Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލަމެންއަށް ސިޓީ 1:17 - ކިތާބުލް މުޤައްދަސާ

17 އެހެންވީމާ، ތިބާގެ އެންމެ ގާތް މީހެއްގެ ގޮތުގައި މަށާއިމެދު ދެކޭ ކަމުގައިވާނަމަ، އަހަންނަށް މަރުޙާބާ ކިޔާނޭ ފަދައިން އޭނާއަށް ވެސް މަރުޙާބާ ކިޔާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލަމެންއަށް ސިޓީ 1:17
17 ပူးပေါင်းရင်းမြစ်များ  

”⁠ތިޔަބައިމީހުން ބަލައިގަންނަ ކޮންމެ މީހަކީ އަހަރެން ވެސް ބަލައިގަންނަ މީހެއް ކަމުގައިވާނެ. އަދިހަމައެހެންމެ، އަހަރެން ބަލައިގަންނަ ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތް ވެސް ބަލައިގަންނަ މީހެއް ކަމުގައިވާނެ.


އަދި އަހަރެންގެ ނަމުގައި މިފަދަ ކުޑަކުދިން ބަލައިގެންފި ކޮންމެ މީހަކީ އަހަރެން ވެސް ބަލައިގަތް މީހެއްކަމުގައި ވާނެ.


ރަސްގެފާނު ޖަވާބުގައި ވިދާޅުވާނެ. ’⁠އަހަރެން މިބުނަނީ ތެދެއް. މީސްތަކުންގެ ތެރޭން އަހަރެންނަށް އިމާންވާ އެންމެ ދެރަ މީހާއާ މެދު އެފަދަ ކަމެއް ކުރިޔަސް އެކަމެއް އެކޮށްދެވުނީ އަހަރެންނަށް.⁠‘


ލީދިޔާ އާއި އޭނާގެ ގޭގެ އެންމެން ތައުބާގެ ހިނެވުމުން ހިނެވުނު ދުވަހު އަހަރެމެންނަށް އޭނާގެ ގެއަށް އައުމަށް ދައުވަތު ދީ ލީދިޔާ މި ފަދައިން ބުންޏެވެ. ”⁠އަހަރެން މިއީ ތެދު ގޮތުގައި އީސާގެފާނަށް އީމާންވެގެންވާ މީހަކު ކަމުގައި ކަލޭމެން ގަބޫލު ކުރަނީ ނަމަ ކަލޭމެން އަހަރެންގެ ގޭގައި ތިބޭ.⁠“ އަދި އޭނާ ކުރުނުކޮށް އެދެމުން ގެންދިއުމުން އެންމެފަހުން އަހަރެމެން އެއްބަސްވެ އެގެއަށް ދިޔައީ އެވެ.


އަދި މި ހާމަކޮށްދެއްވާ ސިއްރަކީ އީސާ އަލްމަސީޙު ދެއްވި ދިންނެވުން ލިއްބައިދޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ ފަރާތްތަކާ ޙިއްސާ ކުރެއްވުމަށް ބަނީއިސްރާއީލު ދަރިކޮޅަށް ވަޢުދުވެ ވޮޑިގެންނެވުމެވެ. އަދި މި ދެދަރިކޮޅުގެ އަހުލުވެރިން މަސީޙީ ޖަމާޢަތުގައި އެއް ހަށިގަނޑެއް ފަދައިން ލެއްވިއެވެ.


ތިޔަބައިމީހުން އެންމެންނާ މެދު އަހަންނަށް އިހުސާސް ކުރެވެނީ ހަމަ ރަނގަޅަށެވެ. ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ ހިތުގައި ޚާއްސަ ޖާގައެއް ވެއެވެ. އެއީ އުފާވެރި ޚަބަރު ފުޅާއިމެދު ޔަޤީންކަން އުފެއްދުމުގައިއާއި އެ ޚަބަރުފުޅުގެ ދިފާޢުގައި އަހަރެން ފެއްޓި މަސައްކަތުގައި އަހަރެން ޖަލުގައި ބަންދުވެފައި މިވާ ވުމުގައި އެކަލާނގެ ދެއްވި ޚާއްސަ ނިޢުމަތުގައި ތިޔަބައިމީހުން ވެސް ހިމެނޭތީއެވެ. އެއީ ތަބިޢީ ގޮތުން އަހަރެން ކުރަމުން މިގެންދާ މަސައްކަތުގައިވާ އިހުސާސްތަކުންނެވެ. މާތްރަސްކަލާނގެ އަހަރެންނަށް ދެއްވި މި ނިޢުމަތުގައި އަހަންނާއިއެކު ތިޔަބައިމީހުން ޙިއްސާ ކުރަމެވެ. އެއީ ޖަލުގައި އަހަރެން މިހެން ހައްޔަރުވެހުރެ، ހެޔޮޚަބަރުފުޅު ދިފާޢުކޮށް މި އުފާވެރި ޚަބަރުފުޅު އަންގައިދެމުން ގެންދާ ހިނދުގައި ވެސްމެއެވެ.


މިފަދައިން މަސީޙީ ނޯކަރުންނަށް މަސީޙީ ދީނުގެ ސާހިބަކު ލިބިފައިވާނަމަ އެސާހިބަކަށް ކުރާ ގަދަރާއި އިޙުތިރާމު މާ ބޮޑަށް ފުރިހަމަ ކުރާންވާނެއެވެ. ސަބަބަކީ އެމީހުންނަކީ މާތް ސާހިބު، އީސާގެފާނަށް އީމާންވެގެންވާ ބައެއްކަމުގައި ވުމުން އެފަދަ ނޯކަރުންނަށް އެ އެހީތެރިވެވެނީ ހުރިހާ މާނައެއްގައި ލޯތްބާއި އަޚުވަންތަ ކަމާއެކުގައެވެ. ތިމޮތީއެވެ. މި ތެދު ޙަޤީޤަތް މީސްތަކުންނަށް އުނގަންނައިދޭށެވެ. އަދި އީމާންވީ ފަރާތްތަކުން މި މަގުގައި ކުރިއަށް ދިއުމަށް ހިތްވަރު ދޭށެވެ.


އަހަރެންގެ އެދުމަކީ އޮނެސިމަސްއަށް ތިބާ އޯގާތެރި ވުމެވެ. އަހަރެން ދެކޭ ގޮތުގައި އޭނާ އަކީ އަހަރެންގެ ދަރިއެއްފަދަ ކުއްޖެކެވެ. އޭނާ އީސާ އަލްމަސީޙަށް އީމާންވީ އަހަރެންގެ މި ހައްޔަރު ވުމުގައި އަންގައިދިން އުނގަންނައިދިނުންތަކުގެ ސަބަބުންނެވެ.


އަހަރެން އޭނާ އަނބުރާ ތިބާގެ ކައިރިއަށް މި ފޮނުވަނީ އަހަރެންގެ ހިތާއެކުގައެވެ.


އޭނާ ތިބާއަށް އަނިޔާވެރިވެ، ނޫނީ އެއްވެސް އެއްޗަކަށް ދަރާފައި ވާނަމަ އެއެއްޗެއް އަހަރެން ނަށް އަންގާށެވެ.


އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.


އަހަރެމެން ފެށުނު އިރު އީމާން ކަމުގައި ތިބި ފަދައިން ނިމެންދެން ވެސް އީސާ އަލްމަސީޙާ މެދު ޔަޤީންކަން ދަމަހައްޓައިފި ނަމަ އަހަރެމެން ވާނީ އެކަލޭގެފާނުގެ ބައިވެރިންކަމުގައެވެ.


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ ކަނުލައި އަޑުއަހާށެވެ! އީމާންތެރިކަމުގައި މުއްސަނދި ކުރުވުމަށް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވީ މިދުނިޔެއިން ނިކަމެތި ފަގީރުންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް އެކަލާނގެ ރަސްކަންފުޅުން ލިބިދޭ ޙައްޤާއިމެދު އެބައިމީހުންނަށް ވެސް ޙިއްސާ ކުރެވޭނެ ކަމުގެ ވަޢުދުވެވޮޑިގެންނެވިއެވެ.


އެގޮތުން ގޮވާލެއްވުނު މަސީޙީ ޖަމާޢަތުގައިވާ ބޮޑުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބަހެއް ބުނެލުމަށް މި ހިނދު އަހަރެން ބޭނުމެވެ. އަހަރެންނަކީ ވެސް މަސީޙީ ޖަމާޢަތުގެ ބޮޑެއްމެއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރެއްވި ވޭންތަކަކީ އަހަރެންގެ ލޮލުން ދުށް ކަންތައްތަކެވެ. މީގެ އިތުރުން އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމުން އެކަލޭގެފާނުގެ ނޫރުފުޅާއި މަތިވެރިކަން އަހަރެންނަށް ވެސް ޙިއްސާ ކުރެވޭނެއެވެ. ޖަމާޢަތުގެ ބޮޑެއްގެ ޙައިސިއްޔަތުން ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ އިލްތިމާސް އަކީ މިއީއެވެ.


ތިޔަބައިމީހުންނަށް އަހަރެމެން ބުނެދެމުން މި ގެންދަނީ އަހަރެމެންނަށް ފެނިފައިވި އަދި އިވިފައިވި ކަންތައްތަކެވެ. އެހެންވީމާ، ތިޔަބައިމީހުން އެފަރާތާއި މެދު އީމާންތެރި ކަމުގައިވެ އަހަރެމެންނާއި އެކުގައި އެއްބައިވަންތަ ގުޅުމެއްގައި ވުމަށް އެދެމެވެ. އެއްބައިވަންތަ ގުޅުމެއްގައި އަހަރެމެން ވަނީ މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅާއި އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙު އާއި އެކުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ