Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލަމެންއަށް ސިޓީ 1:22 - ކިތާބުލް މުޤައްދަސާ

22 ހަމަ އެހެންމެ އަހަންނަށްޓަކައި މެހުމާނުންގެ ކޮޓަރިއެއް ތައްޔާރުކޮށް ދިނުން އެދެމެވެ. އެއީ ތިޔަބައިމީހުންގެ ދުޢާތަކަށް މާތްރަސްކަލާނގެ ޖަވާބު ދެއްވާ ތިޔަބައިމީހުންގެ ކައިރިއަށް އަހަރެން ފޮނުއްވައި ދެއްވާނެ ކަމަށް އަހަރެން އުންމީދު ކުރާތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލަމެންއަށް ސިޓީ 1:22
13 ပူးပေါင်းရင်းမြစ်များ  

އެ މަލާއިކާތާ ވިދާޅުވި. ’⁠ޕައުލް އޭ ބިރުނުގަންނާށޭ. ހަމަކަށަވަރުން ވެސް ކަލޭ ރޯމުގެ ރަސްގެފާނުގެ ކުރިފުޅުމައްޗަށް ކަލޭގެ މައްސަލަ ހުށައެޅުމަށް އެ ރަށަށް ދާނެއޭ. އަދި ކަލެއަށްޓަކައި މިދަތުރުގައިވާ އެންމެންގެ ފުރާނަ ސަލާމަތް ކުރައްވާނެ ކަމުގައި ވެސް މާތްރަސްކަލާނގެ ވަޢުދުފުޅު ކުރައްވަ އޭ.⁠‘⁠“


ދެން އެމީހުން ވަކި ދުވަހެއް ކަނޑައަޅާ ނިންމާ ޕައުލް ހުރިގެއަށް އައެވެ. އެދުވަހު އެގެއަށް އެތައް ބަޔަކު އެއްވިއެވެ. ހެނދުނުން ފެށިގެން އިރުއޮއްސެން ދެން ޕައުލް އެމީހުންނާއި ވާހަކަ ދެއްކިއެވެ. މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅާ އަދި އެހެނިހެން ރަސޫލުންނާއި ނަބީބޭކަލުންނެއް މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތައް ބޭނުންކޮށްގެން ޕައުލް އެމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި އަދި އީސާގެފާނާއި ބެހޭ ގޮތުން އަންގައިދީ އެއީ ތެދުކަން ހާމަކޮށްދީ ހެދިއެވެ.


އަދި މި އުފާވެރިކަމުގައި ދެމިހުންނާނަމެވެ. ސަބަބަކީ އަހަންނާއިމެދު ތިޔަބައިމީހުން ދުޢާ ކުރާނެކަން އެނގޭތީއެވެ. އަދި އީސާ އަލްމަސީޙުގެ މާތްރޫޙުފުޅު އަހަރެންނަށް އެހީތެރިވެދެއްވާ ސަލާމަތް ކޮށްދެއްވާނެއެވެ.


އަދި މާތްސާހިބާއަށް އަހަރެން ކުރާ އިތުބާރުން އަހަރެން ވެސް ދުރުނޫން މުސްތަގުބަލެއްގައި ތިޔަބައިމީހުންގެ ކައިރިއަށް ދާނަމެވެ.


ވަކީން ޚާއްސަކޮށް އަހަރެންނަށް ވެސް ލަހެއް ނުވެ ކަލޭމެންގެ ގާތަށް އާދެވޭތޯ ކަލޭމެންވެސް ދުޢާކޮށްދިނުމަށް އަހަރެން ވަރަށް އެދެމެވެ.


އަހަރެމެންގެ ރަޙުމަތްތެރި ތިމޮތީ މިހާރު ޖަލުން މިނިވަންވެއްޖެ ޚަބަރު ކަލޭމެން ވާނީ އަހާފައެވެ. އޭނާ ލަސްނުވެ އަހަރެންގެ ގާތަށް އަތުވެއްޖެނަމަ އޭނާ ގޮވައިގެން ކަލޭމެންގެ ގާތަށް އަހަރެން ދާނަމެވެ.


އެހެންވީމާ ކަލޭމެންގެ ތެރެއިން އެކަކު އަނެކަކަށް ކުރެވިފައިވާ ފާފަތަކަށް އެއްބަސްވެ ތައުބާ ވާށެވެ. އަދި އެކަކު އަނެކަކަށް ހެޔޮ ޙާލުގައި ވުމަށް އެދި ދުޢާކުރާށެވެ. ޞާލިޙު ގޮތުގައި ޙަޔާތު ވޭތުކުރަމުން ދާ ފަރާތްތަކުގެ ދުޢާތައް ބާރުގަދަވެފައި ބަރުދަން ހުންނާނެއެވެ.


ތިޔަބައިމީހުންނަށް ގިނަ ކަންތައްތަކެއް ބުނެދޭންވެފައި އެބަހުރިމެއެވެ. ނަމަވެސް އެ ވާހަކަތައް ގަލަމާއި ދެލިން ލިޔުމަކަށް އަހަރެން ނޭދެމެވެ. ނުހަނު އަވަހަށް ތިޔަބައިމީހުންގެ ގާތަށް އައުމަށް އަހަރެން އުންމީދު ކުރަމެވެ. އެއީ ތިޔަބައިމީހުންނާ ބައްދަލުކޮށް އެވާހަކަތައް ދެއްކުމަށެވެ. އެގޮތުން އަހަރެމެންގެ އުފާވެރިކަން ފުރިހަމަވެގެން ދާނެއެވެ.


އަހަރެން އުންމީދު ކުރަނީ ނުހަނު އަވަހަށް ތިބާއާއި ބައްދަލުވެ ތިބާގެ ގާތު މި ވާހަކަ ދެއްކުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ