ފިލަމެންއަށް ސިޓީ 1:20 - ކިތާބުލް މުޤައްދަސާ20 މަގޭ އަޚާއެވެ. މާތްސާހިބާއަށްޓަކައި މިކަންތައް އަހަންނަށް ކޮށްދޭށެވެ. އަލްމަސީޙުގެ ކިބައިން އަހަރެންނަށް މިހިތްވަރު ދޭށެވެ. အခန်းကိုကြည့်ပါ။ |
އެހެންވީމާ މަގޭ އަޚުންނާއި އުޚުތުންނޭވެ! އަހަރެން ތިޔަބައިމީހުން ދެކެ ލޯބިވުމުގެ އިތުރުން ތިޔަބައިމީހުން ދުށުމަށް ވެސް ވަރަށް ބޮޑަށް އެދެމެވެ. ތިޔަބައިމީހުން އަހަރެންނަށް އުފާވެރިކަން ގެނެސްދީ ތިޔަބައިމީހުންނާމެދުގައި އަހަރެން ފަޚުރުވެރި ކުރުވުމުގެ ސަބަބުންނެވެ. އެހެންވީމާ، އަހަރެން ކުރިން ވެސް ބުނި ފަދައިން މާތްސާހިބާގެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭށެވެ.
ކަލޭމެންގެ އިސްވެރިންނަށް ކިޔަމަންވެ އެމީހުން އަންގަވާ ގޮތަކަށް ކަންތައް ކުރާށެވެ. އެމީހުންނަކީ ކަލޭމެންގެ ރޫޙާނީކަންތައް ބަލަހައްޓަވަމުން ގެންދަވާ މީހުންނެވެ. އެމީހުން ކުރި ކަންތަކާ މެދު މާތްރަސްކަލާނގެ ކުރައްވާ ސުވާލުތަކަށް އެމީހުން ޖަވާބުދާރީ ވާން ޖެހޭނެއެވެ. އެހެންކަމުން އެމީހުންނަށް ކަލޭމެންގެ ފަރާތުން ހިތްދަތިކަން ނުދޭށެވެ. އެމީހުން ރުއްސާށެވެ. އެހެންނޫނީ އެމީހުންނަކަށް ކަލޭމެންނާ މެދަކު އެހީތެރިއެއް ނުވެވޭނެއެވެ.