2 އަދި ތިބާގެ ގޭގައިވާ މަސީޙީ ޖަމާޢަތަށާއި، ލޮބުވެތި އުޚުތެއް ކަމަށްވާ އައްޕިޔާ އާއި އަހަރެމެންގެ އެކުވެރި ފަހުލަވާނު އަރުޚިއްޕުސް އަށްވެސް ތަހުނިޔާ ފޮނުވަމެވެ.
މިވަގުތު އަހަންނަށް ހީވަނީ ތިޔަބައިމީހުންގެ ކައިރިއަށް އެފަފުރޮދިތު އަނބުރާ ފޮނުވަންވީ ހެންނެވެ. އޭނާއަކީ ޙަޤީޤީ އަޚެކެވެ. މަސައްކަތުގެ ބައިވެރިއެކެވެ. އަދި ހަނގުރާމަވެރި އެކުވެރިއެކެވެ. އެއީ އަހަންނަށް ބޭނުންވި ހިނދު ޚަބަރު ހިފައިގެންނާއި އެހީތެރިވުމަށް ތިޔަބައިމީހުން ފޮނުވި މުރާސިލު ވެސް މެއެވެ.
އަދި ލަވުދީކިޔާގެ އެންމެހާ މަސީޙީންނަށް އަހަރެންގެ ތަހުނިޔާ ރައްދު ކޮށްދިނުން އެދެމެވެ. ޚާއްސަކޮށް ނިމްފާއަށް އަހަރެންގެ ތަހުނިޔާ ރައްދު ކޮށްދޭށެވެ. އަދި އެކަނބުލޭގެ ގޭގައި ބައްދަލުވެ ހެދި މަސީޙީންނަށް ވެސްމެއެވެ.
އަދި އަރުޚިއްޕުސް ގާތު މިފަދައިން ބުނެދޭށެވެ. ”މާތްސާހިބާ ޙަވާލުކުރެއްވި މަސައްކަތް ފުރިހަމަޔަށްކޮށް ނިންމައިދޭށޭ.“