Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލަމެންއަށް ސިޓީ 1:4 - ކިތާބުލް މުޤައްދަސާ

4 އަހަރެން ދުޢާކުރާ ކޮންމެ ވަގުތަކު މާތްރަސްކަލާނގެ ކިބަފުޅަށް ތިބާއަށްޓަކާ ޝުކުރުވެރި ވަމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލަމެންއަށް ސިޓީ 1:4
8 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންގެ މަތިން ހަނދުމަވާ ކޮންމެ ފަހަރަކު އަހަރެންގެ ކަލާނގެއަށް ޝުކުރުވެރި ވަމެވެ.


ތިޔަބައިމީހުންނަށްޓަކައި އަހަރެމެން ދުޢާ ކުރާ ހިނދު އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ބައްޕާފުޅު، މާތްރަސްކަލާނގެ ކިބަފުޅަށް އަހަރެމެން އަބަދުވެސް ޝުކުރު ދަންނަވަމެވެ.


އަހަރެމެން ދުޢާ ދަންނަވާ ހިނދު އަބަދުވެސް ތިޔަބައިމީހުންގެ މަތިން ހަނދުމަ ކުރަމުއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވަމުއެވެ.


އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުވެސް އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެފަދައިން އަހަރެމެން އަމަލު ކުރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އެއީ ތިޔަބައިމީހުން އީމާންތެރިކަމުގައި ހެދިބޮޑުވެދާ ދިއުމާއި އަދި އެކަކު އަނެކަކަށް ދެމުން ދާ ލޯބި ތިޔަބައިމީހުންގެ ތެރޭގައި އިތުރުވެ ދިއުމުގެ ސަބަބުންނެވެ.


ތިމޮތީއެވެ. ތިބާއަށްޓަކައި އަހަރެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވަމެވެ. އެކަލާނގެއީ އަހަރެމެންގެ ކާބަފައިން ފަދައިން އަހަރެންގެ ޒަމީރުގެ ސާފުކަމާއެކު އަހަރެން ޚިދުމަތްކުރާ އަހަރެންގެ ކަލާނގެއެވެ. ރޭގަނޑާއި ދުވާލު އަހަރެންގެ ދުޢާތަކުގައި ތިބާގެ މަތިން އަބަދާއިއަބަދު ހަނދުމަ ކުރެވެއެވެ.


ތިބާ މާތް ސާހިބު އީސާގެފާނާއި މެދުގައިވާ އީމާންތެރިކަމުގެ އިތުރުން މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުން ދެކެ ތިބާގެ ހިތުގައިވާ ލޮބުވެތި ކަމުގެ ޚަބަރު އަހަރެން އެހީމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ