Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލަމެންއަށް ސިޓީ 1:7 - ކިތާބުލް މުޤައްދަސާ

7 މަގޭ އެކުވެރިޔާއެވެ. ތިބާގެ ލޯބި އަހަންނަށް އުފާވެރިކަން ގެނެސްދީ ވަރުގަދަ ހިތްވަރެއް ގެނުވައެވެ. ސަބަބަކީ ތިބާގެ އޯގާތެރިކަން މަސީޙީންގެ ހިތްތަކަށް އުފާވެރިކަމާއި ތާޒާކަން ގެނެސްދޭތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލަމެންއަށް ސިޓީ 1:7
11 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ކަމަށްވާ މަތިވެރި ބައްޕާފުޅުގެ ކިބަފުޅަށް ތަކުރާރުކޮށް އަހަރެމެން ދުޢާ ދަންނަވާއިރު ތިޔަބައިމީހުންގެ އީމާންތެރިކަން އަމަލީ ގޮތުން ދައްކައި ދިން ގޮތުގެ ވާހަކަ އަހަރެމެން ހިމަނާނަމެވެ. އަދި ތިޔަބައިމީހުން އެހާ ބުރަމަސައްކަތެއް ކުރީ ތިޔަބައިމީހުންގެ ހިތުގައިވާ މަތިވެރި ލޯބިން ކަން ވެސް ދަންނަވާނަމެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި މާތްސާހިބާ އީސާ އަލްމަސީޙާ މެދު އޮތް ވަރުގަދަ އުންމީދުގެ ވާހަކަވެސް އެކުލަވާނަމެވެ.


އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް އަބަދާއި އަބަދު ޝުކުރުވެރިވާ އެހެން ސަބަބެއް ވެސް ވެއެވެ. ތިޔަބައިމީހުންގެ މެދުގައި މާތްރަސްކަލާނގެ ބަސްފުޅު އަހަރެމެން ގެނެސްދިން ހިނދު ތިޔަބައިމީހުން އެ ޚަބަރުފުޅު އަހައި ބަލައިގަތުމުންނެވެ. ތިޔަބައިމީހުން އެ ބަސްފުޅު ބަލައިގަތީ އިންސާނަކު ގެނެސްދިން ބަސްތަކެއްގެ ގޮތުގައި ނޫންކަމެވެ. ނަމަވެސް ހަމަޔަޤީނުން ވެސް މާތްރަސްކަލާނގެ ބަސްފުޅު ކަމުގައެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ ތިޔަބައި މީހުންގެ މެދުގައި އެ ބަސްފުޅު މަސައްކަތް ކުރައްވަމުންގެންދެއެވެ.


އަހަރެމެންގެ މާތްސާހިބާ އީސާގެފާނު ވަޑައިގަންނަވާހިނދު އަހަރެމެންގެ އުންމީދަކީ ކޮބައިހެއްޔެވެ؟ އަހަރެމެން އުފާކުރުވާ އަދި އަހަރެމެންގެ ބޮލުގައި އެޅޭނެ ފަޚުރުވެރި ތާޖަކީ ކޮބާހެއްޔެވެ؟ އެއީ ތިޔަބައިމީހުންނެވެ.


ތިޔަބައިމީހުން އަހަރެމެންނަށް ގެނެސްދިން އުފާވެރިކަމާއިމެދު އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރި ވުމަށް އެދޭ މިންވަރަކަށް ޝުކުރުވެރިއެއް ނުވެއެވެ.


މާތްރަސްކަލާނގެ އޮނިސެފޯރަސް އާއި އޭނާގެ އާއިލާއަށް ރަޙުމަތް ލައްވާށިއެވެ. އޭނާ އަހަންނަށް ގިނަގިނައިން ހިތްވަރު ދީ ހެދިއެވެ. އަހަރެން ޖަލުގައި ގައިދުވެފައި ހުރީތީ އެކަމަކާ އޭނާ ލަދެއް ނުގަނެއެވެ.


މަގޭ އަޚާއެވެ. މާތްސާހިބާއަށްޓަކައި މިކަންތައް އަހަންނަށް ކޮށްދޭށެވެ. އަލްމަސީޙުގެ ކިބައިން އަހަރެންނަށް މިހިތްވަރު ދޭށެވެ.


މަތިވެރި ބައްޕާފުޅު އަހަރެމެން އަމަލު ކުރުމަށް އެންގެވި ފަދައިން ތިޔަބައިމީހުންގެ ބައެއް ދަރިން ތެދު ޙަޤީޤަތާއިމެދު ކިޔަމަންތެރިކަން އަދާކުރާކަން އެނގުމުން އަހަރެން ނުހަނު އުފާ ކުރަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ