ފިލަމެންއަށް ސިޓީ 1:1 - ކިތާބުލް މުޤައްދަސާ1 މި ސިޓީއަކީ އީސާ އަލްމަސީޙަށްޓަކައި ޖަލުގައި ހައްޔަރު ކުރެވިފައިވާ ޕައުލްގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މިސިޓީގައި އަހަރެންގެ އަޚު ތިމޮތީ ވެސް ޝާމިލު ކުރަމެވެ. އަހަރެން މި ސިޓީ މި ލިޔަނީ އަހަރެމެންގެ ލޮބުވެތި އަޚު އަދި އެހީތެރިޔާ ކަމުގައިވާ ފިލަމެންއަށެވެ. အခန်းကိုကြည့်ပါ။ |
އީސާ އަލްމަސީޙު އަހަރެން ޚިޔާރު ކުރެއްވީ އެކަލޭގެފާނުގެ ސަފީރެއްގެ ގޮތުގައެވެ. އަދި އެ ސަބަބަށްޓަކައި އަހަރެން މިވަނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ހައްޔަރު ކުރެވިފައެވެ. އެހެންވީމާ، ދިންނެވުން ލިބިދޭ ޚަބަރުފުޅު ވަޢުޡު އަހަރެން ކުރަން ޖެހޭ ގޮތަށް ހިތްވަރުގަދަ ކަމާއެކު ބުނެވޭނެ ފަދައިން ހިންމަވައި ދެއްވުން އެދި އަހަރެންނަށްޓަކައި ދުޢާކޮށްދޭށެވެ.
މީގެއިތުރުން އީމާންތެރިކަމުގައި ވީ އަހަރެންގެ އެކުވެރިޔާ ކައިރިން މި ދެއަންހެނުންގެ މެދުގައި ސުލްޙަވެރި ޙަޔާތެއް ވޭތު ކުރުމަށް އެހީތެރިވެ ދިނުމަށް އެދެމެވެ. އަދި މި ދެ އަންހެނުން އަހަރެންނާއި ކިލެމެންތުއާއި ދެމީހުންނާއި އެކު އެހެނިހެން ފަރާތްތަކަށް ހެޔޮޚަބަރުފުޅު އަންގައި ދިނުމުގައި އެހީތެރިވެދިނެވެ. އެމީހުންގެ ނަން ޙަޔާތުގެ ފޮތުގައި މިހާރު ވާނީ ލިޔެވިފައެވެ.
އަހަރެމެން ޖުސްތުސްގެ ނަމުން މުޚާތަބުކުރާ ޔަސޫޢު ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. ބަނީއިސްރާއީލުންގެ އީސާއީންގެ ތެރެއިން އަހަރެންނާއިއެކު މިތަނުގައި ވަނީ މިތިން މީހުން އެކަންޏެވެ. އެމީހުން އަހަރެންނާއިއެކުގައި މަސައްކަތް ކުރަނީ މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައެވެ. އަދި އެމީހުންގެ ފަރާތުން ނުހަނު ލުއިފަސޭހަކަށް އަހަރެންނަށް ލިބިދެއެވެ.
އޭނާއަކީ އަހަރެމެންނާއި އެކު އެހީތެރިއެއްގެ ގޮތުގައި މާތްރަސްކަލާނގެއަށްޓަކައި ޚިދުމަތްކުރުމުގައިވާ އަޚެކެވެ. އަދި އޭނާ އަލްމަސީޙާ ބެހޭ ހެޔޮޚަބަރުފުޅު މީސްތަކުންނަށް ބުނެދިނުމެވެ. އަހަރެމެން އޭނާ ތިޔަބައިމީހުންގެ ކައިރިއަށް މި ފޮނުވަނީ ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަން ވަރުގަދަ ކޮށްދީ އަދި ތިޔަބައިމީހުންނަށް ހިތްވަރު ދިނުމަށެވެ.
އެހެންވީމާ، މާތްރަސްކަލާނގެ އާއިމެދު މީސްތަކުންނަށް އަންގައި ދިނުމުގައި ތިބާ ލަދުވެތި ނުވާށެވެ. އަދި އަހަރެން އީސާ އަލްމަސީޙަށްޓަކައި ހުރަގޭގައި ހައްޔަރުވެފައި ވާތީވެ އަހަރެންނާމެދުގައި ވެސް ލަދުވެތި ނުވާށެވެ. އަދި މާތްރަސްކަލާނގެ ތިބާއަށް ދެއްވި މަތިވެރި ބާރާއެކު އަހަރެންނެކޭ އެއްފަދައިން އެ ހެޔޮޚަބަރުފުޅު އިޢުލާންކުރާއިރު ވޭން އުފުލުމަށް ތިބާ ވެސް ތައްޔާރުވެ ހުންނާށެވެ.