Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލަމެންއަށް ސިޓީ 1:19 - ކިތާބުލް މުޤައްދަސާ

19 މި ލިޔުން މިލިޔަނީ އަހަރެންގެ އަމިއްލަ އަތުންނެވެ. ”⁠އަހަރެން، ޕައުލް، ތިބާއަށް އެއަގު އަދާކުރާނަން.⁠“ ނަމަވެސް ތިބާގެ މުޅި ޙަޔާތް އަހަންނަށް ދަރާފައިވާކަން ފަހަރެއްގައި ވެސް ހަނދާން ނައްތާނުލާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލަމެންއަށް ސިޓީ 1:19
14 ပူးပေါင်းရင်းမြစ်များ  

އަހަރެން ބަންޔާމީނާއިމެދު ޒިންމާވާނަމު. އޭނާއަށް ރައްކާތެރިކަން ޚުދު އަހަރެން ދޭނަން. އަދި ބަފައިކަލުންގެ އަރިހަށް އޭނާ ގެނެސްދޭނަން ވެސްމެ. މިފަދައިން އަހަރެންނަށް އަމަލު ނުކުރެވިއްޖެނަމަ އެކަމުގެ އިލްޒާމު މުޅި އުމުރަށް އަހަރެންގެ ބޮލުގައި އަޅުއްވާ.


އަޑުއަހާށެވެ. އަހަރެން ޕައުލް ކަލޭމެންނަށް ބުނަމެވެ. ކަލޭމެން މާތްރަސްކަލާނގެ ދެއްވާ ރުއްސެވުން ހޯދުމަށް، ޚިތާނު ކުރަންޖެހޭ ކަމުގައި ދެކެނީނަމަ، ދެން އީސާ އަލްމަސީޙުގެ އެއްވެސް ބޭނުމެއް ކަލޭމެންނަކަށް ނުވެއެވެ.


މަގޭ އަމިއްލަ އަތުން ކަލޭމެންނަށް ސިޓީ ލިޔާއިރު އަހަރެން ލިޔެފައި ހުންނަ ލިޔުމުގެ އަކުރުތައް ބޮޑުކަން ކަލޭމެންނަށް ފާހަގަވާނެއެވެ.


މި ސިޓީ އަހަރެން މި ލިޔަނީ ތެދުވެރި އީމާންތެރި ދަރިއެއް ކަމުގައިވާ ތިމޮތީ އަށެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަދި އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ތިބާއަށް ރަޙުމަތާއި ނިޢުމަތުގެ އިތުރުން ސުލްޙަވެރިކަން ދެއްވާށިއެވެ.


މިސިޓީ ލިޔެ މި ފޮނުވަނީ އީމާންތެރިކަމުގައި ވީ އަހަރެންގެ ދަރިފުޅު، ތީތުސް އަށެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު އަދި އަހަރެމެން ދިންނަވާ ފަރާތް އީސާ އަލްމަސީޙު ތިބާއަށް ނިޢުމަތާއި އަދި ސުލްޙަވެރިކަން ދެއްވާށިއެވެ!


އޭނާ ތިބާއަށް އަނިޔާވެރިވެ، ނޫނީ އެއްވެސް އެއްޗަކަށް ދަރާފައި ވާނަމަ އެއެއްޗެއް އަހަރެން ނަށް އަންގާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ