Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލަމެންއަށް ސިޓީ 1:8 - ކިތާބުލް މުޤައްދަސާ

8-9 އީސާ އަލްމަސީޙު އަހަރެންނަށް ދެއްވި މަތިވެރި ބާރުން އަހަރެން ތިބާއަށް އަމުރުކުރުމަކަށް ނޭދެމެވެ. އެހެނަސް އަހަރެންނަށްޓަކައި ތިބާ ހެޔޮ ހިތުން ކޮންމެހެން ވެސް މިކަން ކޮށްދޭށެވެ. އަދި މިކަން ކޮށްދިނުމަށް ތިބާގެ ކައިރިން މިއެދޭ ސަބަބަކީ އަހަރެމެން އެކަކު އަނެކަކާއި މެދުގައިވާ ލޮބުވެތިކަމުގެ ސަބަބުންމެއެވެ. އަހަރެން މިކަން ކޮށްދިނުމަށް އެދެން ބޭނުމީ މުސްކުޅި ވެފައިވާ، އަދި އީސާ އަލްމަސީޙަށްޓަކައި ޖަލުގައި ހައްޔަރު ވެވިފައިވާ މީހެއްގެ ހައިސިއްޔަތުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލަމެންއަށް ސިޓީ 1:8
7 ပူးပေါင်းရင်းမြစ်များ  

ނުބައި ބަސްތަކުންނާއި ލަދުޙަޔާތްކުޑަ ވާހަކަތަކުންނާއި މޮޔަ ބަސްތަކަކީ ތިޔަބައިމީހުންނާ ގުޅޭ ކަހަލަ ކަންތަކެއް ނޫނެވެ. އޭގެބަދަލުގައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާށެވެ.


ތިޔަބައިމީހުންގެ ކައިރިއަށް އަހަރެމެން ދިއުމުގެ ކުރިން ފިލިއްޕީގައި އަހަރެމެން ނުހަނު ވޭނުގައިވިކަން ތިޔަބައިމީހުން ދަންނާނެއެވެ. އެ ރަށުގެ އަހުލުވެރިން އަހަރެމެން ބަދުނާމްކޮށް އަދި ގިނަބަޔަކު އަހަރެމެންނާއި ދެކޮޅުވެރި ވިއެވެ. އެމީހުން އެހެން ކަންތައް ކުރި ކަމުގައިވިޔަސް މާތްރަސްކަލާނގެ އަހަރެމެންނަށް އެކަލާނގެ ކިބަފުޅުން އައި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އިއްވުމަށް ހިތްވަރު ދެއްވިއެވެ.


ތިޔަބައިމީހުންގެ ކިބައިން ވިޔަސް އަދި އެއްވެސް ބައެއްގެ ފަރާތުން ވިޔަސް އިންސާނީ ތަޢުރީފް ކުރުންތަކަކަށް އަހަރެމެން ނުބަލަމެވެ. އަލްމަސީޙުގެ މަންދޫބުންގެ ގޮތުގައި ތިޔަބައިމީހުންނާއި އެކުގައި އަހަރެމެންވީ ހިނދު ކަންތައްތައް ކުރުމަށް ތިޔަބައިމީހުންނަށް އަމުރު ކުރުމުގެ ބާރު އަހަރެމެންނަށް ލިބިގެންވީ ކަމުގައި ވިޔަސް އެފަދައިން އަހަރެމެން އަމަލު ނުކުރަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ