެ ޚަބަރު އެކަލޭގެފާނުގެ ޚާދިމުންނަށް ބުނެދެއްވުމަށެވެ. އަދި އަލްމަސީޙުގެ މަލާއިކަތާ އެކަލޭގެފާނުގެ ޚާދިމު ޔޫޙަންނާއަށް ހިނގާނެ މި ޙާދިސާތައް އަންގައި ދިނުމަށް ފޮނުއްވިއެވެ.


ތިބާއަށް އަހަރެންގެ ކަނާއަތުގައި ވަނިކޮށް ފެނުނު ހަތްތަރިއާއި، އަދި ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރުގެ ފޮރުވިފައިވާ މާނައަކީ މިއީ. އެ ހަތްތަރި ރަމްޒު ކޮށްދެނީ މަސީޙީ ހަތް ޖަމާޢަތުގެ މަލާއިކަތުން. އަދި ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރު ރަމްޒު ކޮށްދެނީ މަސީޙީ ހަތް ޖަމާޢަތް.⁠“


އަހަރެން އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ. ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި އަދި އީސާގެފާނާއި މެދު ހެކިވަނިވި ފަރާތްތަކާއި އެއްފަދައިން މާތްރަސްކަލާނގެ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރަން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް! އެހެނީ އީސާގެފާނާއިމެދު ހެކިދޭ ކޮންމެ މީހަކުމެ ބުނެދެނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން.⁠“


”⁠ޕެރުގަމޫމުގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ ދެމިޔަލީ ތޫނު ކަނޑި ހިފައިގެންހުރި ފަރާތުން ދިން ޚަބަރެއް.


”⁠އިޒުމީރުގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވީ ފަރާތުން ދިން ޚަބަރެއް. އެއީ މަރުވުމަށް ފަހު އަލުން ދިރުނު ފަރާތް ވެސްމެ.


ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި، އަދި ތިބާގެ އަޚުން ކަމުގައިވާ ނަބީންނާއި، އަދި މިފޮތުގައިވާ ބަސްފުޅުތަކަށް ކިޔަމަންތެރިވާ މީހުން ފަދަ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރާން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ