Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފިލަމެންއަށް ސިޓީ 1:10 - ކިތާބުލް މުޤައްދަސާ

10 އަހަރެންގެ އެދުމަކީ އޮނެސިމަސްއަށް ތިބާ އޯގާތެރި ވުމެވެ. އަހަރެން ދެކޭ ގޮތުގައި އޭނާ އަކީ އަހަރެންގެ ދަރިއެއްފަދަ ކުއްޖެކެވެ. އޭނާ އީސާ އަލްމަސީޙަށް އީމާންވީ އަހަރެންގެ މި ހައްޔަރު ވުމުގައި އަންގައިދިން އުނގަންނައިދިނުންތަކުގެ ސަބަބުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފިލަމެންއަށް ސިޓީ 1:10
14 ပူးပေါင်းရင်းမြစ်များ  

ރަސްގެފާނު އަބީޝާއި އާއި އިއްތާއީއާއި ޔުއާބު އަށް އެންގެވިއެވެ. ”⁠އަހަންނަށްޓަކައި އަބްޝާލޫމާ ދޭތެރޭ ހަރުކަށިކޮށް ކަމެއް ނުކުރާތި!⁠“ އެންމެންނަށް ވެސް ރަސްގެފާނުގެ މި އެންގެވުން އަޑުއިވުނެވެ.


އެ ހިނދު އެއްވެފައިވާ މީސްތަކުންގެ ތެރެއިން ފިރިހެނަކު ޖަވާބު ދިނެވެ. ”⁠އެދުރު ކަލޭގެފާނު، ޖިންނީގެ އުނދަގޫ ކުރިމަތިވުމުގެ ސަބަބުން ވާހަކަ ނުދެކެވޭ އަޅުގަނޑުގެ ފިރިހެން ދަރިފުޅުގެ ބަލި ހެޔޮކޮށްދެއްވުމަށް ކަލޭގެފާނުގެ އަރިހަށް އަޅުގަނޑު މިވަނީ ގެނެސްފައި.


މަގޭ ދަރިންނޭވެ! އީސާ އަލްމަސީޙު ގެ ކިބައިގައިވާ ސިފަތައް ކަލޭމެންގެ ކިބައިގައި އަށަގަތުމަށް ދާންދެން އަންހެނަކު ވިހެއުމަށް އަޅާފަދަ ބޮޑުވޭނެއް އަހަރެންގެ ހިތުގައި ކަލޭމެންނަށްޓަކައި އެބައަޅައެވެ.


އޭނާގެ މި ދަތުރުގައި އަހަރެމެންގެ ލޮބުވެތި ވަފާދާރު އަޚު، އޮނެސިމަސް ބައިވެރިވާނެއެވެ. އޭނާއަކީ ތިޔަ ރަށުގެ އަހުލުވެރިއެއް ވެސްމެއެވެ. އެމީހުން ހުރިހާ ވާހަކައެއް ތިޔަބައިމީހުންނަށް ކިޔާދޭނެއެވެ.


މި ސިޓީ އަހަރެން މި ލިޔަނީ ތެދުވެރި އީމާންތެރި ދަރިއެއް ކަމުގައިވާ ތިމޮތީ އަށެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަދި އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ތިބާއަށް ރަޙުމަތާއި ނިޢުމަތުގެ އިތުރުން ސުލްޙަވެރިކަން ދެއްވާށިއެވެ.


މިސިޓީ ލިޔެ މި ފޮނުވަނީ އީމާންތެރިކަމުގައި ވީ އަހަރެންގެ ދަރިފުޅު، ތީތުސް އަށެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު އަދި އަހަރެމެން ދިންނަވާ ފަރާތް އީސާ އަލްމަސީޙު ތިބާއަށް ނިޢުމަތާއި އަދި ސުލްޙަވެރިކަން ދެއްވާށިއެވެ!


މާޒީގައި އޮނެސިމަސްގެ ބޭނުން ތިބާއަށް އެދެވޭ ގޮތުގައި ހިފިފާ ނުވިކަމުގައިވިޔަސް މިހާރު އޭނާއަކީ އަހަރެމެން ދެމީހުންނަށް ވެސް ވަރަށް ބޭނުންތެރި މީހެކެވެ.


ޙަޤީޤަތުގައި އަހަރެން ބޭނުންވަނީ އޭނާ އަހަރެންގެ ކައިރީގައި ބަހައްޓާށެވެ. ސަބަބަކީ އަހަރެން އިއްވަމުންމިދާ ހެޔޮޚަބަރުފުޅުގެ ސަބަބުން މި ގޮތަށް ހިލިހިލާ ޖެހިގެން ވީހިނދު ތިބާގެ ބަދަލުގައި އޭނާގެ އެހީތެރިކަން އަހަންނަށް ލިބިދޭތީވެއެވެ.


ޙައްޤު ގޮތުގައި ދެމިތިބެ އަހަރެންގެ ދަރިން ކުރިއަށް ދާކަމުގެ ޚަބަރު ލިބުމުން ލިބޭ އުފަލަށް ވުރެން މަތިވެރި އުފަލެއް އަހަރެންނަކަށް ނުލިބޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ