ފިލަމެންއަށް ސިޓީ 1:16 - ކިތާބުލް މުޤައްދަސާ16 މިއަދު އޭނާ އަކީ ތިބާގެ ހަމައެކަނި އަޅެއް ނޫނެވެ. އެކަމަކު އަޅަކަށްވުރެ މާ މަތިވެރި މީހެކެވެ. އޭނާ އަކީ ތިބާގެ ލޮބުވެތި އަޚެއް ވެސްމެއެވެ. ޚާއްސަކޮށް އަހަރެންގެއެވެ. އެކަމަކު އަހަރެމެން ދެމީހުންނަށް އޭނާ ކިހާ މުހިންމު ތޯ؟ އަޅެއްގެ ގޮތުންނާއި އަދި އަލްމަސީޙުގެ ފަރާތުން ލިބިފައިވާ އަޚެއްގެ ގޮތުންނެވެ. အခန်းကိုကြည့်ပါ။ |
ދެން އަނާނިޔާހު ޔުދާސްގެ ގެ ހޯދައިގެން އެގެއަށް ދިޔައެވެ. އެގެއަށް ގޮސް އޭނާ ޝާއުލް އަށް ބުންޏެވެ. ”ޝާއުލް އަހަރެން މި އައީ މާތްސާހިބާ އީސާގެފާނު އަހަރެން ފޮނުއްވީމަ. ކަލޭ ދިމިޝްޤަށް ދަތުރުކޮށް އައި މަގުމަތީގައި ކަލެއަށް ވެސް ފެނުނީ ހަމަ އެކަލޭގެފާނު. އެކަލޭގެފާނު އަހަރެން ފޮނުއްވީ ކަލެއަށް ކަލޭގެ ލޮލުގެ އަލިކަން އަނބުރާ ދެއްވުމަށް. އަދި ކަލެއަށް މާތްރޫޙުފުޅު ވެސް ދެއްވުމަށް.“
އަޅުންނޭވެ! ތިޔަބައިމީހުންގެ ދުނިޔެވީ ސާހިބުންނަށް ހުރިހާ އިރެއްގައި ވެސް ކިޔަމަންތެރިވާށެވެ. ހަމަ އެކަނި މީހުންގެ ލޯމައްޗަކު އެކަންޏެއް ނޫނެވެ. އަދި މީހުންގެ ރުހުން ހޯދުމަކަށެއް ވެސް ނޫނެވެ. އެކަމަކު އެއީ މާތްސާހިބާ އަށް ޤަދަރުކޮށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިން އެދިގެން ކުރާ ކަމެއްގެ ގޮތުގައެވެ.
މިފަދައިން މަސީޙީ ނޯކަރުންނަށް މަސީޙީ ދީނުގެ ސާހިބަކު ލިބިފައިވާނަމަ އެސާހިބަކަށް ކުރާ ގަދަރާއި އިޙުތިރާމު މާ ބޮޑަށް ފުރިހަމަ ކުރާންވާނެއެވެ. ސަބަބަކީ އެމީހުންނަކީ މާތް ސާހިބު، އީސާގެފާނަށް އީމާންވެގެންވާ ބައެއްކަމުގައި ވުމުން އެފަދަ ނޯކަރުންނަށް އެ އެހީތެރިވެވެނީ ހުރިހާ މާނައެއްގައި ލޯތްބާއި އަޚުވަންތަ ކަމާއެކުގައެވެ. ތިމޮތީއެވެ. މި ތެދު ޙަޤީޤަތް މީސްތަކުންނަށް އުނގަންނައިދޭށެވެ. އަދި އީމާންވީ ފަރާތްތަކުން މި މަގުގައި ކުރިއަށް ދިއުމަށް ހިތްވަރު ދޭށެވެ.
އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.