މަރުކުސް 9:9 - ކިތާބުލް މުޤައްދަސާ9 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފަރުބަދަ މަތިން ތިރިއަށް ވަޑައިގެންނެވި ހިނދު އީސާގެފާނު އެބޭކަލުންނަށް އަމުރު ކުރައްވައި ވިދާޅުވިއެވެ. ”އިންސާނާގެ ދަރިކަލުން މަރުވުމަށް ފަހު އަލުން ދިރިގެން ތެދުނުވަންދެން ތިޔަބައިމީހުންނަށް ފެނިދިޔަ ކަންތައްތަކުގެ ވާހަކަ އެއްވެސް މީހަކަށް އަންގައިގެން ނުވާނެ.“ အခန်းကိုကြည့်ပါ။ |
އެހިނދުން ފެށިގެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މި ވާހަކަތައް ކިޔައިދެއްވަން ފެއްޓެވިއެވެ. އެއީ އެކަލޭގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވަން ޖެހޭނޭ ކަމުގައްޔާއި، ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑުއިމާމުންނާއި އަދި ދީނުގެ ދަންނަބޭކަލުން އެތަނުގައި އެކަލޭގެފާނަށް ތަފާތު މުސީބާތްތަކާއި އުނދަގޫތައް ޖައްސަވާނެ ކަމުގެ ވާހަކަތަކެވެ. އަދި އެކަލޭގެފާނު އަވަހާރަ ކޮށްލެވޭނޭ ކަމުގައްޔާއި އަދި އޭގެ ތިންވަނަ ދުވަހު އަލުން ދިރުއްވޭނޭ ކަމުގައި ވެސް އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ.
ދެން އީސާގެފާނު އެމީހާއަށް ވިދާޅުވިއެވެ. ”މިވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނާތި. އެކަމަކު ތިބާގެ ހަށިގަނޑު އިމާމަކަށް ދެއްކުމަށްދޭ. އަދި މިފަދަ ބަލިތައް ޖެހިފައިވާ މީހުން ފަސޭހަ ވުމުން ތައުރާތުގައި މޫސާގެފާނު އިރުޝާދު ދެއްވާފައިވާ ފަދައިން ޤުރުބާންތައް ހުށަހަޅާ. އެއީ ހުރިހާ އެންމެންނަށް ތިޔަބަލިން ތިބާ ރަނގަޅުވެއްޖެކަން އަންގައި ދިނުމަށް ޓަކާ.“