Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 9:47 - ކިތާބުލް މުޤައްދަސާ

47 އަދި ތިބާގެ ލޮލަކުން ފާފަތަކަށް އަރައިގެންފިނަމަ އެ ލޮލެއް ނަގާ! އެއީ ދެ ލޮލާއިއެކު ނަރަކަޔަށް ހުށަހެޅި ގަތުމަށް ވުރެން އެއް ލޮލާއި އެކު މާތްރަސްކަލާނގެ ރަސްކަންފުޅަށް ދިއުން މޮޅުއިތުރު ވެގެންވާތީ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 9:47
14 ပူးပေါင်းရင်းမြစ်များ  

އަންހެނާ އެގަހުގެ މޭވާއަށް ބަލާލިއެވެ. އަދި އެއީ ކެއުމަށް ކަމުދާ، ބަލާލަން ރީތި، އަދި އެއީ އެކެއުމުން ޙިކުމަތްތެރިކަން ލިބޭނެފަދަ މޭވާއެއްކަން އެނގުމުން އޭނާ ވަރަށްބޮޑަށް އެ މޭވާ ކާހިތްވެއްޖެއެވެ. ދެން އޭނާ އެމޭވާ ބިނދެގެން އޭގެ ބައެއް ކައިފިއެވެ. އަދި އެމޭވާގެ އަނެއްބައި އޭނާއާ އެކުގައިވާ ފިރިމީހާއަށް ދިނުމުން އޭނާ ވެސް އެމޭވާ ކައިފިއެވެ.


ތިބާގެ ލޯ ފާފަކުރުވާ ކަމުގައިވާނަމަ، އެ ލޮލެއް ނަގައި އެއްލައިލާ. އެއީ ދެ ލޮލާއި އެކުގައި ތިބާ ނަރަކައިގެ އަލިފާނުގެ ތެރެއަށް ދިއުމަށް ވުރެން އެއް ލޮލާއިގެން އަބަދަށް ޓަކައި ދިރިހުރުން މާއެދެވޭތީ.⁠“


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިމާގެ އަޚާ ދެކެ ރުޅިއައިސްގެން ވެސް ނުވާނެ. ނޫނީ ތިމާ އަދާލަތުގެ ކުރިމައްޗަށް ގެންދަން ޖެހިދާނެ. ތިމާގެ އަޚާއަކީ މޮޔައެކޭ ކިޔައި ހުތުރުއެއްޗެހި ގޮވާ މީހާ ވެސް އަދާލަތުގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނެ. އަދި އަނެކާއަކީ ސޮހޮލެކޭ ބުނާ މީހާއަށް ނަރަކައިގެ އަލިފާނުން ސަޒާ ދެވޭނެ.


އެހެންވީމާ، ތިބާގެ އަތަކުން ފާފަތަކަށް އަރައިގެންފިނަމަ އެ އަތެއް ކަނޑާލާ. އެއީ ދެއަތް ލިބިގެންވާ ޙާލުގައި ނިމުންނުވާ އަލިފާނުގެ ތެރެއަށް ދިއުމުގެ ބަދަލުގައި އެއް އަތް ހުރެމެ ނުކުޅެދިގެންވާ ޙާލުގައި ވެސް ނިމުންނުވާ ދިރިހުރުން ލިބުން މޮޅުއިތުރު ވެގެންވާތީ.


”⁠އަހަރެންގެ ކައިރިއަށް އަތުވެއްޖެ ކޮންމެ މީހަކުމެ އެމީހެއްގެ ބައްޕަ އާއި މަންމައަށާއި އަނބިމީހާއަށާއި ދަރިންނަށާއި ބޭބެއިންނާއި ދައްތައިންނަށާއި އަދި ކީއްކުރަން އެމީހެއްގެ އަމިއްލަ ފުރާނައަށް ލޯބިވާވަރަށް ވުރެ ވެސް ބޮޑަށް އަހަރެން ދެކެ ލޯބިނުވަނީ ނަމަ އެމީހަކަށް އަހަރެން އެންގި މަގުން ހިނގާ އަހަރެންގެ އަސްޙާބީއަކަށް ނުވެވޭނެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ހަމަ ތެދެއް، އަލުން އުފަންނުވާ އެއްވެސް މީހަކަށް މާތްރަސްކަލާނގެ ރަސްކަންފުޅު ހާސިލެއް ނުކުރެވޭނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ނަމަވެސް މީހަކު ފެނާއި ރޫޙުން އުފަންނުވާ ހާ ހިނދަކު އެމީހަކު މާތްރަސްކަލާނގެ ރަސްކަންފުޅުގައި ހަމަ ޔަޤީނުން ވެސް ނުހިމެނޭނެ.


އޭރު ކަލޭމެންގެ ތެރޭގައި އުފާވެރިކަން އޮތެވެ. އެއުފާވެރިކަން މިހާރު ކޮބައި ހެއްޔެވެ؟ އަހަރެންނަށް ޔަޤީނެވެ. އޭރު ކަލޭމެންގެ އަމިއްލަ ލޯ ވެސް ނަގާފައި އަހަރެންނަށް ދޭކަށް ކަލޭމެން ފަހަކަށް ނުޖެހުނީހެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ